ރާއްޖޭގެ ޚަބަރު

މުދަލު ޒަކާތުގެ ނިޞާބަކީ 5033.70 ރުފިޔާ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

އެގޮތުން މީރާއިން ހާމަކޮށްފައިވާ ގޮތުގައި 21 މާޗް 2018 އިން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 5033.70 (ފަސްހާސް ތިރީސް ތިން ރުފިޔާ ހަތްދިހަ ލާރި) އެވެ.

މީރާއިން ހާމަކޮށްފައިވާ ގޮތުން ފެބްރުއަރީ މަހުވެސް ޒަކާތް ވާޖިބުވާ ނިޞާބަކީ 5033.70 ރ އެވެ. އަދި ހުސްވި ޑިސެމްބަރ މަހު ނިޞާބަކީ 4950.40 ރ އެވެ.

މުދަލުގެ ޒަކާތު ވާޖިބުވަނީ އެމީހެއްގެ އަތުގައި ނިޞާބު ގެ މިންވަރު ނުވަތަ އެއަށްވުރެން ގިނަފައިސާ ހަމަވެފައި ހުންނަތާ 01 އަހަރު ވެފައިވާ ފައިސާ އާއި ތަކެތިންނެވެ. ޒަކާތް ނެރެންޖެހޭނީ އެ ޢަދަދެއްގެ 40 ބައި ކުޅަ އެއްބައެވެ. އެއީ 2.5 އިން ސައްތައެވެ.

މިފަހަކަށް އައިސް މުދަލު ޒަކާތް ދައްކާ މިންވަރު އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *