އިސްލާމީ އުއްމަތް ނިދިން ހޭލާކަށް ނުވޭ ހެއްޔެވެ؟

އިސްލާމީ އުއްމަތް ނިދިން ހޭލާކަށް ނުވޭ ހެއްޔެވެ؟
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

ޝައްކެތް ނެތެވެ. 21 ވަނަ ޤަރުނުގައި އެންމެ ބޮޑަށް ވާހަކަދެކެވޭ އެއްކަމަކީ އިންސާނީ ޙައްޤުތަކުގެ ވާހަކައެވެ. އިންސާނީ ޙައްޤުތަކަށް މީހުން އަހުލުވެރިވާންވީ ވާހަކައެވެ. ނިދާ އިރާއި ނިދާފަ ހޭލާއިރުވެސް ޙައްޤުތައް ހުންނަންވާނީ ކަށަވަރުވެފައި ކަމުގެ ވާހަކައެވެ.  "ހިޔުމެނިޓޭރިއަނުން" އާއި "ހިޔުމަން ރައިޓްސް އެކްޓިވިސްޓް" ގެ ނަންތަކުން މި ޒަމާނުގެ އިންސާނީ ނަސްލު މަޝްހޫރުވެފައިވާއިރު، ޙައްޤުތަކުގެ ވާހަކަ ދައްކާ ހުސްނުވާ ކަހަކަލައެވެ. އެހެންނަމަވެސް މިދެންނެވި "ހިޔުމެނިޓޭރިއަނުން" އާއި "ހިޔުމަން ރައިޓްސް އެކްޓިވިސްޓް"ން ގެ އެއް ލޯ ކަނުކަހަލައެވެ. ޙައްޤުތައް ދޭންޖެހެނީ އެއްބަކަޔަށް ކަހަލައެވެ. ޙައްޤުތައް ކަށަވަރުވާންޖެހޭނީ އެއްބަޔަކަށް ކަމަށް ދަޢުވާ ކުރާކަހަލައެވެ. ޙައްޤުތައް ފޯރުކޮށްދެވެންވާނީވެސް ވަކި ދީނެއްގެ، ވަކި ޖަމާޢަތެއްގެ، ވަކި ނަސްލަކަށް ނިސްބަތްވާ ވަކި ކުލައެއްގެ ބަޔަކަށް ކަހަލައެވެ.

މައްސަލައެއް ނެތެވެ. ހިޔުމެނިޓޭރިއަނުންގެ ވާހަކަ ބާއްވާށެވެ. އެވާހަކަ ދައްކަން ފަށައިފިނަމަ އެއްބަޔަކަށް ދެފައި މައްޗަށް ކޮޅަށް ހުންނަންވެސް އުނދަގޫވެދާނެއެވެ. އެހެންކަމުން އެވާހަކަ ބާއްވައިފައި އަޅުގަނޑުމެންގެ ވާހަކަ ދައްކަމާ ހިނގާށެވެ. އަޅުގަނޑުމެން މުސްލިމުންގެ ވާހަކަ ދައްކަމާ ހިނގާށެވެ.

ޝާމްގެ އިދްލިބްގައި ހިނގަމުންދާ އަނިޔާވެރި ޢަމަލުތައް ދުށީމުހެއްޔެވެ؟ އިންސާނިއްޔާތުގެ ކުޑަވެސް ކަންފުޅެއް އެބަވޭ ހެއްޔެވެ؟ ލޮލުން ކަރުނަ ނުހިލޭ ހެއްޔެވެ؟ ހިތަކަށް ހަމަ އަސަރެއް ނުކުރޭހެއްޔެވެ؟ ދެއަތް އުފުލާ އެއުރެންނަށް ދުޢާ ކޮށްލީމުހެއްޔެވެ؟ އޭ އަޚާއެވެ! ތިބާގެ އުއްމަތް އެއޮއްވެގެން ހަނާވެ، ފަނާވެގެން ދަނީއެވެ. ތިބާގެ މައިން ބިކަވެއްޖެއެވެ. ތިބާގެ އުޚުތުންގެ ޢިއްފަތް ފޭރިގެންފިއެވެ. ތިބާގެ އަޚުންގެ ކުރިމަތީގައެވެ. އެ އަޚުންވަނީ ކަސްތޮޅު އެޅުވިފައެވެ. ތިބާގެ ޅަ ދަރީން މަރަމުން، ކޮށާ ކުދިކުރަމުން އެހެރަ ގެންދަނީއެވެ. ހަމަ އަސަރެއް ނުކުރޭ ހެއްޔެވެ؟ އެމީހުންގެ ރުއިމުގެ އަޑު ނީވޭ ހެއްޔެވެ؟ ތިބާގެ މަދަދަށް އެދި އެ ގޮވާ އަޑު ހަމަ ނީވެނީހެއްޔެވެ؟ ނޫނީ އަޑުއަހަން ބޭނުން ނެތީހެއްޔެވެ؟

ފާއިތުވި އަންގާރަ ދުވަހު މުޅި އިސްލާމީ އުއްމަތް ރޮއްވާލީ ޝާމުގެ ބިމަށް ދިން ކެމިކަލް ހަމަލާގެ ސަބަބުން އެތައް ފުރާނައެއް މި ދުނިޔެއާ ވަކިވެގެން ދިޔަ ޚަބަރަށެވެ. އިންސާނިއްޔަތު ލަދަގަންނަވާލި އެ އަނިޔާވެރި ޢަމަލުތައް އަޅުގަނޑުމެންނަށް ނުފެންނަ ކަހަލައެވެ. އިސްލާމީ ޤައުމުތަކުގެ ވެރިންނަށް އެ މަންޒަރުތައް ނުފެންނަތާ އެ ކަމުގެ ވާހަކަވެސް އަޑު ނީވޭ ކަހަލައެވެ. ފަހެ، އިސްލާމީ އުޚުއްވަތްތެރިކަން ކޮބާހެއްޔެވެ؟ އަޅުގަނޑުމެންގެ އަޚުވަންތަކަން ކޮބާހެއްޔެވެ؟ އިސްލާމީ އުއްމަތް ނިދން ހޭލާކަށް ނުވޭ ހެއްޔެވެ؟

މިދެންނެވި ޙަމަލާތަކުގެ ވީޑިޔޯ ސޯޝަލް މީޑިޔާއިން އަޅުގަނޑުވެސް ދުށީމެވެ. ފައިދަށުން ބިންގަނޑު ދަމައިގެން ކަހަލައެވެ. ކެތްތެރިކަމެއް ނުވާ ހިތް ފަޅައިގެންދިޔައެވެ. ކޮންޓްރޯލެއް ނެތި ލޮލުން ކަރުނަ އޮހެރެންފެށިއެވެ. ނޭވާ ނައިސް، ގުނަވަންތަކުން ޙަރަކާތް ގެއްލި، މަރަށް ތެޅެމުންދިޔަ އެ ޅަދަރީންގެ ކެތްތެރިކަމާއި ސާބިތުކަން އަޅުގަނޑުގެ ހިތާވެސް ކުޅެލިއެވެ. ނަމަވެސް، އެކުދިންނަކީ އަޅުގަނޑުމެންގެ ދަރީންނަށްވާއިރު، އެކުދިންގެ ބަފައިން، އަތް އުރާލައިގެން ތިބެންވީހެއްޔެވެ؟ އިންސާނިއްޔަތަށްޓަކައި ބަހެއްވެސް ބުނެނުލާ ހަނު ހުންނަންވީހެއްޔެވެ؟ އެ ކުދިންގެ ދިފާޢީ އައްޑަނައަކަށް ވުމަށް ކަމަރު ނުބަންނަންވީހެއްޔެވެ؟

 

އޭ މާގޭ އުއްމަތެވެ! "އަސަރެއް ނުކުރޭތޯއެވެ؟ ހިތްދައްޗެއް ނުވޭތޯއެވެ؟ ދާންވީ ވަގުތު ނުޖެހޭތޯއެވެ؟ ހިތްވަރު ގައިގަ ނެތީތޯއެވެ؟" އޭ ލޯބިވާ އުއްމަތެވެ! "ރޮއިފާ އެތިބަ ގޮވަނީއެވެ. އިންސާފަށް އެދިފަ ރޮނީއެވެ. އިންސާނިއްޔަތުގެ ނަމުންނެވެ. އިސްލާމީ އުއްމަތަކުންނެވެ." ވިސްނާލާށެވެ! އެއީ ތިބާގެވެސް މަންމައެވެ. ތިބާގެވެސް ބައްޕައެވެ. އުޚުތެވެ. އަޚުންނެވެ. ނުއުފަން ތިބާގެވެސް ދަރިންނެވެ!. ޢިސްލާމީ އުއްމަތް ނިދން ހޭލާކަށް ނުވޭ ހެއްޔެވެ؟

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.