މަކުނުދޫ ޔޫތް މޫވްމަންޓް (މީމް) ޖަމިއްޔާގެ ފަރާތުން ބޭސްފަރުވާ ކުރުމަށް އެހީ ބޭނުންވާ ދެފަރާތަކަށް އެހީ ހޯދުމުގެ ގޮތުން ފަންޑް ހޯދުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މިކަމާއި ގުޅޭގޮތުން އެޖަމިއްޔާގެ ފަރާތުން މައުލޫމާތު ދެއްވި ކާމިލް އަހުމަދު ވިދާޅުވީ މިދިޔަ ހުކުރުދުވަހު މަކުނުދޫ ކަރަންކާގޭ އަމީނާ އަބްދުﷲއާއި އެރަށު އަބީރީގުލްޝަން އަބްދުﷲ މޫސާއަށް ބޭސްފަރުވާ ކުރުމަށް ފަންޑް ހޯދުމުގެ ހަރަކާތްތަކެއް މަކުނުދޫގައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މީގެ އިތުރުން ހަމަ އެދުވަހު "ދަރުމައަށް އެދިގެން" ހަރަކާތުގެ ބައިވެރިންނާއެކު މާލޭގައިވެސް އަމީނާ އަބްދުﷲ އަށް ފަންޑް ހޯދުމުގެ ހަރަކާތްތަކެއް ކުރިއަށްދިޔަ ކަމަށް އެފަރާތުން މައުލޫމާތު ދިނެވެ.
މިހަރަކާތްތަކުން ލިބުނު ފައިސާ އެފަރާތްތަކާއި ހަވާލު ކޮށްފައިވާ ކަމަށް މީމް ޖަމިއްޔާއިން ހާމަކުރެއެވެ. އެގޮތުން އަމީނާ އަބްދުﷲ އަށް 57614.12 ރުފިޔާއާއި އަބްދުﷲ މޫސާއަށް 7613.50 ރުފިޔާ ހަވާލުކުރެވިފައިވާ ކަމަށް އެފަރާތުން ބުނެއެވެ.
އަމީނާ އަބްދުﷲ އަކީ ކެންސަރުގެ ބައްޔަށް ފަރުވާކުރަމުންދާ ފަރާތެކެވެ. އަދި އަބްދުﷲ މޫސާ ގެންދަނީ ކުޑަކަމުދާ ހޮޅީގައި ހިލަ އުފެދުމުގެ ސަބަބުން އެކަމަށް ބޭސް ކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...