ދިއިސްލާމް މަޖައްލާ: 2 ވަނަ އަދަދު


 

މިޢަދަދުގެ ކަވަރ ސްޓޯރީ އަކީ ޑރ. މައުރޫފް ޙުސައިން ލިޔުއްވާފައިވާ “މަސްޖިދުލް އަޤްޞާއަކީ ކޮބާ؟” މިއެވެ. މިލިޔުމުން މަސްޖިދުލް އަޤްޞާ އާއި ބެހޭގޮތުން ވަރަށް މުހިންމު ގިނަ މަޢުލޫމާތުތަކެއް ލިބިގެންދާނެއެވެ.

އެހެން ބައެއް ލިޔުތަކުގެ ތެރޭގައި ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ލިޔުއްވާފައިވާ “ޝައިޠާނުންގެ “ބޯ” ހުންނަނީ ކިހިނެއް؟” ، ޝައިޚް އާދަމް ޝަމީމް ލިޔުއްވާފައިވާ “ހުކުރަށް ފެންވެރުން” ، ޝައިޚް ޙަސަން މޫސާ ފިކުރީ ލިޔުއްވާފައިވާ “އިޝްތިހާރު ކުރުމުގައި ފާޙިޝް މަންޒަރުތަކުން އެއްކިބާވަމާތޯ؟” ، ޝައިޚް މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ލިޔުއްވާފައިވާ “ކޮންމެ އިޚްތިލާފީ މައްސަލަ އަކީ ދެގޮތް ހުއްދަ ކަމެއްބާ؟” ، އަލްއުސްތާޛާ އަނާރާ ނަޢީމް ލިޔުއްވާފައިވާ “ތިބާއަށް އުއްމަތް ބިނާ ކުރެވިދާނެ” ، “13 އަހަރަށްފަހު މަސްތުވާތަކެތީގެ ޥަބާއިން ސަލާމަތްވި ޒުވާނެއްގެ ވާހަކަ” ، “އެންމެ ސަޖިދައަކުން ދިރިއުޅުން ބަދަލުވި އެމެރިކާ މީހެއްގެ ވާހަކަ”  ، “ހުކުރު ޚުޠުބާ ކީއްކުރާ އެއްޗެއް؟” އަދި “ލަދުވެތިކަން – އިސްލާމީ ޘަޤާފަތުގެ އައްޑަނަ” ފަދަ ލިޔުންތަކުގެ އިތުރުން އަދިވެސް އިތުރު ލިޔުންތައް ހިމެނެއެވެ.

އަދި “ދަރުސް ކަލަންޑަރ” ، “ސުވާލާއި ޖަވާބު” ، އިންފޮމޭޝަން ޓެކްނޮލޮޖީ” ، “ފޮތް ހަރުގަނޑު” ، “ކުޑަކުދިންގެ ޞަފްޙާ” ފަދަ ބައިތައް މިޢަދަދުގައި ހިމެނެއެވެ.

ދިއިސްލާމް މަޖައްލާ އަކީ 7 އޭޕްރީލް 2011 ގައި ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން ގައި ރެޖިސްޓްރީ ކުރެވިގެން މަހަކު އެއްފަހަރު ނެރޭގޮތަށް ހަމަޖެފައިވާ މަޖައްލާއެކެވެ. މި މަޖައްލާ އަކީ ތަފާތު ދާއިރާތަކުގެ ގިނަގުނަ މަޢުލޫމާތުތަކުން މުއްސަނދި ކުރެވިފައިވާ ޢާއިލީ މަޖައްލާއެކެވެ.

މި މަޖައްލާގެ އަގަކީ 15 ރުފިޔާ އެވެ. މި މަޖައްލާ މާލޭގެ ބުކްޝޮޕްތަކާއި ބައެއް ރަށްރަށުގެ ފިހާރަތަކުން ލިބެން ހުންނާނެއެވެ

މިލިޔުމަށް ޚިޔާލު ފާޅުކުރަށްވާ