ރާއްޖޭގެ ޚަބަރު މަރުހަބާ ކިޔަން ސްކޫލް ދަރިވަރުން ނުނެރެން އަންގައިފި

މަރުހަބާ ކިޔަން ސްކޫލް ދަރިވަރުން ނުނެރެން އަންގައިފި

މަރުހަބާ ކިޔަން ސްކޫލް ދަރިވަރުން ނުނެރެން އަންގައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސަރުކާރުގެ އިސްވެރިން ރަށްރަށަށް ވަޑައިގަންނަވާ ވަގުތުތަކުގައި ސްކޫލްތަކުގެ ދަރިވަރުން މަރުހަބާ ކިޔަން ނުނެރެން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފި އެވެ.

މިކަމާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ، ސަރުކާރުގެ އިސްވެރިންނާއި އިއްޒަތްތެރިން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި މަރުހަބާ ދެންނެވުމަށް، ދަރިވަރުން ގިނަ ވަގުތު ކޮޅަށް ތިބުމާއި އަވީގައި ބޭތިއްބުމަކީ އެކަމުގެ ސަބަބުން ދަރިވަރުންގެ ސިއްހަތަށް ނޭދެވޭ އަސަރުކޮށް ތަފާތު އުނދަގޫތައް ކުރިމަތިވެ، ދަރިވަރުންނާއި ބެލެނިވެރިންގެ ވަގުތުތަކެއް ގެއްލިގެންދާ ކަމެއް ކަމަށާއި އެހެންވެ، އެގޮތަށް ދަރިވަރުން ނެރުމަކީ ކޮންމެހެން ބޭނުންތެރި ކަމަކަށް ނުވާތީ އެކަން އެގޮތަށް ނުކުރުމަށް އަންގާ ކަމަށެވެ.

ސަރުކާރުގެ އިސްވެރިން ރަށްރަށަށް ވަޑައިގަންނަވާއިރު މަރުހަބާ ކިޔަން ސްކޫލްތަކުގެ ދަރިވަރުން ނެރުމަކީ މިފަހަކަށް އައިސް ވަރަށް ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވާ ކަމެކެވެ. އެގޮތުން ނިމިގެން ދިޔަ ދައުރުގައި ރައީސް އަބްދުﷲ ޔާމީނަށް މަރުހަބާ ކިޔުމަށް ސްކޫލްތަކުގެ ދަރިވަރުން ނެރުމުގެ ސަބަބުން ގިނަ ބަޔަކުވަނީ އެކަމަށް ފާޑުކިޔާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް މަޤާމާ ހަވާލުވެ ވަޑައިގަތުމަށްފަހު ދިއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި މަރުހަބާ ކިޔުމަށް ދިއްފުށި ސްކޫލްގެ ގްރޭޑް ހަތަކުން މަތީގެ ދަރިވަރުން ނެރުމަށް އެ ސްކޫލުން ބެލެނިވެރިންނަށް ސްކޫލުން އެންގުމާއެކު އެކަމަށްވެސް ގިނަ ބަޔަކުވަނީ ފާޑުކިޔާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.