‘ލޯބިވީ މީހަކާ އެކު…’ ގެ ނަމުގައި ވަރަށް ހާއްސަ ދަރުސްއެއް ބާއްވަނީ

ޙާއްސަ ދަރުސް: ލޯބިވީ މީހަކާ އެކު...

 

‘ލޯބިވީ މީހަކާ އެކު…’ ގެ ނަމުގައި ވަރަށް ހާއްސަ ދަރުސްއެއް ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

12 ފެބްރުއަރީ 2010 ވަނަ ދުވަހުގެ ރޭ 20.45 ގައި އާޓިފިޝަލް ބީޗްގައި ބާއްވާ މިދަރުސްގައި ތަގުރީރް ކުރައްވާނީ ޝެއިހް ފަރީދުކަމަށް އިސްލާމިކް ފައުންޑޭޝަންގެ ފަރާތުން އަލީ ސައީދު ދިއިސްލާމްއަށް ހާމަކުރެއްވިއެވެ. ތަފާތު މައުޟޫއަކަށް ގެނެސްދޭ މިދަރުސް އިޝްތިހާރު ކުރުމުގެ މަސައްކަތް އިސްލާމިކް ފައުންޑޭޝަންގެ ފަރާތުންދަނީ ކުރަމުންނެވެ. އެގޮތުން ޓީވީއެމްއިން އިޝްތިހާރު ދެއްކުމާއި ބެނާތަކާއި ޕޯސްޓަރުތައް ހަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ދިއިސްލާމްއަށްވަނީ ހަބަރު ލިބިފައެވެ.

އިސްލާމިކް ފައުންޑޭޝަންގެ ފަރާތުން ފަހަކަށް އައިސް ބާއްވަމުން އަންނަ ދަރުސް ތަކަކީ ގިނަ ބަޔެއްގެ ތަރުހީބު ލިބިފައިވާ ދަރުސްތަކެކެވެ.  އޭގެ ތެރޭގައި ‘ބޮޑުވެގެންވާ އިންޒާރު’ ދަރުސް އަކީ ފާހަގަ ކޮށްލެވޭ ދަރުސްއެކެވެ.

‘ލޯބިވީ މީހަކާ އެކު…’ މިދަރުސްގެ އިޝްތިހާރު ދަރުސްލައިވްގައި މިހާރު ވަނީ އާންމުކޮށްފައެވެ.

ކޮމެންޓް ލިބިފައި ވޭ “‘ލޯބިވީ މީހަކާ އެކު…’ ގެ ނަމުގައި ވަރަށް ހާއްސަ ދަރުސްއެއް ބާއްވަނީ”

  1. މުހައްމަދު MALDIVES says:

    ސަލާމްއަލައިކުމް!
    މި ސައިޓް އަކުން ލޯބިވި މީހާއެކު ގެ ދަރުސް އެއް ދައުންލޯޑް ކުރެވޭކަށް ނެއް….މިދަރުސް ލިބޭނެ ގޮތެއް ނެއްތަ؟

  2. ahmed MALDIVES says:

    މި ސައިޓް އަކުން ލޯބިވި މީހާއެކު ގެ ދަރުސް އެއް ދައުންލޯޑް ކުރެވޭކަށް ނެއް….މިދަރުސް ލިބޭނެ ގޮތެއް ނެއްތަ؟

މިލިޔުމަށް ޚިޔާލު ފާޅުކުރަށްވާ

webDesign by: Hisaan.net