އެސްޓީއޯއިން ރޯދަމަހަށް ޙާއްސަކޮށްގެން ގެނައި ފިޔާ، ބިސް އަދިި އަލުވި ވިއްކަން ފަށައިފިއެވެ.
މިކަމާއި ގުޅޭގޮތުން އިއްޔެ އެސްޓީއޯ ސުޕާމާޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީނިއާރ ޖެނެރަލް މެނޭޖަރ އަހުމަދު ޝިފާން ވިދާޅުވީ ރޯދަމަހަށް ޙާއްސަކޮށްގެން ގެނައި ފިޔާ، ބިސް އަދިި އަލުވި ވިއްކަން ފަށާފައިވާ ކަމަށާއި މާލޭގައި އެ ތަކެތި ވިއްކާނީ އިންޑަސްޓްރިއަލް ވިލެޖުގައި އެސްޓީއޯ އިން ހަަދާފައިވާ ގުދަނުންނާއި އެ ކުންފުނީގެ ހޯލްސޭލް ސެންޓަރުން ކަމަށެވެ.
އެސްޓީއޯއިން ފިޔާ ވިއްކާ އަގުތައް:
- އެއް ބަސްތާ އިން ފެށިގެން 49 ބަސްތާއާ ދެމެދުގެ އަދަދެއް ގަންނަނަމަ، ބަސްތާއެއް 170ރ. އަށް
- 50 ބަސްތާ އަށް ވުރެ އިތުރަށް ގަންނަނަމަ، ބަސްތާއެއް ވިއްކާނީ 160ރ. އަށް
- ވަކިން ގަންނަނަމަ، ފިޔާ ކިލޯއެއް 8 ރ. އަށް
އެސްޓީއޯއިން ބިސް ވިއްކާ އަގުތައް:
- އެއް ކޭހާއި 49 ކޭހާ ދެމެދުގެ އަދަދެއް ގަންނަނަމަ، ކޭހެއް 270ރ އަށް
- 50 ކޭހަށް ވުރެ އިތުރު ނަމަ ކޭހެއް 260ރ. އަށް
- ވަކިން ބިހެއް ވިއްކަން ހަމަޖައްސާފައި ވަނީ 1.50ރ އަށް
އެސްޓީއޯއިން އަލުވި ވިއްކާ އަގުތައް:
- އެއް ބަސްތާ އިން 49 ބަސްތާއާ ދެމެދުގެ އަދަދަކަށް ގަންނަނަމަ، ބަސްތާއެއް 200ރ. އަށް
- 50 ބަސްތާ އަށް ވުރެ އިތުރަށް ގަންނަނަމަ، ބަސްތާއެއް ވިއްކާނީ 190ރ.
- ވަކިން ގަންނަނަމަ، އަލުވި ކިލޯއެއް 9 ރ. އަށް
އިންޑަސްޓްރިއަލް ވިލެޖުން ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ފިޔާ، އަލުވި، ބިސް ހޯލްސޭލްކޮށް ގަނެވޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުު އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ އެސްޓީއޯ ސްޕަމާޓުން ރީޓެއިލްކޮށް އަދި ސްޕަމާޓް ހޯލްސޭލް ސެންޓަރުން ހޯލްސޭލްކޮށް ލިބޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.
މާލޭގެ އިިިިިިިިިިިިިިިިިިިިިިިިިިިިތުރުން އަތޮޅު ތެރޭގައިވެސް އެސްޓީއޯއިންވަނީިިިި ފިިިިިިިިިިިިިިިިިިިިިިިިިިޔާ ބިސް އަލުވި ވިއްކަން ފަށާފައެވެ. އެގޮތުން އައްޑު އަތޮޅާއި ގދ. ތިނަދޫ އާއި ފުވައްމުލަކުގެ އިތުރުން ހދ. ކުޅުދުފުއްޓާއި ހއ. ހޯރަފުއްޓާއި ބ. އޭދަފުއްޓާއި ލ. ފޮނަދޫ އާއި ގއ. ވިލިނގިލީގައި ވެސް މިހާރު ވަނީ އެސްޓީއޯގެ ފަރާތުން ފިޔާ ބިސް އަލުވި ވިއްކަން ފަށާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...