ރަމަޟާންމަހުގެ 5 ވާ އާދިއްތަދުވަހުން ފެށިގެން މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.
އެގޮތުން މާލޭގައި ފިިިިިިިިިިިިިޠުރު ޒަކާތް ބަލައިގަންނަމުންދާނީިިިިިި އިސްލާމީ މަރުކަޒުންނެވެ. ވިލިމާލޭގައި ހައުސިންގ މިނިސްޓްރީގެ ވިލިމާލެ ޔުނިޓުން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާއިިިިިިިިިރު ހުޅުމާލޭގައި ފިިިޠުރު ޒަކާތް ބަލައިގަންނާނީ ހުޅުމާލެ ކޮމިއުނިޓީ ސެންޓަރުންނެވެ.
ރަށްރަށުގައި އެރަށެއްގެ ރަށު ކައުންސިލުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާއިރު އައްޑުއާއި ފުވައްމުލަކާއި، ގދ.ތިނަދޫގައި ޒަކާތް ބަލައިގަންނާނީ އިސްލާމިކް މިނިސްޓްރީއިން ކަނޑައަޅާފައިވާ ޚާއްސަ ތަންތަނުން ކަމަށް އެމިނިސްޓްރީއިން ބުނެއެވެ.
ޒަކާތުގެ ގޮތުގައިި ކަނޑައަޅާފައިވާ މިންވަރަކީ 2.4 ކިިިިިިިިިިިިިިލޯގެ ހަނޑުލެވެ. އެގޮތުން ކޮންމެ މީހަކުވެސް ޒަކާތް ދައްކަންޖެހޭނީ އެމީހަކު ޢާއްމުކޮށް ކައިއުޅޭ ހަނޑުލުގެ ބާވަތުގެ 2.4 ކިލޯ ހަނޑުލަށްޖެހޭ މިންވަރަށެވެ. މާލޭގައި ދިރިއުޅޭ މީހުން ޒަކާތް ދައްކަން ޖެހެނީ އާދައިގެ ހަނޑުލުންނަމަ މީހަކަށް 13 ރުފިޔާ، ތައިލެންޑް ހަނޑުލުންނަމަ 43 ރުފިޔާ، ބާސްމަތީ ހަނަޑުލުންނަމަ 81 ރުފިޔާއެވެ. އަތޮޅުތެރޭގައި ޒަކާތް ދައްކަން ޖެހޭނީ އެސަރަޙައްދެއްގައި ހަނޑު ވިއްކާ އަގުތަކުގެ މިންވަރަށެވެ.
ޒަކާތް ބަލައިގަތުން ކުރިއަށްދާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން މެންދުރު 13:00 އަށެވެ. ޒަކާތް ބަލައިިިިިިިިިިިިިިގަތުމުގެ އެންމެ ފަހު ތާރިޚަކީ ރަމަޟާންމަހުގެ 27 ވާ އާދިއްތަ ދުވަހެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...