މަޝްހޫރު ދާޢީ ޔޫސުފް އެސްޓަސްގެ ދަރުހެއް މާދަމާރޭ މާލޭގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ކުރިއަށް ގެންދާ "ހުކުރު އުފާ" ޕްރޮގްރާމް ތެރެއިން ބޭއްވުމަށް ހަމަޖެހިފައިވާ މިދަރުސް އޮންނާނީ މާދަމާރޭ އިސްލާމީ މަރުކަޒު މައިދާނުގައެވެ.
ރޭގަނޑު 08:30 ގައި ފެށުމަށް ހަމަޖެހިފައިވާ މިދަރުސްގެ މައުޟޫއަކީ "އިސްލާމްދީން އިޚްތިޔާރުކުރަންވީ ކީއްވެ؟" އެވެ.
މާލޭގެ އިތުން ހުޅުމާލޭގައިވެސް ޔޫސުފް އެސްޓަސްގެ ދަރުހެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
އިސްލާމްދީނާ މެދު ކުރެވިފައިވާ ކުށްހީތަކާ ބެހޭ ގޮތުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިދަރުސް އޮންނާނީ ހޮނިހިރު ދުވަހުގެރޭ ހުޅުމާލެ ސެންޓަރަލް ޕާކް ސަރަހައްދުގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...