މުޅި ރާއްޖެ ސާފުކުރުމަށް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމަނާފައިވާ ހަރަކާތް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ފަށްޓަވައިދެއްވައިފިއެވެ.
މިހަރަކާތް ފެށުމަށް މާފަންނު ސްޓޭޑިއަމް ކައިރި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމްގެ އިތުރުން ނައިބް ރައީސް ފައިސަލްއާއި ކުރީގެ ރައީސް މައުމޫން ބައިވެރިވެ ވަޑައިގެންނެވިއެވެ.
"ސާފު ރާއްޖެ، އަހަރެންގެ ވެސް ޒިންމާ" ނަމުގައި ކުރިއަށް ގެންދާ ހަރަކާތުގެ މައިގަނޑު ބޭނުމަކީ ކުނި މެނޭޖް ކުރުމާއި ވެށި ސާފުކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ދެކި، އެ އާދަ އެންމެންގެ ކިބައިގައި އަށަގެންނެވުން ކަމަށް ތިމާވެށްޓާއި ބެހޭ މިނިސްޓްރީއިން ބުނެއެވެ. އަދި ކުންޏާ މެދު އާންމުން ހޭލުންތެރި ކުރުމަކީވެސް މިހަަރަކާތުގެ އެއް ބޭނުންކަމަށް އެފަރާތުން ބުނެއެވެ.
މި ހަރަކާތުގައި، ރަށްރަށާއި ރިސޯޓުތައް ސާފުކުރުމުގެ މަސައްކަތް ކުރިމަގުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާނެ ކަމަށް ތިމާވެށްޓާއި ބެހޭ މިނިސްޓްރީން ބުންނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...