ރާއްޖޭގެ ޚަބަރު

މަހަލްދީބްއިން މިފަހަރު ރަމަޟާންމަހުވެސް އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެނީ

މަހަލްދީބް ފައުންޑޭޝަންގެ ފަރާތުން މިއަހަރުގެ ރަމަޟާންމަހާއި ދިމާކޮށް އެހީތެރިކަން ބޭނުންވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޖަމިއްޔާގެ ފަރާތުން ހާމަކޮށްފިއެވެ.

މަހަލްދީބްގެ ފަރާތުން ދިއިސްލާމަށް މައުލޫމާތު ދެއްވި މާތިއު ނަޖީބް ވިދާޅުވީ ކުރީއަހަރު ތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް މަހަލްދީބްގެ "ގިފްޓް އަ ސްމައިލް" ހަރަކާތް ހިންގުމަށް ހަމަޖެހިފައިވާ ކަމަށާއި މިހަރަކާތުގެ ދަށުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

މާތިއު ވިދާޅުވީ މިހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލެ، ވިލިމާލެ، ހުޅުމާލޭގެ އިތުރުން އައްޑޫއާއި ފުވައްމުލައް ސިޓީގައެވެ.

މިހަރަކާތުގެ ދަށުން އެހީތެރިކަން ބޭނުންވާ އާއިލާތަކަށް ރޯދަމަހަށް ބޭނުންވާނެ ކާބޯތަކެތީގެ ގިނަ ބާވަތްތަކެއް ފޯރުކޮށްދެވިގެންދާއިރު މިހަރަކާތް ހާއްސަކޮށްފައިވަނީ ޔަތީމް ކުދިންނާއި އެކަނިވެރި މައިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން އާމްދަނީ މަދުން ލިބޭ އާއިލާ ތަކަށެވެ.

މާތިއު އިތުރަށް ވިދާޅުވީ މިއަހަރުވެސް 200 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަމާޒުކޮށްފައިވާ ކަމަށާއި އެހީތެރިކަމަށް އެދި ހުށަހަޅާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކުރިން އެފަރާތްތަކުގެ ހާލަތު ބަލައި އެފަރާތަކީ އެހީތެރިކަން ބޭނުންވާ ފަރާތެއްތޯ ޔަޤީން ކުރާނެ ކަމަށެވެ.

އެހީތެރިކަމަށް އެދޭ ފޯމް މއ ފީރޯޒްވާދީގެ 9 ވަނަ ފަންގިފިލާގަ ހުންނަ މަހަލްދީބް ފައުންޑޭޝަންގެ އޮފީހުން ހެނދުނު 09:00 އިން ހަވީރު 04:00 އަށް ލިބެން ހުންނާނެއެވެ. އަދި އޮންލައިންކޮށްވެސް ފޯމް ލިބެން ހުންނާނެއެވެ.

އޮންލައިންކޮށް ފޯމް ފުރުމަށް:
www.apply.mahaldheeb.org

ފޯމް ހުށަހެޅުމުގެ އެންމެފަހު ތާރީޚް އަކީ މިމަހުގެ 14 ވަނަ ދުވަހުގެ ހަވީރު 04:00 އެވެ.

މިއީ މަހަލްދީބް ފައުންޑޭޝަންއިން މިހަރަކަތް ހިންގާ ތިންވަނަ ފަހަރެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *