ޖަމިއްޔަތުއް ސަލަފްއާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބް (ސީއާރުސީ) ގުޅިގެން ކަސްޓަމްސް މުވައްޒަފުންނަށް ޙާއްސަކޮށްގެން ނަމާދާއި ގުޅޭ ވޯރކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ.
ޖަމިއްުޔަތުއް ސަލަފްގެ ފަރާތުން މި ވޯރކްޝޮޕްގައި ސެޝަންތައް ނަންގަވައިދެއްވީ އެޖަމިއްޔާގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުޙައްމަދު އިބްރާހިމްއާއި އެޖަމިއްޔާގެ ޢިލްމްވެރިންގެ މަޖްލިސް މެމްބަރ އައްޝައިޚް މުޙައްމަދު ސިނާންއެވެ.
ކަސްޓަމްސްގެ އެކި ސެކްޝަންތަކާއި ޔުނިޓްތައް ހިމެނޭ ގޮތަށް 20 އޮފިސަރުންވަނީ މިވޯރކްޝޮޕްގައި ބައިވެރިވެފައެވެ.
މިވޯރކްޝޮޕްގައި ނަމާދާއި ގުޅޭ ގިނަ މައުލޫމާތުތަކެއް ލިބިގެންދިޔައިރު ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުންވެސް ކުރިއަށް ގެންދިޔައެވެ.
މިކަމާއި ގުޅޭގޮތުން ސީއާރުސީގެ ނައިބް ރައީސް އަހުމަދު ހުމައިރު ވިދާޅުވީ މިވޯރކްޝޮޕް ބޭއްވުމުގެ މަޤްޞަދަކީ ބަރަކާތްތެރި ރަމަޟާންމަހާއި ބައްދަލުކުރާއިރު ސީއާރުސީގެ މެމްބަރުންގެ މެދުގައިވެސް ދީނީ ގޮތުން ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...