ދިއިސްލާމް މަޖައްލާ: 5 ވަނަ އަދަދު

ދިއިސްލާމް މަޖައްލާގެ ފަސް ވަނަ ޢަދަދު (2011 އޮކްޓޯބަރ މަހުގެ ޢަދަދު) މިއަދު ބާޒާރަށް ނެރެފި އެވެ.

މިޢަދަދުގެ ކަވަރ ސްޓޯރީ އަކީ އައްޝައިޚް ޢަލީ ރިޟާ އަޙްމަދު ލިޔުއްވާފައިވާ “އެފްރިކާ – ހައިހޫނުކަމާއި ހަނަފަސްކަމުގެ ސިއްރަކީ ކޮބާ؟” މިއެވެ.

އެހެން ބައެއް ލިޔުންތަކުގެ ތެރޭގައި އައްޝައިޚް ޙަސަން މޫސާ ފިކުރީ ލިޔުއްވާފައިވާ “ކިތަންމެ ކުރު ދަތުރެއްގައި ވިޔަސް މަޙްރަމަކާ އެކު މެނުވީ އަންހެނަކު ދަތުރުކުރުން ހުއްދަވެގެން ނުވޭ” ، އައްޝައިޚް އާދަމް ޝަމީމް ލިޔުއްވާފައިވާ “ރެސްޓް އިން ޕީސް – މި ފްރޭޒް އަކީ މުސްލިމުން ބޭނުންކުރުން ރަނގަޅު އެއްޗެއްބާ؟” ، ޙުސައިން ހަބީން ލިޔުއްވާފައިވާ “އދ. ގެ ދެކޮޅު ނުޖެހޭ ސިޔާސަތު” ، އަޙްމަދު ޝަމީން ދޮންމަނިކު ލިޔުއްވާފައިވާ “އިޒްރޭލުން ޝަހީދުކޮށްލި އުމުރުން 5 އަހަރުގެ “ޓެރަރިސްޓް” ” ، ޝައުން ޝަރީފް ލިޔުއްވާފައިވާ “ޤުރުއާނާއި ސައިންސް – 21 ވަނަ ގަރުނާ ވާދަކޮށްލެވޭބާ” ، އަފްޒާލް ޢަބްދުއް ސައްތާރު ލިޔުއްވާފައިވާ “ފުރާނައިގެ މަންޒިލް” ، ޢަލީ ރަމީޒް ބިން ޤާސިމް ލިޔުއްވާފައިވާ “އޭ އަޚާ އެވެ. ފޭސްބުކް އިން ތިބާގެ އަނބިމީހާ ޗެޓު ކުރަނީ ކޮންބަޔަކާ ހެއްޔެވެ؟” ، އަމާނާ ތަކާފުލް މޯލްޑިވްސްގެ ޚާއްޞަ އިންޓަވިއު އަދި ޙާތިމް ޔޫސުފް ލިޔުއްވާފައިވާ ވާހަކަ “ބަދުރުގެ ހަނދާންތަކުން – ބޭބެ ކޮބައިހޭ އަބޫ ޖަހުލު؟” ފަދަ ލިޔުންތައް ހިމެނެއެވެ.

މީގެ އިތުރުން “ސުވާލާއި ޖަވާބު” ، އިންފޮމޭޝަން ޓެކްނޮލޮޖީ” ، “ފޮތް ހަރުގަނޑު” ، “ކުޑަކުދިންގެ ޞަފްޙާ” ، “ސުފުރާ” ފަދަ ބައިތައް މިޢަދަދުގައި ވެސް ހިމެނެއެވެ.

ދިއިސްލާމް މަޖައްލާ އަކީ 7 އޭޕްރީލް 2011 ގައި ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން ގައި ރެޖިސްޓްރީ ކުރެވިގެން މަހަކު އެއްފަހަރު ނެރޭގޮތަށް ހަމަޖެފައިވާ މަޖައްލާއެކެވެ. މި މަޖައްލާ އަކީ ތަފާތު ދާއިރާތަކުގެ ގިނަގުނަ މަޢުލޫމާތުތަކުން މުއްސަނދި ކުރެވިފައިވާ ޢާއިލީ މަޖައްލާއެކެވެ. މަޖައްލާގެ ފުރަތަމަ ޢަދަދު ނެރެފައި ވަނީ 1 ޖޫން 2011 ގައެވެ.

މި މަޖައްލާގެ އަގަކީ 15 ރުފިޔާ އެވެ. މި މަޖައްލާ މާލޭގެ ބުކްޝޮޕް ތަކާއި ބައެއް ރަށްރަށުގެ ފިހާރަތަކުން ލިބެން ހުންނާނެއެވެ.

މަޖައްލާގެ މިޢަދަދަށް އެހީތެރިވެދީފައިވާ ފަރާތްތަކުގެ ތެރޭގައި އަލްބަކޯ، މެސެޖް އޮފް އިސްލާމް، އަމާނާ ތަކާފުލް މޯލްޑިވްސް، ސަލަފް ލައިން، ދާރުލް އިސްލާމް، ސީވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ޕްލާޒާ އިންސެންސް، ދޮންދޫނި ލިޓްލް ލާރނަރސް، ފްރީޒް ބްރޭންޑް އަދި މިސާލީ ބުރުގާ ފަދަ ފަރާތްތައް ހިމެނެއެވެ.

ލިޔުނީ:

މިލިޔުމަށް ޚިޔާލު ފާޅުކުރަށްވާ