ފ. ނިލަންދޫގައި އިސްލާމީ މަރުކަޒެއް ހެދުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއާއި ނިލަންދޫ ކައުންސިލާއި ދެމެދު މަޝްވަރާކޮށްފި އެވެ.
މިކަމާއި ގުޅޭގޮތުން އިސްލާމިކް އެފެއަރޒުން ބުނެފައިވަނީ ނިލަންދޫގައި ޤުރުއާން ކިޔަވައިދިނުމުގެ މަސައްކަތް ފުޅާކޮށް އެރަށުގައި އިސްލާމިކް ސެންޓަރެއް ހެދުމާއި ގުޅޭގޮތުން ނިލަންދޫ ކައުންސިލާއި މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
އިސްލާމިކް އެފެއަރޒް މިނިސްޓްރީގައި ކުރިއަށްދިޔަ މިބައްދަލުވުުގައި ނިލަންދޫގައި ހުންނަ ޤުރުއާނާއި ބެހޭ މަރުކަޒު ގޮފީގެ ހިންގުން ހަރުދަނާއި ކުރުމާއި ނިލަންދޫގައި ހުރި މިސްކިތްތަކުގެ މަރާމާތާއި އާބާތުރަ ފިލުވުމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެވިފައިވާ ކަމަށް އިސްލާމިކް އެފެއަރޒްއިން ބުނެއެވެ.
މާލޭގެ އިތުރުން އިސްލާމީ މަރުކަޒެއް މިހާތަނަށް އިމާރާތްކޮށްފައިވަނީ ގދ ތިނަދޫގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...