Dhiislam Daily

ފޮޓޯއިން: އިންސާފުގެ ދަތުރު މުޒާހަރާގެ ތެރެއިން
ދިއިސްލާމް ފޮޓޯ: އިބްރާހިމް އަޝްވާގު

އިތުރު ފޮޓޯ ބައްލަވާ!

ފޮޓޯއިން: އިންސާފުގެ ދަތުރު މުޒާހަރާގެ ތެރެއިން

އަނެއް ފިކުރު #41: އަންހެނުންގެ ހައްޤުތައް، މޫނު ބުރުގާ، ޚިތާން - ކޮންމެ އާދިއްތަ ދުވަހެއްގެ ހެނދުނު 9.00 ގައި - ރިކޯޑިންގ ކޮންމެ ހޮނިހިރު ދުވަހުގެ ރޭ 9.30 ގައި
Download this program

އަނެއް ފިކުރު 41 ވަނަ ޕްރޮގްރާމް

މައުޟޫއު: އަންހެނުންގެ ހައްޤުތައް، މޫނު ބުރުގާ، ޚިތާން

ޕްރޮގްރާމްގެ ބައިވެރިން:

މުޖުތަބާ ހަމީދު، އާދަމް ނިޝާން ބިން އަލީ އާދަމް، އާސިފް މޫސާ އިބްރާހިމް އަދި އަބްދުﷲ އާމިރު

-އަނެއް ފިކުރު -

އަނެއް ފިކުރު ޕްރޮގްރާމް އަކީ ކޮންމެ އާދިއްތަ ދުވަހެއްގެ ހެނދުނު 9.00 ގައި ރޭޑިއޯ އެޓޯލްއިން ފޮނުވާ ޕްރޮގްރާމްއެކެވެ. މިޕްރޮގްރާމްގެ ރެކޯޑިން އަންނާނީ ހޮނިހިރު ދުވަހުގެ ރޭ 9.30 ގައެވެ.

ކޮންމެ ހަފްތާއަކު އެއްފަހަރު އޮންނަ މިޕްރޮގްރާމަކީ ރާއްޖޭން ބޭރުގައި ތައުލީމް ޙާޞިލް ކުރަމުން އަންނަ ދަރިވަރުންތަކެއް އުފައްދައި ހުށަހަޅާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމުގައި ރާއްޖޭގައި އާއި އަދި ދުނިޔޭގައި މިހާރު ހިނގަމުން އަންނަ މުހިއްމު ބޮޑެތި އިޖްތިމާޢީ އަދި ސިޔާސީ ކަންތައްތަކަށް ދީނީ ނަޒަރަކުން މިދަރިވަރުންތައް މަޝްވަރާކޮށް އަލިއަޅުވާލާނެއެވެ. އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުމާއި ގުޅޭ މިފަދަ މައްސަލަތަށް މީޑީއާއިންނާއި ސިޔާސީ މަސްރަހުގައި ގިނަ ފަހަރު ނުބައި ގޮތަކަށް މާނަކުރަމުންދާ މިފަދަ ދަނޑިވަޅެއްގައި މިދަރިވަރުންތައް މުޅިން އެހެން ނަޒަރަކުން ހާމަކޮށްދޭކަމީ އެހުންތެރިން ވަރަށް ޝައުގުވެރިކުރުވާނެކަމެކެވެ.

(Aneh Fikuru):برنامج إذاعي باسم

وهو برنامج إجتماعي نتحدث فيها قضايا إجتماعية وسبل مواجهتها من المنظور الإسلامي بمدة ساعة وفي بعض الأحيان ساعة ونصف. وهو برنامج أسبوعي بدأناه في عام 2010 وقد إستطعنا أن نبثّ أكثر من خمسين (50) حلقة من هذا البرنامج إلى يومنا هذا، ولله الحمد. ويبثّ هذا البرنامج في كل يوم الأحد الساعة 9:00صباحا ويكون الإعادة في كل يوم السبت الساعة 9:30 مساعا. ويمكنكم زيارة الإذاعة بهذا www.radioatoll.com: الموقع .

ފުރަގަސްފަރާތް - އާންމުކޮށް ފުރަގަސް ފަރާތް ކިޔަނީ ފުރަގަސް ފަރާތް، އަދި ފުރަގަސް ފަރާތު މަގު މިދެބަޔަށް އެއްކޮށެވެ. ނަމަވެސް އެނަޓަމިކަލް ގޮތުން ބަލާއިރު މިއީ ޖެހިޖެހިގެން އިންނަ ދެބަޔެވެ.
ފުރަގަސް ފަރާތް (Rectum) އަކީ ބޮޑު ގޮހޮރު ނިމިގެން ހަޖަމުކުރާ ނިޒާމްގައި ފުރަގަސް ފަރާތު މަގާއި ދޭތެރޭގައި އިންނަ ބައެކެވެ. އެހެންކަމުން ފުރަގަސްފަރާތް އިންނާނީ ބޮޑުގޮހޮރުގެ އެންމެ ފަހުބައި ކަމުގައިވާ ސިގްމޮއިޑް ގޮހޮރާއި ޖެހިގެންނެވެ. ފުރަގަސްފަރާތް ޖެހިގެން ތިރިއަށް އިންނާނީ ފުރަގަސްފަރާތު މަގެވެ. އަދި އޭގެފަހުން ފުރަގަސްފަރާތު ދޮރެވެ. ބޮޑުކަމުދާ ތަކެތި ބޭރުކުރަން ޖެހެންދެން އެތަކެތި ގުދަންކޮށް ޖަމާވެފައި ހުންނަނީ ފުރަގަސް ފަރާތު ގައެވެ. އިންސާނުންގެ ފުރަގަސް ފަރާތުގެ ދިގުމިނަކީ 12 ސެންޓިމީޓަރު އެވެ.

އުފެދިފައިވާގޮތް

ފުރަގަސް ފަރާތް ފެށިފައި އިންނަނީ ސެކްރަމް(Sacrum)  ގެ 3 ވަނަ ކަށިކޮޅާއި ހަމައިންނެވެ. އަދި ނިމިފައި އިންނަނީ ފުރަގަސް ފަރާތު މަގާއި، ފުރަގަސް ފަރާތް ގުޅޭކަނަށެވެ. އެހެންކަމުން ފުރަގަސް ފަރާތް ނިމިގެން އިންނާނީ ފުރަގަސް ފަރާތު މަގު އެވެ. ފުރަގަސް ފަރާތް އިންނަނީ ސެކްރަމް އަދި ކޮކްސިކްސް (Coccyx)ކަށިގަނޑުން އުފެދިފައިވާ ލެބުމުގެ ތެރެއަށް ފެތިފައެވެ. އަދި މިގޮތުން ފުރަގަސް ފަރާތް ފެތިފައިން އިންނަ ތަނަށް ކިޔަނީ ސެކްރަލް ފްލެކްޝަރ(Sacral flexure) އެވެ. ފުރަގަސް ފަރާތުގެ އެންމެ ތިރީބައިގައި ފުޅާވުމެއް ނުވަތަ ފުފުމެއް ވެއެވެ. މިތަނަށް ކިޔަނީ ރެކްޓަލް އެމްޕިޔުލާ (Rectal Ampulla)އެވެ.

ފުރަގަސް ފަރާތް ޕެރިޓޯނިއަމް އިން މުޅިން ނިވާކުރެވިފައެއް ނުވެއެވެ. ނަމަވެސް ބައެއް ބައިތައް ޕެރިޓޯނިއަމް އިން ނިވާކުރެވިފައި ވެއެވެ. އެގޮތުން ފުރަގަސް ފަރާތުގެ މަތީ ތިންބައިކުޅަ އެއްބައި، އިންނަނީ ކުރިމަތިންނާއި އަރިމަތިން، ޕެރިޓޯނިއަމް އިން ނިވާކުރެވިފައެވެ. ފުރަގަސް ފަރާތުގެ މެދުގެ ތިންބައިކުޅަ އެއްބައި އިންނަނީ ހަމައެކަނި ކުރިމަތިން ޕެރިޓޯނިއަމް އިން ނިވާކުރެވިފައެވެ. އަދި ތިރީ ތިންބައިކުޅަ އެއްބައި ޕެރިޓޯނިއަމް އިން ނިވާކުރެވިފައެއް ނުވެއެވެ.

ފިރިހެނުންގެ ފުރަގަސް ފަރާތުގެ ކުރިމަތިން މަތީގައި ޖެހިފައި އިންނަނީ ރެކްޓޯ-ވެސައިކަލް ޕޯޗް(Recto-vescial pouch) އޭ ކިޔޭ ހުސް ޖާގައެއް ފަދަ ތަނެވެ. އަދި ފުރަގަސް ފަރާތުގެ ކުރިމަތިން ތިރީގައި ޖެހިފައި ހުންނަ ބައިތަކުގެ ތެރޭގައި މަސާނާގެ މަތީބަައި، މަނި ގޮށް، މަނި ހޮޅީގެ އެމްޕިޔުލާ، ގުރުތާގެ ނިމޭ ކޮޅު، އަދި ޕްރޮސްޓޭޓް ގްލޭންޑް ހިމެނެއެވެ.

އަންހެނުންގެ ފުރަގަސް ފަރާތުގެ ކުރިމަތިން މަތީގައި ޖެހިފައި އިންނަނީ ރެކްޓޯ-ވެޖައިނަލް ޕޯޗް(Recto-vaginal pouch) އޭ ކިޔޭ ހުސް ޖާގައެކެވެ. އަދި ފުރަގަސް ފަރާތުގެ ކުރިމަތިން ތިރީގައި ޖެހިފައި އިންނަނީ އަންހެނާގެ ޖިންސީ ގުނަވަނުގެ ފުރަގަހު ފާރެވެ.

ދެޖިންސުގެ މީހުންގެ ވެސް ފުރަގަސްފަރާތުގެ އަރިމަތިން މަތީގައި އިންނަނީ ޕެރަރެކްޓަލް ފޮއްސާ(Pararectal fossa) އެވެ. އަދި ފުރަގަސް ފަރާތުގެ އަރިމަތިން ތިރީގައި އިންނަނީ ސްޕީރިއާ ރެކްޓަލް އާޓަރީގެ ގޮފިތަކާއި، ކޮކްސިޖިއަސް މަސްގަނޑު، އަދި ލެވޭޓަރ އޭނި މަސްގަނޑު އެވެ.

ދެޖިންސުގެ މީހުންގެ ވެސް ފުރަގަސް ފަރާތުގެ ފަހަތް ޖެހިފައި ހުންނަ ބައިތަކުގެ ތެރޭގައި ކޮކްސިކްސް، ސެކްރަމްގެ ތިރީބައި، މީޑިއަން ސެކްރަލް ލޭހޮޅިތައް، ގްލޯމަސް ކޮކްސީޖިއަމް މަސްގަނޑު، އަދި ނާރު ފުންޏެއް ހިމެނެއެވެ.

ބޮޑުކަމުދިއުމުގައި ފުރަގަސް ފަރާތުގެ ދައުރު

ފުރަގަސް ފަރާތަކީ ވަގުތީ ގޮތުން ބޮޑުކަމުދާ ތަކެތި ރައްކާކޮށްފައި ބަހައްޓައިދޭ ގުދަނެކެވެ. ފުރަގަސް ފަރާތުގައި ބޮޑުކަމުދާ ތަކެތި ޖަމާވެ ފުރުމުން، ފުރަގަސް ފަރާތު ފާރު ފުޅާވެ، ފުރަގަސް ފަރާތު ފާރުގެ ތެރޭގައި ނާރުތަކުގެ ނިޒާމް އިން އައިސްފައިވާ ސްޓްރެޗް ރިސެޕްޓަރ ތައް، މުރާލިވެ، ބޮޑުކަމުދާ ހިތްވެއެވެ. ބޮޑު ކަމުދާން ޖެހުމުން ނުގޮސް ހިފަހައްޓައިފިނަމަ، ފުރަގަސް ފަރާތުގައި ޖަމާވެފައި ހުރި ބޮޑުކަމުދާ ތަކެތި އަނބުރާ ބޮޑު ގޮހޮރަށް ވާޞިލްވެއެވެ. އަދި އެބޮޑުކަމުދާ ތަކެތީގެ ތެރޭގައި ހުރި ފެނުގެ ބައި ވަކިން ހަށިގަނޑަށް ނަގައެވެ. ބޮޑުކަމު ނުގޮސް ގިނައިރު ހުރެއްޖެނަމަ، ބަނޑުހިކުން ކުރިމަތިކުރުވައެވެ. ބަނޑުހިކުން ކުރިމަތިވެއްޖެނަމަ ބޮޑުކަމުދާ ތަކެތި ހަރުވެ، ބޮޑުކަމުދިއުމަށް އުދަގޫވެއެވެ.

ފުރަގަސް ފަރާތުން ހަށިގަނޑުގެ ފިނިހޫނުމިން ބެލުން

ހަށިގަނޑުގެ ފިނިހޫނު މިން ހުރިނެތް މިންވަރު ފުރަގަސް ފަރާތުން ވެސް ބެލެއެވެ. މިގޮތުން ފިނިހޫނު މިން ބެލުމަށްޓަކައި، މާކަރީ ތަމޯމީޓަރު، ނުވަތަ ޑިޖިޓަލް ތަމޯމީޓަރެއް ފުރަގަސް ފަރާތު ދޮރުން ލައްވައިގެން ފުރަގަސް ފަރާތަށް ވާޞިލް ކުރުވައެވެ. ކުރިން މާކަރީ ތަމޯމީޓަރު ބޭނުންކުރި ނަމަވެސް މިހާރު މިފަދަ ތަމޯމީޓަރު ބޭނުންކުރަނީ ވަރަށް މަދުންނެވެ. ފުރަގަސް ފަރާތުން ބަލާ ފިނިހޫމިން އާންމުގޮތެއްގައި ހުންނަނީ 38-36 ޑިގްރީ ސެލްޒިއަސް އާއި ދެމެދުގައެވެ.

ފުރަގަސް ފަރާތުން ބަލާ ފިނިހޫނުމިން ،އަނގައިން ބަލާ ފިނިހޫނު މިނަށްވުރެ ½ ޑިގްރީ ސެލްޒިއަސް މަތިވާނެއެވެ. އަދި ކިހިލިފަތް ދޮށުން ބަލާ ފިނިހޫނު މިނަށްވުރެ، 1 ޑިގްރީ ސެލްޒިއަސް މަތިވާނެއެވެ.ގިނަ ޑޮކްޓަރުން ކުޑަކުދިންގެ ފިނިހޫނުމިން ހުރިމިންވަރު ފުރަގަސް ފަރާތުން ބެލުމަށް އިރުޝާދު ދެނީ ކުޑަކުދިންގެ އަނގައިން ފިނިހޫނު މިން ބެލުމަކީ ގިނަފަހަރު އުދަގޫކަމަށްވާތީ އެވެ. އެއީ ކުޑަކުދިން ފިނިހޫނުމިން ބަލާގަޑީގައި މަޑުން ހަމަހިމޭނުން ނީންނާތީއެވެ. މިފަހަކަށް އައިސް ކަންފަތުން ފިނިހޫނުމިން ބެލުން އާންމުވުމުން ފުރަގަސް ފަރާތުން ފިނިހޫނުމިން ބެލުން ވަނީ މަދުވެފައެވެ.

* ”’ނޯޓް”’: އާންމުކޮށް ފުރަގަސް ފަރާތް ކިޔަނީ ފުރަގަސް ފަރާތް، އަދި ފުރަގަސް ފަރާތު މަގު މިދެބަޔަށް އެއްކޮށެވެ. ނަމަވެސް އެނަޓަމިކަލް ގޮތުން ބަލާއިރު މިއީ ޖެހިޖެހިގެން އިންނަ ދެބަޔެވެ.

ކުރީގެ ރައީސް ނަޝީދުގެ އިސްތިއުފާގެ ޞައްޙަކަމާއި މެދު ވަކިގޮތެއް އަދި ކަނޑަނޭޅޭނެ- ސީމެގް
6 އަދި 7 ފެބްރުއަރީ 2012 ގެ ނިޔަލަށް ރާއްޖޭގައި ހިނގާފައިވާ ކަންތައްތައް މިނިވަންކަމާއެކު ބަލައި ހޯދުމަށް ފަހު މެނުވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އިސްތިއުފާގެ ޞައްޙަކަމާއިމެދު ގޮތެއް ވަކިގޮތެއް އަދި ކަނޑަނޭޅޭނެ ކޮމަންވެލްތު މިނިސްޓެރިއަލް އެކްޝަން ގްރޫޕް (ސީމެގް) އިން ހާމަކުރައްވައިފިއެވެ.

ސީމެގުން މިހެން ހާމަކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޙާލަތާއި މެދު އެގްރޫޕުން މިއަދު އިނގިރޭސިވިލާތުގެ ލަންޑަންގައި ބޭއްވި ޚާއްސަ ބައްދަލުވުމުގައެވެ.

މިބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ޓްރިނިޑެޑް އެންޑް ޓޯބޭގޯގެ ފޮރިން އެފެއާޒް އެންޑް ކޮމިއުނިކޭޝަންސް މިނިސްޓަރ ޑރ. ސުރުޖްރައްޓަން ރަމްބަޗަންއެވެ. މިބައްދަލުވުމުގައި ބަންގްލަދޭޝް، ކެނެޑާ، ޖަމައިކާ، ސިއެރަ ލިއޯން، ޓަންޒާނިއާ އަދި އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރުން ބައިވެރިވެވަޑައިގެންފައިވެއެވެ.

މިމަހު 17 އިން 19 އަށް ރާއްޖެއަށް ޒިޔާރަތް ކުރެއްވި ސީމެގްގެ ތިން މެމްބަރުންގެ ޓީމްގެ ރިޕޯޓް މިއަދު ބޭއްވި ބައްދަލުވުމުގައި ހުށަހަޅުއްވާފައިވެއެވެ.

ރާއްޖޭގެ ސަރުކާރުގެ ފަރާތުން މިބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު ވަޙީދުގެ ސްޕެޝަލް އެޑްވައިޒަރ ޑރ. ހަސަން ސައީދާއި، ކުރީގެ ރައީސް ނަޝީދުގެ މަންދޫބެއްގެ ގޮތުން ޑރ. ފަރަހަނާޒް ފައިސަލް ބައިވެރިވެވަޑައިގެންފައިވެއެވެ.

ތިން މެމްބަރުންގެ ޓީމުގެ ރިޕޯޓަށާއި އަދި އެހެނިހެން މަޢުލޫމާތަށް ރިޔާއަތްކޮށް ސީމެގުން ހާމަކުރިގޮތުގައި، މިނިވަން މުސްތަޤިއްލު ތަޙްޤީޤަކާއި ނުލާ 7 ފެބްރުއަރީގައި ރައީސް ނަޝީދު ދެއްވި އިސްތިއުފާގެ ޞައްޙަކަމާއި މެދު ގޮތެއް ނިންމުން އެއީ މިވަގުތަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި މިނިވަން ތަޙްޤީޤެއް ކުރުން ވަރަށް މުހިއްމުކަމަށްވެސް ސީމެގުން ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ހިނގައި ދިޔަ ހާދިސާތަށް ތަޙްޤީޤްކުރުމަށް ރައީސް ޑރ. ވަޙީދު މިއަދު  ”ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ” އެއް އެކުލަވާލައްވާފައިވާކަން ސީމެގުން ފާހަގަކުރައްވާފައިވެއެވެ. މީގެއިތުރުން ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއެއް އެއްބަސްވާގޮތުގެ މަތިން ބައިނަލްއަޤްވާމީ މެކޭނިޒަމް އަކުން މިތަޙްޤީޤުގައި ބައިވެރިވުން މުހިއްމުކަމުގައިވެސް އެފަރާތުން ހާމަކުރައްވާފައިވެއެވެ.

އަދި ވީހާވެސް އަވަހަކަށް މިއަހަރު ތެރޭގައި އިންތިޚާބެއް ބޭއްވުމަށް މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް ރައީސް ޑރ. ވަޙީދަށާއި އަދި ރައީސް ނަޝީދަށް ސީމެގުން އިލްތިމާސް ކުރައްވާފައިވެސްވެއެވެ. އަދި މަޖިލިސް ފެއްޓެންވާއިރަށް މި ބައްދަލުވުންތައް ކުރިއަށްގޮސް އިންތިޚާބު ބޭއްވުމަށް ޤާނޫނު އިސްލާޙްކޮށް އެންމެން އެކުގައި މިދަނޑިވަޅުގައި މަސައްކަތްކުރެއްވުމަށްވެސް ސީމެގުން ގޮވާލައްވާފައިވެއެވެ.

ކުރީގެ ރައީސް ނަޝީދަށް ޤާނޫނު އަސާސީން ލިއްބައިދޭ ފުރިހަމަ ރައްކާތެރިކަމާއި ސެކިއިރިޓީ ލިބިލައްވާނެކަމަށް އައު ސަރުކާރުން ޔަޤީންކަން އަރުވާފައިވާކަންވެސް ސީމެގުން ފާހަގަކޮށްފައިވެއެވެ. އަދި ހަމައެއާއި އެކު ނަޝީދު ހައްޔަރުކުރެއްވުމަށް ކޯޓުން ނެރުއްވާފައިވާ އަމުރުގެ ސަބަބުން އެމަނިކުފާނަށް އިންތިޚާބުގައި ބައިވެރިވުމަށް ހުރަސް އެޅިދާނެތީ އެކަމާއިމެދު އެގްރޫޕުން ކަންބޮޑުވުންވެސް ފާޅުކޮށްފައިވެއެވެ.

ޑިމޮކްރަސީ ހަރުދަނާކުރުމަށާއި އަދި ޝަރްޢީދާއިރާއާއި، ރައްޔިތުންގެ މަޖިލީހާއި، އިލެކްޝަންސް ކޮމިޝަންސް ހަރުދަނާކޮށް އެމުވައްސަސާތަކުގެ ޤާބިލިއްޔަތު އިތުރުކުރެއްވުމަށް ފަންނީ އެހީތެރިކަމާއި އެއްބާރުލުން ކޮމަންވެލްތުން ދެއްވާނެކަމަށްވެސް ސީމެގުން ހާމަކުރައްވާފައިވެއެވެ.

ސީމެގުން އަބަދުވެސް ކަންތައްކުރައްވަމުން އަންނަ ގޮތަކީ ސީމެގްގެ މެމްބަރު ޤައުމެއްގައި މިފަދަ ހާދިސާތަކެއް ތަޙްޤީޤްކުރެވެމުންދާ ދަނޑިވަޅެއްގައި އެޤައުމުގެ މެމްބަރުކަން ވަގުތީގޮތުން ސަސްޕެންޑް ކުރެވޭނެކަމަށެވެ. އަދި އެގޮތުން މިދުވަސްކޮޅުގައި ރާއްޖޭއިން ސީމެގްގައި ބައިވެރިނުވެވޭނެކަމަށްވެސް އެގުރޫޕުން ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ޙާލަތު އިތުރަށް ބެއްލެވުމަށް މާޗްމަހު އިތުރު ޓެލެކޮންފަރެންސެއް ބޭއްވޭނެ ކަމަށާއި އަދި އޭޕްރިލް މަހު އިތުރުބައްދަލުވުމެއް ބޭއްވޭނެކަމަށްވެސް ސީމެގުން އިޢުލާންކުރައްވާފައިވެއެވެ.

ވެލިދޫ ޕޮލިސް ސްޓޭޝަނުން ވަގަށް ނަގާފައިވާ ތަކެތި ހޯދައި ވައްކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި
ވެލިދޫ ޕޮލިސް ސްޓޭޝަނުން ވަގަށް ނަގާފައިވާ ތަކެތި – ފޮޓޯ : ޕޮލިސް

ނ. ވެލިދޫ ޕޮލިސް ސްޓޭޝަނުން ބަޔަކު ވަގަށްވަދެ އެތަނުގައި ހުރި ކޮމްޕިއުޓަރުތަކާއި އެހެނިހެން އިލެކްޓްރޯނިކް ގިނަ ސާމާނުތައް ވަގަށް ނަގާފައިވަނިކޮށް، އެތަކެތި ފުލުހުން ހޯދައި އެތަކެތި ވަގަށް ނެގިކަމުގެ ތުހުމަތުގައި ދެމީހަކާއި 18 އަހަރުންދަށުގެ ކުއްޖަކު އެރަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުންގެ އިދާރާއިން މިއަދު ބުނީ ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލެމުގެ ދަށަށް ގެންގޮސްފައިވަނީ 16 އަހަރުގެ ފިރިހެން ކުއްޖަކާއި 25 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މިމަހުގެ 8 ވަނަ ދުވަހު އެމްޑީޕީއަށް ތާއީދުކުރާ ބަޔަކު ރާއްޖޭގެ އެކި ރަށްރަށުގައި ހިންގާފައިވާ ހަމަނުޖެހުންތަކުގައި ވެލިދޫގައި އެޕާޓީއަށް ތާއީދުކުރާ ބަޔަކު ނުކުމެ ވެލިދޫ ޕޮލިސް ސްޓޭޝަން ބަންދުކޮށް ހުރިހާ ފުލުހުން އެރަށުން ބާލާފައެވެ.

ފުލުހުން ބުނީ ސްޓޭޝަން ބަންދުކޮށް ފުލުހުން ރަށުން ބާލާފައިވަނިކޮށް އެސްޓޭޝަނަށް ބަޔަކު ވަގަށް ވަދެ ގިނަ ޢަދަދެއްގެ ތަކެތި ވަގަށް ނެގީ މިމަހުގެ 18 ވަނަ ވަނަދުހުގެރޭ ދަންވަރު ކަމަށެވެ. އަދި އެތަނުން ވައްކަންކުރިކަމުގެ މަޢުލޫމާތު މަނަދޫ ޕޮލިސް ސްޓޭޝަނަށް ލިބުމާއެކު ވެލިދޫއަށް ތަޙުޤީޤު ޓީމެއް ގޮސް ތަހުޤީޤުކުރުމަށްފަހު 48 ގަޑިއިރުގެތެރޭގައި ވެލިދޫ ޕޮލިސް ސްޓޭޝަނުން ވަގަށްނެގި ތަކެތީގެ %90 ހޯދައި އެކަމުގައި ތުހުމަތުކުރެވުނު މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ވެލިދޫ ޕޮލިސް ސްޓޭޝަން ބަންދުކުރުމާ ގުޅިގެން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ވެލިދޫ ކައުންސިލުން އަލުން ފުލުހުންގެ ޚިދުމަތް ވެލިދޫގައި ޤާއިމްކޮށްދިނުމަށް ތަކުރާރުކޮށް އެދުމާ ގުޅިގެން އެސްޓޭޝަން އަލުން ހުޅުވައި މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން ޚިދުމަތްދޭން ވަނީ ފަށާފައެވެ.

ވެލިދޫ ޕޮލިސް ސްޓޭޝަން އަލުން ހުޅުވައި ޚިދުމަތްދޭން ފަށައިފި - ސްޓޭޝަން ހުޅުވީ ގިނަ އަދަދެއްގެ ރައްޔިތުންނާއި ވެލިދޫ ކައުންސިލުން އަލުން ފުލުހުންގެ ޚިދުމަތް ޤާއިމްކޮށްދިނުމަށް އެދުމުން
ވެލިދޫ ޕޮލިސް ސްޓޭޝަން – ފޮޓޯ : ޕޮލިސް

މިމަހުގެ 8 ވަނަ ދުވަހު އެމްޑީޕީއަށް ތާއީދުކުރާ ބަޔަކު ރާއްޖޭގެ އެކި ރަށްރަށުގައި ހިންގާފައިވާ ހަމަނުޖެހުންތަކުގައި ނ.ވެލިދޫގައި އެޕާޓީއަށް ތާއީދުކުރާ ބަޔަކު ނުކުމެ ވެލިދޫ ޕޮލިސް ސްޓޭޝަން ބަންދުކޮށް ހުރިހާ ފުލުހުން އެރަށުން ބާލާފައިވަނިކޮށް އެރަށު ޕޮލިސް ސްޓޭޝަން އަލުން ހުޅުވައި އެރަށުގައި ފުލުހުންގެ ޚިދުމަތްދޭން ފަށައިފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ އެސްޓޭޝަން ބަންދުކުރުމާ ގުޅިގެން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ވެލިދޫ ކައުންސިލުން އަލުން ފުލުހުންގެ ޚިދުމަތް ވެލިދޫގައި ޤާއިމް ކޮށްދިނުމަށް ތަކުރާރުކޮށް އެދިފައިވާ ކަމަށެވެ. އެހެންކަމުން އެސްޓޭޝަން އަލުން ހުޅުވައި ޚިދުމަތްދޭން ފެށީ މިމަހުގެ 19 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ހާމަކުރާ ގޮތުގައި ވެލިދޫއަކީ ނ. އަތޮޅުގައި ކުށްކުރާ ރޭޓް އެންމެ މަތީ އެއްރަށެވެ.

ބެންޗް ބެލެންސްކޮށް ދުނިޔޭގެ ރެކޯޑެއް މުގުރާލައިފި - ޢުމުރުން 30 އަހަރުގެ ލި ހޮންގްޒިއާއޯ 2000 ވަނަ އަހަރު ދަތްމައްޗަށް ތަފާތު ތަކެތި ބެލެންސްކުރުމުގެ ހުނަރު ލިބިގަތުމަށް މަސައްކަތްފެށި
ހުޅަނގު ދެކުނު ޗައިނާގެ ޑާޒޫ ޑިސްޓްރިކްޓްގައި ލި އޭނާގެ ހުނަރު ޢާއްމުންނަށް ދައްކާލަނީ / ފޮޓޯ: އޭޕީ

ޗައިނާގެ ރައްޔިތެއް ކަމަށްވާ ލި ހޮންގްޒިއާއޯ އަކީ ކުޑައިރުއްސުރެ އަނގައިން ތަފާތު ތަކެތި ބެލެންސްކުރަމުން އަންނަ ފަރާތެކެވެ. ނަމަވެސް ގިނަ ބަޔަކަށް ހައިރާންކަމެއް ގެނެސްދިން ކަމަކަށް ވެގެން ދިޔައީ، ދުނިޔޭގެ ރެކޯޑެއް މުގުރާލުމަށްފަހު 23 ބެންޗް އަނގައިން ހިފަހައްޓައި ބެލެންސްކޮށްގެން 11 ސުކުންތު ހުރުމަށް ލި ހޮންގްޒިއާއޯ ދައްކައިދިން ބިރުކުޑަ ޙަރަކާތްތަކުގެ ސަބަބުންނެވެ.

ކޮންމެ ބެންޗެއްގައި 3 ކިލޯ ހުންނަ މި ބެންޗްތަކަކީ 45 ސެންޓިމީޓަރު އުސް އަދި އެއްމީޓަރު ދިގު ބެންޗްތަކެކެވެ. އެހެންކަމުން، ބަރުދަނުގައި 75 ކިލޯ ހުންނަ ލި ހޮންގްޒިއާއޯ މިވަނީ 69 ކިލޯގެ ބުރަދަން އޭނާގެ ދަތްތަކުގެ މައްޗަށް ބެލެންސްކޮށްފަ އެވެ. މީގެ ކުރިން ޤާއިމްކޮށްފައިވާ ރެކޯރޑްގައި އެފަދައިން ބެލެންސްކޮށްފައިވާ ކަމަށް ފާހަގަކުރެވިފައިވަނީ 14 ބެންޗެވެ.

ލި ހޮންގްޒިއާއޯ މި ފަދަ ކާމިޔާބީ އާ ހަމައަށް ދަތުރުކޮށްފައި މިވަނީ ވަރަށް ގިނަ ދުވަހުގެ ބުރަ މަސައްކަތާއި ތަޖުރިބާއަށް ފަހު އެވެ. ފަޤީރު އާއިލާއަކަށް ނިސްބަތްވާ ލި ހޮންގްޒިއާއޯ ގެ ޢުމުރުން 8 އަހަރުގައި ވަނީ ޢާއިލާއަށް ފައިސާ ހޯދުމަށްޓަކާ އޭނާގެ ތަފާތު ހުނަރުތައް ދައްކައިގެން އާމްދަނީ ހޯދަން ފަށާފަ އެވެ.

މިހާރު ޢުމުރުން 30 އަހަރުގެ އޭނާ 2000 ވަނަ އަހަރު ދަތްމައްޗަށް ތަފާތު ތަކެތި ބެލެންސްކުރުމުގެ ހުނަރު ލިބިގަތުމަށް މަސައްކަތްފެށި އެވެ. އެގޮތުން ތަފާތު އެތައް ފަހަރަކު ވަނީ އެކަމުގެ ސަބަބުން އެކިވަރުގެ ގެއްލުންތަކާވެސް ކުރިމަތިލާން ޖެހިފަ އެވެ. އެންމެ ފުރަތަމަ ފަހަރަށް 12 ބެންޗް އަނގަމައްޗަށް ބެލެންސްކުރަން ކުރި މަސައްކަތް ފެއިލްވުމުން ލި ހޮންގްޒިއާއޯގެ ފުރާނަ ސަލާމްތަކުރެވިފައިވަނީ އުނަގަނޑަށް ލިބުނު 18 ގެއްލުމަކަށްފަހު އެވެ.

އެހެންކަމުން ކާމިޔާބަކީ ބުރަ މަސައްކަތާއި ގެއްލުމަށް ފަހު ލިބޭނެ އެއްޗެއްކަން ލި ހޮންގްޒިއާއޯގެ މި ކާމިޔާބީއިން ފާހަގަވެގެންދެ އެވެ. (ޑޯންޓް ޓްރައި ދިސް އެޓް ހޯމް)

ރައީސްގެ ޚާއްޞަ މަންދޫބެއްގެ ގޮތުން ވަޙީދުއްދީން ސްރީލަންކާގެ ރައީސާ ބައްދަލުކުރައްވައިފި
މުޙައްމަދު ވަޙީދުއްދީން (ޑީން) ސްރީލަންކާގެ ރައީސް މަހިންދަ ރާޖަ ޕަކްސެއާ މިއަދު ބައްދަލުކުރެއްވުން – ފޮޓޯ : ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދުގެ ޚާއްޞަ މަންދޫބެއްގެ ގޮތުން ސްރީލަންކާއަށް ވަޑައިގެންނެވި، ނައިބު ރައީސްގެ މަގާމަށް ޢައްޔަން ކުރެއްވުމަށް ރައީސް ނިންމަވާފައިވާ މުޙައްމަދު ވަޙީދުއްދީން (ޑީން) ސްރީލަންކާގެ ރައީސް މަހިންދަ ރާޖަ ޕަކްސެއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ މިބައްދަލުކުރެއްވުމުގައި ރައީސްގެ ޚާއްޞަ ސިޓީފުޅެއް ސްރީލަންކާގެ ރައީސަށް ޑީން އަރުވާފައިވާ ކަމަށެވެ.

މިބައްދަލުވުމުގައި ޑީން ދެއްކެވި ވާހަކަފުޅުގައި، ސްރީލަންކާއަކީ ރާއްޖެއާ އެންމެ އެކުވެރި އެއް ޤައުމުކަމަށް ރާއްޖެއިން ދެކޭ ކަމަށާއި، ދެ ޤައުމުގެ ގުޅުން އަބަދުވެސް ވަރުގަދަވަމުންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ސްރީލަންކާ ސަރުކާރުން ރާއްޖެއާ ދޭތެރޭ އަބަދުވެސް ބާއްވަވާ ގާތް ރަޙްމަތްތެރި ގުޅުމަށްޓަކައި އަދި ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ސްރީލަންކާގެ ރައީސަށް ޝުކުރު އަދާކުރެއްވިއެވެ.

ޑީނަށް މަރްޙަބާ ވިދާޅުވެ، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަ ޕަކްސެ ވަނީ ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ތާރީޚީ ގުޅުމަށް އިޝާރާތްކުރައްވާފައެވެ. އަދި ދެ ޤައުމުގެ ގުޅުން ބަދަހިކަމާއެކު ކުރިއަށްދާނެ ކަމުގައި ރާޖަ ޕަކްސެ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސް މަހިންދަ ރާޖަ ޕަކްސެގެ ސެކްރެޓެރީ މިސްޓަރ ލަލިތް ވީރަތުންގައާއި، ސްރީލަންކާގެ ފޮރިން ސެކްރެޓެރީ މިސްޓަރ ކަރުނާތިލަކަ އަމުނުގަމައާއި، ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު ޙުސައިން ޝިހާބު ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ސަރުކާރުގެ ރަސްމީ ގަޑި ކުރިއެކޭ އެއްގޮތަށް ބަދަލުކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން ތާޢީދު ކުރާކަމަށް އެކޮމިޝަނުން ހާމަކޮށްފި
ކުރިއެކޭ އެއް ގޮތަށް ސަރުކާރުގެ ރަސްމީ ގަޑިއަކީ، ހެނދުނު 30: 7 އިން މެންދުރު 30: 2 އަށް ހެދުމަށްޓަކައި ކެބިނެޓުން އިއްޔެ ހުށަހެޅުއްވި ހުށަހެޅުއްވުމަށް ސިވިލް ސަރވިސް ކޮމިޝަނުން ތާޢީދު ކުރައްވާކަމަށް އެކޮމިޝަންގެ ރައީސް މުޙައްމަދު  ފަހުމީ ހަސަން މިއަދު ހާމަކުރައްވައިފިއެވެ.

ފަހުމީ ވިދާޅުވިގޮތުގައި ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ސަރުކާރުގެ ރަސްމީގަޑި  ހެނދުނު  00: 8 އިން ހަވީރު  00: 4 އަށް  ބަދަލު ކުރެއްވުމުން ސިވިލް ސަރވިސް ކޮމިޝަނުން ވަނީ ކުރިއެކޭ އެއގޮތަށް ރަސްމީ ގަޑި ބަދަލުކުރެއްވުމަށް ހުށަހަޅުއްވާފައެވެ. އަދި ޑރ. މުޙައްމަދު ވަޙީދު ހަސަން މަނިކު ވެރިކަމާއި ހަވާލުވެލެއްވުމުން ސަރުކާރަށް އަނެއްކާވެސް މިކަން ދަންނަވާފައިވާނެކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.

ސަރުކާރުގެ ރަސްމީ ގަޑި ކުރިއެކޭ އެއްގޮތަށް  ހެނދުނު 30: 7 އިން މެންދުރު 30: 2 އަށް ބަދަލުކުރުމުން މުވައްޒަފުންގެ މުސަރާއާއި އިނާޔަތްތަކަށް އެއްވެސް ބަދަލެއް ގެނައުމަށް ކޮމިޝަނުން ތާޢީދުނުކުރައްވާކަމަށް ފަހުމީ ވިދާޅުވިއެވެ.

ރަސްމީ ގަޑި ކުރިއެކޭ އެއްގޮތަށް ބަދަލުކުރުމުން މުވައްޒަފުންނަށާއި ސަރުކާރަށް ވަރަށް ގިނަ ގުނަ ފައިދާތަކެއް ލިބިގެންދާނެކަމަށާއި ، މިގޮތުން ބަލާއިރު ދައުލަތުގެ ޚަރަދު ވަރަށް ބޮޑު ތަން ކުޑަވެގެންދާނެކަމަށާއި  މުވައްޒަފުންނަށް އެހެން ވަޒީފާތަކަށް ދިއުމުގެ ފުރުސަތު ތަނަވަސްވެގެން ދާނެކަމަށްވެސް ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ހާމަކުރެއްވިއެވެ.

ފަހުމީ އިތުރަށް ވިދާޅުވިގޮތުގައި ކުރިއެކޭ އެއްގޮތަށް ހެނދުނު 30: 7 އިން މެންދުރު 30: 2 އަށް ބަދަލުވުމުން މުވައްޒަފުންގެ މަސައްކަތުގެ އަޚްލާގު ރަނގަޅުކުރުމަށާއި އަދި ޒަރޫރީ ބޭނުކަމަށް ނޫނީ މަސައްކަތުގެ ވަގުތުގައި ބޭރަށް ނުދިއުމަށް ކޮމިޝަނުން އިލްތިމާސް ކުރައްވާކަމަށްވެސް ހާމަކުރެއްވިއެވެ.

އަދި މީގެއިތުރުން، ސަރުކާރުގެ ރަސްމީ ގަޑި މެންދުރު  30: 2 އާ ހަމައަށް ހަމަޖައްސާނީ، ސިވިލް ސާވިސް ގާނޫނުގައިވާ ކަންތައްތަކަށް ރިއާޔަތްކުރުމަށް ފަހު ގައި ކަމަށްވެސް ކޮމިޝަންގެ ރައީސް ވިދާޅުވެފައިވެއެވެ..

23 ޑިސެމްބަރ އިއްތިހާދުން ބާއްވާ ބޮޑު މަހާސިންތާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ޕީޕީއެމް އިން ގޮވާލައިފި
އަންނަ ހުކުރު 23 ޑިސެމްބަރ އިއްތިހާދުން ބާއްވާ ބޮޑު މަހާސިންތާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ގޮވާލައްވައިފިއެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ތަރުޖަމާނު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު މަހްލޫފު ހާމަކުރެއްވިގޮތުގައި ހުކުރު ދުވަހު 23 ޑިސެމްބަރ އިއްތިހާދުން ބާއްވާ ބޮޑު މަހާސިންތާގައި ރަށްރަށުން ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް މާލެ އައުމުގެ އިންތިޒާމު ހަމަޖެއްސުމަށް އިއްތިހާދުގައި ހިމެނޭ ސިޔާސީ ޕާޓީތަކުން މަސައްކަތްކުރައްވަމުން އަންނަ ކަމަށެވެ. މަހާސިންތާގައި ބައިވެރިވުމަށް މިހާރުވެސް ވަރަށް ގިނަ ފަރާތްތަކުން 23 ޑިސެމްބަރ އިއްތިހާދުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ގުޅަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.  މީގެއިތުރުން މަހްލޫފް ހާމަކުރެއްވިގޮތުގައި ބޮޑު މަހާސިންތާގައި ބައިވެރިވުމަށް އެދޭ އަންހެން ބޭފުޅުންނަށް ވަކި ޚާއްސަ އިންތިޒާމްތަކެއް ހަމަޖެހިފައިވާނެކަމަށެވެ.

23 ޑިސެމްބަރ އިއްތިހާދުން ހުކުރު ދުވަހު ބާއްވާ މަހާސިންތާއަކީ މިރާއްޖޭގެ ތާރީޚުގައި މިހައިތަނަށް ބޭއްވޭ އެންމެ ބޮޑު އެއްވުމަށް ވާނެކަމަށާއި އަދި ރައީސް ޑރ. މުޙައްމަދު ވަޙީދުގެ ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރަށް ތާޢީދު އޮތް ވަރު އިދިކޮޅު ފަރާތްތަކަށާއި މުޅި ދުނިޔެއަށް ހާމަވެގެންދާނެކަމަށްވެސް ޕީޕީއެމްގެ ތަރުޖަމާނު ވިދާޅުވިއެވެ.

މަހްލޫފް އިތުރަށް ހާމަކުރެއްވިގޮތުގައި މިއެއްވެން ބޭއްވުމަށް ކުރީގައި ހަމަޖެހިފައިވަނީ ލޮނުޒިޔާރަތް ކޮޅުގައި ކަމަށާއި އެހެން ނަމަވެސް މާލޭ ސިޓީ ކައުންސިލް މެދުވެރިކޮށް އެމްޑީޕީއިން އެސަރަޙައްދު ހިސާރުކޮށްފައިވާކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި އެސަރަޙައްދު ނުލިބުމުން މިހާރު މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ އާޓިފިޝަލް ބީޗް ސަރަޙައްދުގައި ހުކުރުދުވަހު ހަވީރު 4:00 ޖަހާއިރު ކަމަށެވެ.

ﷲ ގެ އެޖެންޑާ ކުރިއަރުވަން ނޫސްވެރިން މަސައްކަތްކުރާނަމަ މުޖްތަމަޢު އިޞްލާޙްވެގެންދާނެ : މަޑުލު ވަޙީދު - ނޫސްވެރިކަމުގެ އެންމެ ބޮޑު ގޮންޖެހުމަކީ ނުވިކި، ތެދުވެރި މަޤާމެއްގައި ނޫސްވެރިޔާ ހުރެވޭތޯ ބެލުން : ވަޙީދު
ކޯހުގެ ބައިވެރިއަކަށް މަޑުލު ވަޙީދު ރޭ ސެޓްފިކެޓް ޙަވާލުކުރައްވަނީ – ދިއިސްލާމް ފޮޓޯ : ޢަބްދުﷲ އަބީދު

ގުޅޭ :

ޖަމްޢިއްޔަތުއްސަލަފާއި ޝަހީބު މީޑިއާ ކޮންސަލްޓަންސީ ގުޅިގެން ހިންގި ނޫސްވެރިކަމުގެ ކޯސް ނިމިއްޖެ – 22 ފެބުރުއަރީ 2012

ފޮޓޯ ގެލެރީ : ނޫސްވެރިކަމުގެ ކޯސް ނިންމުމުގެ ރަސްމިއްޔާތު – 22 ފެބްރުއަރީ 2012

ﷲ ގެ އެޖެންޑާ ކުރިއަރުވަން ނޫސްވެރިން މަސައްކަތްކުރާނަމަ މުޖްތަމަޢު އިޞްލާޙްވެގެންދާނެ ކަމުގައި ރާއްޖޭގެ ނޫސްވެރިކަމާއި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ މަޑުލު މުޙައްމަދު ވަޙީދު ވިދާޅުވެއްޖެއެވެ.

މަޑުލު ވަޙީދު މިހެން ވިދާޅުވީ، ޖަމްޢިއްޔަތުއްސަލަފާއި ޝަހީބު މީޑިއާ ކޮންސަލްޓަންސީ (އެސްއެމްސީ) ގުޅިގެން ހިންގި ނޫސްވެރިކަމުގެ އަސާސީ ކޯސް ނިންމުމުގެ ގޮތުން ޒުވާނުންގެ މަރުކަޒުގައި ރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް ވަޑައިގެން ބައިވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެމްއެންބީސީގެ ޗެއާމަންކަންވެސް ކުރިން ކުރައްވާފައިވާ މަޑުލު ވަޙީދު ރޭ ވިދާޅުވީ ނޫސްވެރިކަމުގެ އެންމެ ބޮޑު ގޮންޖެހުމަކީ ނުވިކި، ތެދުވެރި މަޤާމެއްގައި ނޫސްވެރިޔާ ހުރެވޭތޯ ބެލުންކަމަށެވެ.  އަދި އެހާރާއި މިހާރުގެ ނޫސްވެރިކަމަށް އަލިއަޅުވާލައްވައި މަޑުލު ވަހީދު ވާހަކަފުޅުދެއްކެވިއެވެ.

ނޫސްވެރިކަމުގެ މިކޯސް ކުރިއަށް ގެންގޮސްފައިވަނީ މިމަހު 5 ން 20 ށެވެ. މިކޯހުގައި ކިޔަވައިދެއްވީ ތަޖުރިބާކާރު ނޫސްވެރިޔާ މުޙައްމަދު ޝަހީބެވެ. އަދި ގެސްޓް ލެކްޗަރަރއިންގެ ގޮތުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީއާއި ނޫސްވެރިކަމުގެ ފަންނީ ބޭފުޅުންކަމަށްވާ ހިރިގާ އަޙްމަދު ޒާހިރާއި ސީނާ އަޙްމަދު ޒާހިރާއި ފަރެސް މުޙައްމަދު އާމިރު އަދި މޫސާ ލަޠީފް މިކޯހުގައި ތަޤްރީރުކުރެއްވިއެވެ.

ޖަމްޢިއްޔަތުއްސަލަފާއި ޝަހީބު މީޑިއާ ކޮންސަލްޓަންސީ ގުޅިގެން ހިންގި ނޫސްވެރިކަމުގެ ކޯސް ނިމިއްޖެ - ނޫސްވެރިކަމުގައި އިސްލާމްދީނަށާއި ﷲ އަށް ތެދުވެރިވުމަށް ޝައިޚް ފިކުރީ ނަސޭހަތްތެރިވެލެއްވި
ކޯހުން އެއްވަނައަށް ދިޔަ ޢަލީ ރަމީޒަށް ޝަހީބު މީޑިއާ ކޮންސަލްޓެންސީގެ ފަރާތުންދޭ ރަން ގަލަން މަޑުލު ވަޙީދު ޙަވާލުކުރައްވަނީ – ދިއިސްލާމް ފޮޓޯ : ޢަބްދުﷲ އަބީދު

ލިޔުމާ ގުޅޭ ފޮޓޯ ގެލެރީ :

ސަލަފާއި ޝަހީބު މީޑިއާ ކޮންސަލްޓަންސީ ގުޅިގެން ހިންގި ނޫސްވެރިކަމުގެ ކޯސް

ޖަމްޢިއްޔަތުއްސަލަފާއި ޝަހީބު މީޑިއާ ކޮންސަލްޓަންސީ (އެސްއެމްސީ) ގުޅިގެން މިމަހު 5 ން 20 ށް ކުރިއަށްގެންދިޔަ ނޫސްވެރިކަމުގެ އަސާސީ ކޯސް ނިންމުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ.

ޒުވާނުންގެ މަރުކަޒުގައި ބޭއްވި މިރަސްމިއްޔާތުގައި ކޯހުގެ ބައިވެރިންގެ އިތުރުން ސަލަފުގެ މެންބަރުންނާއި، އެސްއެމްސީގެ އިސްވެރިން ބައިވެރިވެލެއްވިއެވެ. އެސްއެމްސީގެ ސީއީއޯ މުޙައްމަދު ޝަހީބު ރޭ ދެއްކެވި ވާހަކަފުޅުގައި ކޯސް ކުރިއަށް ގެންދެވި ގޮތާބެހޭގޮތުންނާއި ދަރިވަރުންގެ ފަރާތުން ފެނުނު ކުރިއެރުންތަކާ ގުޅޭގޮތުން އަލިއަޅުވާލެއްވިއެވެ.

މިޖަލްސާގައި ޖަމްޢިޔަތުއްސަލަފުގެ ނާއިބު ރައީސް އައްޝައިޚް ޙަސަން މޫސާ ފިކުރީ ވަނީ ނޫސްވެރިކަމުގެ މައްޗަށް ދީނީ ނަޒަރަކުން އަލިއަޅުވާލައްވައި ނޫސްވެރިކަމުގައިވެސް އިސްލާމްދީނަށާއި ﷲ އަށް ތެދުވެރިވުމަށް ބައިވެރިންނަށް ނަޞޭޙަތްތެރިވެލައްވާފައެވެ. ޝައިޚް ފިކުރީ ވިދާޅުވީ ކޯހުން ވަރަށް ގިނަ ފައިދާތައް ލިބިފައިވާ ކަމަށާއި މިކޯހަކީ ކުދިން ވަރަށް ބޮޑަށް ޝައުޤުވެރިވި ކޯހެއްކަން އެކުދިންގެ ފަރާތުން މަޢުލޫމާތު ލިބުނުކަމަށެވެ. އަދި މިފަދަ އަގުހުރި ކޯހެއް ޖަމްޢިއްޔާއާއިގުޅިގެން ބާއްވައިދިންކަމަށްޓަކައި ޝަހީބަށާއި، ޝަހީބުގެ ޓީމަށް ވަރަށްބޮޑަށް ޝުކުރު އަދާކުރެއްވިއެވެ.

ކޯހުގައި ބައިވެރިވިކަމުގެ ސެޓްފިކެޓް ދަރިވަރުންނަށް ދެއްވީ ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމެވެ. ކޯސް ފުރިހަމަކޮށް ފާސްވި ދަރިވަރުންނަށް ސެޓްފިކެޓް ދެއްވީ ޙަފްލާ ޝަރަފުވެރިކޮށްދެއްވި ރާއްޖޭގެ މަޝްހޫރު ލިޔުންތެރިޔާ، މަޑުލު މުޙައްދު ވަޙީދެވެ. ނޫސްވެރިކަމާ ގުޅޭގޮތުން ސުވާލުކުރުމުގެ ފުރުޞަތު ޖަލްސާގައި ބައިވެރިވި ބޭފުޅުންނަށް މަޑުލު ވަޙީދު ހުޅުވާލައްވައި، ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވިއެވެ.

މިކޯހުން އެއްވަނައަށް ދިޔަ ފަރާތަށް ޝަހީބު މީޑިއާ ކޮންސަލްޓެންސީގެ ފަރާތުންދޭ ރަން ގަލަން ލިބިލެއްވީ ޢަލީ ރަމީޒަށެވެ.

ކޯހުގެ ބައިވެރިންގެ ފަރާތުން ވާހަކަދެއްކެވި ޢަލީ މަފާޒް ވިދާޅުވީ ކޯހުން ވަރަށްގިނަ ފައިދާތަކެއް ލިބުނު ކަމަށެވެ. އަދި އެސްއެމްސީ އާއި ޖަމްޢިއްޔަތުއްސަލަފް ގުޅިގެން މީގެ އެޑްވާންސް ކޯހެއް ބާއްވައިދިނުމަށް އޭނާ އެދިލެއްވިއެވެ.

ރޭގެ ޖަލްސާގައި ސަލަފްގެ ޢިލްމުވެރިންގެ މަޖްލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމާއި އައްޝައިޚް ޠައްޔިބް ޢަބްދުލްޙަކީމްވެސް ބައިވެރިވެލެއްވިއެވެ.

ދެހަފްތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މިކޯހުގައި ކިޔަވައިދެއްވީ ތަޖުރިބާކާރު ނޫސްވެރިޔާ މުޙައްމަދު ޝަހީބެވެ. އަދި ގެސްޓް ލެކްޗަރަރއިންގެ ގޮތުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީއާއި ނޫސްވެރިކަމުގެ ފަންނީ ބޭފުޅުންކަމަށްވާ ހިރިގާ އަޙްމަދު ޒާހިރާއި ސީނާ އަޙްމަދު ޒާހިރާއި ފަރެސް މުޙައްމަދު އާމިރު އަދި މޫސާ ލަޠީފް މިކޯހުގައި ތަޤްރީރުކުރެއްވިއެވެ.