ދި އިސްލާމް އަކީ ކޮބާ؟

ދިއިސްލާމް އޮންލައިން:

ދިއިސްލާމް އޮންލައިން ނޫހަކީ ޑިޕާޓްމަންޓް އޮފް އިންފޮމޭޝަންގައި 03 އޭޕްރީލް 2011 ރަޖިސްޓްރީ ކޮށްފައިވައިވާ ނޫހެކެވެ. ކޮންމެ ދުވަހަކު 1 ފަހަރު އަޕްޑޭޓް ކުރަމުންދާ މި އޮންލައިން ނޫސް ރަޖިސްޓްރީ ކުރުމުގެ ކުރިންވެސް ވަނީ ވެބްސައިޓްއެއްގެ ސިފައިގައި 2 އަހަރު ވަންދެން ކުރިއަށް ގެންގޮސްފައެވެ.

ދިއިސްލާމް މަޖައްލާ:

ދިއިސްލާމް މަޖައްލާއަކީ ޑިޕާޓްމަންޓް އޮފް އިންފޮމޭޝަންގައި 03 އޭޕްރީލް 2011 ރަޖިސްޓްރީ ކޮށްފައިވައިވާ މަޖައްލާއެކެވެ. މިމަޖައްލާ އަކީ މަހަކު 1 ފަހަރު ޕްރިންޓް ކޮށްގެން ނެރުމަށް ރަޖިސްޓްރީ ކޮށްފައިވާ މަޖައްލާއެކެވެ. މިހާތަނަށް ދިއިސްލާމް މަޖައްލާގެ 30 ޢަދަދަށްވުރެ ގިނައިން ވަނީ ޝާއިއުކޮށްފައެވެ. މިމަޖައްލާ އަކީ ޕްރިންޓްކޮށްގެން ނެރޭ މަޖައްލާއަކަށްވިޔަސް މިމަޖައްލާ އޮންލައިންކޮށް ކިޔާލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

ދިއިސްލާމް ގެ މިޝަން:

ދިއިސްލާމް އޮންލައިން ނޫހާއި ދިއިސްލާމް މަޖައްލާ އަކީ ޚަބަރާއި މައުލޫމާތު ފޯރުކޮށްދޭ މީޑީއާ އަކަށްވީނަމަވެސް ދިއިސްލާމް ގެ ބޭނުމަކީ ހުރިހާ ދާއިރާއަކުން ހޭލުންތެރިކަން އިތުރު ކުރުމެވެ. އެގޮތުން އިޖްތިމާއީ ހަރަކާތްތަކުގެ ތެރެއިން ގިނަ ބަޔަކަށް ޚިދުމަތްތަކެއް ކޮށްދިނުމެވެ.

ދިއިސްލާމް ގެ ބައެއް ހަރަކާތްތައް:

ދިއިސްލާމް އަކީ މީޑިއާއެއް ކަމުގައިވިޔަސް ދިއިސްލާމް އިން ވަނީ އިޖްތިމާއީ އެކި ހަރަކާތްތައް ހިންގުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވެފައެވެ. އެގޮތުން މަދަހަ ޢަލަބަމް އަދި ދަރުސް ބޭއްވުމުގައި މީޑިއާ ޕާރޓްނަރެއްގެ ގޮތުގައި ވަނީ ހަރަކާތްތެރިވެފައެވެ. އަދި އިސްލާމިކް މިނިސްޓްރީ އާއި ގުޅިގެން ޒަކާތު ފަންޑަށް ފައިސާ ހޯދުމަށް މީޑިއާ ފަރާތްތަކާއި ގުޅިގެން ބޭއްވި ޓެލެތޯން ގައި ދިއިސްލާމް އިން ވަނީ ބައިވެރިވެ އިސްލާމިކް މިނިސްޓްރީއަށް ވަރަށް ބޮޑު އެހީތެރިކަމެއް ދީފައެވެ. އަދި މީގެ އިތުރުން ރޭޑިއޯ އެޓޯލް މެދުވެރިކޮށް ރޭޑިއޯ ޕްރޮގްރާމް ހެދުމާއި ޓީވީއެމް އާއި ގުޅިގެން ރޯދަމަހަށް ހާއްސަކޮށް ހެދި “ބިންގާ” ޕްރޮގްރާމް ވަނީ ކާމިޔާބު ކަމާއި އެކު ކުރިއަށް ގެންގޮސްފައެވެ.

ދިއިސްލާމް އިން ކުރިއަށް ގެންދިޔަ އެންމެ ބޮޑު ހަރަކާތަކީ އިސްލާމިކް މިނިސްޓްރީއިން ނެރުމަށް ނިންމި މަޖައްލާ “ހިދާޔަތުގެ އަލި” ނެރުމުގެ ބޮޑު މަސްޢޫލިއްޔަތާއި ހަވާލުވުމެވެ. “ހިދާޔަތު އަލި” މަޖައްލާއަކީ މަހަކު އެއްފަހަރު އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ނެރެމުން އަންނަ މަޖައްލާއެކެވެ.

ދިއިސްލާމް ޕްރިންޓް އަދި އެހެނިހެން ޚިދުމަތްތައް:

އިޖްތިމާއީ ހަރަކާތްތައް ހިންގުމުގައި އެންމެ ބޮޑު ގޮންޖެހުމަކީ ވިޔަފާރި އުސޫލުން ކުރިމަތިވާ ގޮންޖެހުންތަކެވެ. އެހެންކަމުން އެގޮންޖެހުންތަކާއި ކުރިމަތިލުމަށް ދިއިސްލާމް އިން ވަނީ ޕްރިންޓު ކުރުމުގެ ދާއިރާއަށް ވަދެފައެވެ. ޢިލްމީ ފޮތްތަކާއި މަޖައްލާ އަމިއްލައަށް ޕްރިންޓްކޮށް ނެރުމުގެ މަސައްކަތަކީ އަގުގެ ގޮތުން އަތްފޯރާފަށަށް ގެނައުމަށް ކުރެވޭ މަސައްކަތެކެވެ. މީގެ އިތުރުން ސީޑީ ހެދައިދިނުމާއި ޑިޒައިންގެ މަސައްކަތް ހިމެނެއެވެ. ފޮތް ޑިޒައިން ކޮށްދިނުމާއި ވެބްސައިޓް ހެދުމާއި ޕޯސްޓަރ ޑިޒައިން ކުރުމުގެ ދާއިރާގައި ދިއިސްލާމް އިން ވަނީ މަސައްކަތް ފަށާފައެވެ.

ޝުކުރު:

“ދިއިސްލާމް” މިނަމުގެ ފަހަތުގައި އެތައް ބަޔެއްގެ ބުރަ މަސައްކަތް ހިމެނެއެވެ. އެންމެ މުހިންމު ރޯލެއް އަދާކުރަނީ ދިއިސްލާމް އޮންލައިން ނޫހާއި ދިއިސްލާމް މަޖައްލާގެ ކިޔުންތެރިންނާއި ލިޔުންތެރިންނެވެ. މިހާހިސާބަށް ދިއިސްލާމް ގެނައުމުގައި އަމަލީ ގޮތުން އެތައް ބަޔެއްގެ އެހީތެރިކަން ލިބިފައިވެއެވެ. އަދި ދިއިސްލާމް ގެ މުއައްޒަފުންނާއި ހިލޭ ސާބަހަށް ދިއިސްލާމްއަށް ލިޔުއްވާ ފަރާތްތައް ޝުކުރުވެރިކަމާއި އެކު ފާހަގަ ކުރަމެވެ.

އެއްވެސް ކަމަކާ ގުޅިގެން ދިއިސްލާމްއަށް ގުޅައި ވާހަކަ ދައްކަން ބޭނުންވާނަމަ ދިއިސްލާމް މަރުހަބާ ކިޔާނެ އެވެ. ތިޔަފަރާތުގެ ވާހަކަ އަޅުގަނޑުމެންނާއި އަބަދުވެސް އަޑު އަހަން ބޭނުންވެ އެވެ. ފޯނާއި އީމެއިލް އަދި ފެކްސްގެ ޒަރީއާއިން ވެސް އަޅުގަނޑުމެންނާއި ހިއްސާ ކުރެވޭނެ އެވެ.

ދިއިސްލާމް އޮފީސް: މ.މެދުގިރި، އިރަމާމަގު، މާލެ

ފޯނު: 3007527
ފެކްސް: 3007527
ހޮޓްލައިން: 9915252

އީމެއިލް

އިތުރު މައުލޫމާތު ސާފު ކުރުމަށް: info@dhiislam.com

އިތުރު އީމެއިލް

ޚަބަރު ފޮނުއްވުމަށް: news@dhiislam.com

އިޝްތިހާރު ކުރެއްވުމަށް: marketing@dhiislam.com

 ސޯޝަލް މީޑިއާގައި ދިއިސްލާމް:

ދިއިސްލާމް ފޭސްބުކްޕޭޖް

ދިއިސްލާމް ޓްވިޓާރ

ދިއިސްލާމް ޔޫޓިއުބް