ރާއްޖޭގެ ޚަބަރު ޕައިގެ ދެވަނަ ސެމިނަރ މެއިމަހުގެ 5 ގައި

ޕައިގެ ދެވަނަ ސެމިނަރ މެއިމަހުގެ 5 ގައި

ޕައިގެ ދެވަނަ ސެމިނަރ މެއިމަހުގެ 5 ގައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަހަލްދީބް ފައުންޑޭޝަނުން ކުރިއަށްގެންދާ “ޕައި” ހަރަކާތުގެ ދެވަނަ ސެމިނަރ އަންނަ މަހުގެ 5 ވަނަ ދުވަހުގެރޭ ބާއްވާ ގޮތަށް އެޖަމިއްޔާއިން އިޢުލާން ކޮށްފިއެވެ.

މުޖްތަމަޢަށް ބޭނުންހުރި ތަފާތު ޚިޔާލުތަކާއި ތަޖްރިބާތަކާއި ރައުޔު ތައް ޙިއްޞާ ކުރުމަށް ޢާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މިހަރަކަތުގެ މިފަހަރުގެ ތީމްއަކީ "ކޮރަޕްޝަނަކީ ފަރުދީ މައްސަލަ އެއްތަ؟ ނުވަތަ ނިޒާމީ މައްސަލަ އެއްތަ؟" އެވެ.

މިތީމްގެ ދަށުން "2 ނިޒާމްގެ ވާހަކަ" އަށް ވާހަކަދައްކަވާނީ މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް ޖަމިއްޔާގެ ނައިބް ރައީސް މިދުއަމް ސައުދެވެ. "އާ ލީޑަރެއްތަ؟ އާ ނިޒާމެއްތަ؟" މައުޟޫއަށް ވާހަކަދައްކަވާނީ އިސްލާމީ ޔުނިވަރސިޓީގައި ޝަރީއަތާއި ޤާނޫނުގެ ދާއިރާއިން ތައުލީމް ހާސިލްކުރަމުންދާ ފަރާތެއް ކަމުގައިވާ ޖައިޝަން ސައީދުއެވެ.

ޤައުމީ ޔުނިވަރސިޓީގެ ސީއޭ އޮޑިޓޯރިއަމްގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިސެމިނަރގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުޞަތުވެސް މިހާރުވަނީ ހުޅުވާލާފައެވެ.

ޕައި ސެމިނަރގައި ރަޖިސްޓަރވުމަށް ފިތާލައްވާ

ޕައިގެ ފުރަތަމަ ސެމިނަރ ކުރިއަށް ގެންގޮސްފައިވަނީ “ޤާނޫނާއި އަހަރުމެން” ތީމްއަށެވެ. އެގޮތުން އެސެމިނަރގައި ދިވެހި ބިމާއި، ބިމާ ބެހޭ ޤާނޫން އިތުރަށް ރަނގަޅު ކުރެވެނޭ ގޮތްތަކަކާ ގުޅޭގޮތުން ވާހަަކަދެއްކެވީ އަލްއުސްތާޛު އަބްދުﷲ ނާހިދެވެ. އަދި “ޚިޔާލުފާޅުކުރުމުގެ ހައްދާއި މިނިވަންކަމުގެ ދަށުން ތިބާގެ ޤައުމަށްޓަކައިވާ ތިބާގެ ޙިއްޞާ” މި މަޢުޟޫޢަށް ވާހަކަ ދެއްކެވީ ޤާނޫނީ ދާއިރާއިން ތައުލީމް ހާސިލްކޮށްފައިވާ ބޭފުޅެއްކަމުގައިވާ އަލީ ރަޝީދުއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.