ޓްރީޓޮޕް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދާ މީހުންނަށް، މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރެވޭ ގޮތަށް ހިލޭ ފެރީގެ ޚިދުމަތް ދޭން މިއަދު ފަށައިފިއެވެ.
މިކަމާއި ގުޅޭގޮތުން އެހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި ޑޮކްޓަރަށް ދައްކަންދާން ބޭނުންވާ މީހުންނަށް ފެރީގެ ޚިދުމަތް ހުކުރު ދުވަސް ފިޔަވައި ހަފްތާގެ ކޮންމެ ދުވަހަކު ވެސް އޮންނާނެކަމަށާއި ކޮންމެ ދުވަހަކުވެސް ހަދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ފެރީ ބޭނުން ކުރެވޭނީ ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހަދާފައިވާ މީހާ އާއި އެހީތެރިއަކަށް ކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގެ ފެރީގެ ދަތުރުތައް އޮންނާނީ ހެނދުނު 8:30 އާއި ރޭގަނޑު 10:00 އާއި ދެމެދު ކަމަށާއި އިމަޖެންސީ ހާލަތެއް ދިމާވެއްޖެ ނަމަ ފެރީ ޝެޑިއުލަށް ބަދަލުތަކެއް އަތުވެދާނެ ކަމަށް އެފަރާތުން ހާމަކުރެއެވެ. މާލެއިން ފެރީ ފުރުމަށް ހަމަޖެހިފައިވަނީ ބޮޑުތަކުރުފާނުމަގު 1 ނަންބަރު ފާލަމުންނެވެ. ހުޅުމާލެއިން ފެރީ ފުރުމަށް ހަމަޖެހިފައިވަނީ އެމްޓީސީސީ ފާލަމުންނެވެ.
ފެރީގައި ހުޅުމާލެއަށް ދިއުމުން ޓްރީޓޮޕްގެ ވެހިކަލްގައި ހޮސްޕިޓަލަށް ގެންގޮސްދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެފަރާތުން ހާމަކުރެއެވެ.
110 މިލިއަން ޑޮލަރު ޚަރަދުކޮށްގެން އިމާރާތްކުރި ޓްރީޓޮޕް ހޮސްޕިޓަލް ހުޅުވާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.

















ޚިޔާލު