ރާއްޖޭގެ ޚަބަރު

ސަން ޓީވީގެ ޤުރުއާން އަދި މަދަހަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ރަމަޟާންމަހަށް ހާއްސަކޮށްގެން ސަން ޓީވީއިން ކުރިއަށްގެންދާ ޤުރުއާން އަދި މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ކުޑަކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މިމުބާރާތްތަކާއި ގުޅޭގޮތުން ސަން އޮންލައިން އިން ހާމަކޮށްފައިވާ ގޮތުގައި މި ދެ މުބާރާތުގައި ބައިވެރިވުމުގެ ޤަވައިދާއި ފޯމު ސަން މީޑިއާ ގުރޫޕުގެ އިދާރާއިން މިހާރު ލިބެން ހުންނާނެ ކަމަށާއި ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، ހުކުރު ދުވަހާއި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 4:00 ހަމައަށެވެ.

ޤުރުއާން މުބާރާތުގައި 300 ޖާގަ އަދި މަދަހަ މުބާރާތަށް 200 ޖާގަ ހުޅުވާލާފައިވާއިރު މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 04:00 އެވެ.

މިދެމުބާރާތާއި ގުޅޭ މައުލޫމާތު ‎7970374 ނަންބަރު ފޯނުން ލިބިގެންދާނެ ކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން ހާމަކުރެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *