ދުނިޔެ ތުރުކީގެ އިންތިޚާބުތައް އަވަސް ކޮށްފި

ތުރުކީގެ އިންތިޚާބުތައް އަވަސް ކޮށްފި

ތުރުކީގެ އިންތިޚާބުތައް އަވަސް ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ތުރުކީގެ ރިޔާސީ އިންތިހާބާއި ޤާނޫނު ހަދާ މަޖްލިސްގެ އިންތިހާބު އަވަސްކޮށް އަންނަ  ޖޫންމަހު ބޭއްވުމަށް ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ނިންމަވައިފިއެވެ.

އިންތިހާބު ބާއްވަން ކަނޑައަޅާފައިވާ ތަރީޚަށްވުރެ އެއްއަހަރު ކުރިއަށް އިންތިހާބު ބޭއްވުމަށް ހަމަޖައްސާ ރިޔާސީ ގަނޑުވަރުގައި ރައީސް އުރުދުޣާން ޤައުމާ މުޚާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި  ވިދާޅުވީ ފުރިހަމަ ރިޔާސީ ދައުލަތަކަށް ތުރުކީގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އަވަސް އިންތިޚާބަކަށް ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

މިހާރު ކަނޑައަޅާފައިވާ ގޮތުން އިންތިހާބު އޮންނާނީ މިއަހަރުގެ ޖޫން 24 ގައެވެ. ކުރިން ތުރުކީގެ ޤާނޫނު ހަދާ މަޖްލިސްއާއި ރިޔާސީ އިންތިހާބުގެ ވޯޓުލުން ބާއްވާ ގޮތަށް އޮތީ 2019 ވަނަ އަހަރުގެ ނޮވެމްބަރމަހުއެވެ.

މިއިންތިހާބާއެކު ތުރުކީ ބަރުލަމާނީ ނިޒާމަކުން ރިޔާސީ ނިޒާމަކަށް ބަދަލުވެގެންދާނެއެވެ. މިއާއެކު ރައީސްގެ މަޤާމުގައި ހުންނަވާ ބޭފުޅަކަށް ލިބޭ ބާރުތަކާއި އިޚްތިޔާރުތައް އިތުރުވެގެންދާނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.