ރާއްޖޭގެ ޚަބަރު

މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ރެކްޓަރ ރާއްޖެ ވަޑައިގަންނަވަނީ

ސައުދީ އަރަބިޔާގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ރެކްޓަރ ޑރ ހާތިމް އަލް މަރްޒޫޤް ރާއްޖެވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މިކަމާއި ގުޅޭގޮތުން އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ޑރ ހާތިމް މިމަހުގެ ތެރޭގައި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޑރ ހާތިމްގެ މިދަތުރުފުޅުގައި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އާއި މަދީނާ އިސްލާމިކް ޔުނިވަރސިޓީއާއި ދެމެދު އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރާ ގޮތަށްވަނީ ހަމަޖެހިފައެވެ.

މަދީނާ އިސްލާމިކް ޔުނިވަރސިޓީގައި މިހާރުވެސް ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން އަންނަނީ ތަޢުލީމް ހާޞިލްކުރަމުންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *