ޕީސް ފައުންޑޭޝަނާއި އަރީސް ޔުނިވަރސިޓީއާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން ދިއިސްލާމަށް މައުލޫމާތު ދެއްވަމުން ޕީސްގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޞަބާހް ވިދާޅުވީ އަރީސް ޔުނިވަރސިޓީއާއެކު ސޮއި ކުރެވުނު އެމްއޯޔޫގެ ސަބަބުން އެޔުނިވަރސިޓީގެ ވޯރކްޝޮޕްތައް ރާއްޖޭގައި ހިންގުމާއި އެޔުނިވަރސިޓީގެ ލެކްޗަރަރއިން ރާއްޖެ ވަޑައިގެން ދަރުސް ދެއްވުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ.
ޞަބާހް ވިދާޅުވީ މިއެމްއޯޔޫގެ ސަބަބުން ތައުލީމާއި ތަމްރީން ދިނުމުގެ ދާއިރާގައި ޕީސް ފައުންޑޭޝަނާއި އަރީސް ޔުނިވަރސިޓީ ގުޅިގެން ކުރިއަށް އޮތްތަނުގައި ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށެވެ. އެގޮތުން އަރީސް ޔުނިވަރސިޓީއާއި ގުޅިގެން ރާއްޖޭގައި ވޯރކްޝޮޕްތަކާއި ދަރުސްތައް ކުރިއަށް ގެންދެވޭނެ ކަމަށާއި މީގެ އިތުރުން ޕީސް ފައުންޑޭޝަންގެ ހަރަކާތްތައް މެލޭޝިއާގައި ކުރިއަށް ގެންދިޔުމުގެ އިންތިޒާމްތައްވެސް ހަމަޖެހިގެން ދާނެ ކަމަށެވެ.
މިއެމްއޯޔޫގެ ސަބަބުން ދިވެހިންނަށް އަރީސް ޔުނިވަރސިޓީއިން އުނގެނުމުގެ ފުރުޞަތުތައްވެސް ހޯދަ ދެވިގެންދާނެ ކަމަށް ޕީސް އިން ބުނެއެވެ،
އަރީސް ޔުނިވަރސިޓީއަކީ އެމެރިކާގައި ރަޖިސްޓްރީކޮށް ހިންގަމުންދާ އެކްރެޑިޓް ޔުނިވަރސިޓީ އެކެވެ. މިޔުނިވަރސިޓީގެ ސެންޓަރުތައް ތުރުކީއާއި މެލޭޝިޢާގައި އަންނަނީ ހިންގަމުންނެވެ. ޔުނިވަރސިޓީގެ ފައުންޑަރ އަކީ ކުވެއިތަށް އުފަން މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ގްރެޖުއޭޓެއް ކަމުގައިވާ ޑރ އައިސަމް ރަޖަބްއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...