ރާއްޖޭގެ ޚަބަރު ޓިކެޓް މައްސަލަޖެހި ނުފުރުނު މީހުން މިއަދު ޢުމްރާއަށް ފުރައިފި

ޓިކެޓް މައްސަލަޖެހި ނުފުރުނު މީހުން މިއަދު ޢުމްރާއަށް ފުރައިފި

ޓިކެޓް މައްސަލަޖެހި ނުފުރުނު މީހުން މިއަދު ޢުމްރާއަށް ފުރައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަސްކޮއި ޢުމްރާ ގްރޫޕްގެ ހަވާލުގައި ޢުމްރާއަށް ދިޔުމަށް ގަތް ޓިކެޓްގައި މައްސަލަޖެހި ނުފުރުނު 50 މީހުން މިއަދު ޢުމްރާއަށް ފުރައިފިއެވެ.

އަސްކޮއި ގްރޫޕްގެ ހަވާލުގައި ޢުމްރާއަށް ދިޔުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ލިބިފައިވަނީ ވަގު ޓިކެޓް ތަކެއްކަން އެނގިފައިވަނީ އާދިއްތަ ދުވަހު އުމްރާ އަށް ފުރަން އޮތް 50 މީހަކު އެއާޕޯޓަށް ދާން އުޅެނިކޮންނެވެ.

މިކަމާއި ގުޅެގޮތުން އެގްރޫޕުން ހާމަކޮށްފައިވާ ގޮތުގައި މިިދިޔަ އާދިއްތަ ދުވަހު އުމްރާ އަށް ފުރަން އުޅުނު މީހުންނަށް އަލުން ޓިކެޓު ނަގައި މިއަދު ހެނދުނު ސްރީލަންކަން އެއާލައިނުންވަނީ ޢުމްރާއަށް ފުރުވާލާފައެވެ.

އަސްކޮއި ގްރޫޕުން އުމުރާ އަށް ދާ އެންމެންނަށް ޓިކެޓް ގަންނަން ހަވާލުކުރީ ސަމްހާ ގްރޫޕް އިންޓަނޭޝަނަލްއާ އެވެ. ސަމްހާ ގްރޫޕުން އެ ޓިކެޓްތައް ގަނެފައި ވަނީ ޑީބީ ޓްރެވަލްސް ނަމަކަށް ކިޔާ ބައެއްގެ އަތުންނެވެ. އެ ޓިކެޓުތަކުގެ އަގު 1.6 މިލިއަން ރުފިޔާއަށް އަރައެވެ.

މިކަމާއި ގުޅިގެން ފުލުހުންވަނީ ވަގު ޓިކެޓް ހެދި ޑީބީ ޓްރެވެލްސްގެ މުވައްޒަފު މިދިޔަ ހޯމަދުވަހު ހައްޔަރު ކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.