ރަމަޟާންމަހު ގެއްލޭ ރޯދަތައް ހުއްޓާ ހަރޯދަ ހިފިދާނެތަ؟
الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد: ޝައްވާލް މަހުގެ ހަރޯދަ ގުޅިފައިވަނީ ރަމަޟާންމަހުގެ ރޯދަތައް ފުރިހަމަ ކުރުމާއެވެ. މިކަމުގެ ދަލީލަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘް ފުޅެވެ. ( مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ كَانَ كَصِيَامِ الدَّهْرِ ) ، رواه مسلم (1164). މާނައަކީ: “ރަމަޟާންމަހު ރޯދަ ހިފުމަށްފަހު އެއާއި ގުޅުވައިގެން ޝައްވާލްމަހު ހަރޯދަ ހިފިމީހަކީ މުޅި އަހަރު ދުވަހު ރޯދަ ހިފި މީހެއް ފަދަ އެވެ”. މި ޙަދީޘް ގައި މިވާ ” ثُمَّ” ދަލީލުކޮށްދެނީ ކަމެއް ތަރްތީބުން ގުޅުމަށެވެ. އެހެންކަމުން ފުރަތަމަކަމަކަށް ރަމަޟާން މަހުގެ ރޯދަ ހިފާ ނިންމަން ޖެހެއެވެ. އަދާ އަށްވިޔަސް އަދި ގަޟާ އަށް ވިޔަސްމެއެވެ. ޝައްވާލް މަހުގެ ހަރޯދަ ހިފުން އޮތީ އޭގެ ފަހުންނެވެ. މީގެ އިތުރުން ރަމަޟާން މަހުގެ ބައެއް ރޯދަ ގެއްލިފައިވާ މީހަކަށް ބުނެވޭނީ ރަމަޟާން މަހުގެ ބައެއްގައި ރޯދަ ހިފިކަމަށެވެ. މުޅި ރަމަޟާން މަހު ރޯދަ ހިފިކަމަކަށް ނުބުނެވޭނެއެވެ. އަނެއްކޮޅުން … Continue reading ރަމަޟާންމަހު ގެއްލޭ ރޯދަތައް ހުއްޓާ ހަރޯދަ ހިފިދާނެތަ؟
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed