އަރަބިދުނިޔެދުނިޔެ

އަފްގާނިސްތާނުގައި އީސަފްގެ 2 ސިފައިން މަރާލައިފި.

ލިޔުނީ: ސާލިމް

ޠާލިބާނުންނާއި، އީސަފްގެ ހަނގުރާމަވެރިންނާ ދެމެދު އިއްޔެ ހިނގި ކުރިމަތިލުންތަކުގައި ނޭޓޯ ސިފައިންގެ 2 މީހުން މަރާލައިފިއެވެ. ޠާލިބާނުންނާއި، އިންޓާނޭޝަނަލް ސޭފްޓީ އެކަޑަމީ(އީސަފް) އާ ދެމެދު ބަދަލުކުރެވުނު މި ހަމަލާތަށް ބަދަލުކުރެވިފައިވަނީ، އަފްގާނިސްތާނުގެ، ހަމަ ނުޖެހުން ބޮޑު ދެ ކުނުގެ ސަރަހައްދުގައި ދެވުނު ތަފާތު ދެ ހަމަލާއެއްގައެވެ.

މި އަދުގެ ވަގުތެއްގައި، އީސަފުން ނެރުނު ބަޔާނެއްގައިވެސް މިކަން ކަށަވަރު ކޮށްދީފައި ވާއިރު، މަރުވި ދެ ސިފައިންނަކީ ކޮން ޤައުމަކަށް ނިސްބަތްވާ ބައެއްކަން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ރިޕޯޓުތައް ބުނާގޮތުން، ދެކުން އަފްގާން ގައި ހަރަކާތްތެރިވަމުންދާ ސިފައިންގެ ތެރެއިން ބޮޑު ބައެއް ހިއްސާ ކުރަމުންދަނީ އެމެރިކާނުންނެވެ.

އަފްގާނިސްތާނުގައި މިހާރުވެސް ނޭޓޯގެ 150000 ސިފައިން ހަރަކާތްތެރިވަމުން ދާއިރު، އެމީހުން 2014 ވަނަ އަހަރުގެ ނިޔަލަށް ބައިތިއްބާގޮތަށް މިހާރުވަނީ ހަމަޖެހިފައެވެ. އެމެރިކާ، ޠާލިބާނުގެ މުޖާހިދުންނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގާ، ޠާލިބާނުން ފަހަކަށް އައިސް ދެމުން ދާ ހަމަލާތރަކުގައި ދަނީ ގިނަ އަދަދެއްގެ އެމެރިކާނުންނާއި، އެމީހުންނަށް އެހީތެރިވާ ނޭޓޯގެ ހަނގުރާމަވެރިން މަރަމުންނެވެ. އެ ގޮތުން ނިމިގެން ދިޔަ އަހަރު ގޮސްފައިވަނީ، އަފްގާނިސްތާނަށް އެމެރިކާނުން އެރިފަހުން އެންމެ ގެއްލުން ބޮޑު އަހަރަށެވެ. މިދިޔަ އަހަރު އެކަނިވެސް ވަނީ، އެމެރިކާއާއި، އެމެރިކާއަށް އެހީތެރިވެދޭ ޤައުމުތަކުގެ 700 ހަނގުރާމަވެރިން މަރާލައިފައެވެ.

މީގެ ކުރިން، ބަރަކް އޮބާމާ ވިދާޅުވެފައިވަނީ، މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެމެރިކާގެ ހުރިހާ ހަނގުރާމަވެރިން އަފްގާނުން ބާލާނެކަމަށެވެ. ނަމަވެސް އަފްގާންގައި، އެމެރިކާއަށް ލިބެމުން ދާ ބޮޑު ނާކާމިޔާބުގެ ސަބަބުން އެމެރިކާނުން އަފްގާންގައި ތިބޭ މުއްދަތު މިހާރު ވަނީ އިތުރުކޮށްފައެވެ.

ގުޅުންހުރި

1 ޚިޔާލު

  1. saaaaaabas thaaliban

Your email address will not be published. Required fields are marked *