އުސާމާ ބިން ލާދިންއަށްފަހު އަލްޤައިދާގެ ބިރު ކުޑައެއް ނުވޭ : ޕަނެޓާ

“އަލްޤައިދާގެ ލީޑަރު އުސާމާ ބިން ލާދިން މަރާލާފައި ވިޔަސް އެ ޖަމާއަތަކީ އެމެރިކާއަށް އަދިވެސް ވަރަށް ބޮޑު ބިރެއް” ކަމަށާއި އެބިރު ކެނޑިގެން ނުދާކަމުގައި ދުނިޔޭގައި އޮތް އެންމެ ބޮޑު ޓެރަރިސްޓް ޤައުމުގެ ދިފާޢީ ވަޒީރު ލިއޯން ޕަނެޓާ ބުނެފިއެވެ.

ސީބީއެސް ނިއުސް އަށް ދެއްވި ބަސްދީގަތުމެއްގެ ބައެއް ބައިތައް މިހާރު އާންމުކޮށްފައިވާއިރު އޭނާ ވަނީ އަލްޤައިދާގެ ބާރު މުޅި ދުނިޔެއިން ނައްތާލަން އެމެރިކާއިން ގެންގުޅޭ ވިސްނުމާ ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ. އޭނާ ބުނެފައިވާ ގޮތުގައި އަލްޤައިދާ ކޮންމެ ތަނަކަށް ދަތުރުކުރި ނަމަވެސް، އެޖަމާޢަތުގެ ފަހަތުން އެމެރިކާއަށް ދިއުމަށް މަޖްބޫރުވެފައިވާ ކަމަށެވެ.

ޕަނެޓާ ހާމަކުރިގޮތުގައި ޕާކިސްތާނާއި ޔަމަނާއި ސޯމާލިއާ އަދި އުތުރު އެފްރިކާގައި ވެސް އަލްޤައިދާ އާއި ދެކޮޅަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި އަފްޣާނިސްތާނުގައި އަލްޤައިދާ ހަރަކާތްތެރިވާނަމަ އެ ތަނުގައި ވެސް އަލްޤައިދާއާ ދެކޮޅު ހަރަކާތްތައް ކުރިއަށް ދާނެ ކަމަށް ޕަނެޓާ ބުނެފައިވެއެވެ.

އެމެރިކާ ސިފައިން އަލްގާއިދާ ބަލިކޮށްފިތޯ ސުވާލުކުރުމުން ޕަނެޓާ ބުނެފައިވަނީ އަދި ބަލިނުކުރެވޭ ކަމަށެވެ. ނަމަވެސް ޕަނެޓާ ބުނިގޮތުގައި އެމެރިކާއިން މިހާރު އަލްޤައިދާގެ ލީޑަޝިޕް ނިކަމެތި ކޮށްލާފައިވާ ކަމަށެވެ.

އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް ސެޕްޓެމްބަރު ،11 2001 ގައި ދިން ހަމަލާއަށް ފަހު އެމެރިކާއިން ހާމަކޮށްފައިވާގޮތުގައި އެމީހުންވަނީ އަލްޤައިދާގެ އެންމެ އިސް 10 ވެރިންގެ ތެރެއިން ނުވަ މީހަކު މަރާލާފައެވެ. މިހާރު ބާކީ ހުރީ މިހާރުގެ ލީޑަރު އައިމާން އަލް ޒަވާހިރީއެވެ.

  1. އަމަތުއްލާއަލ MALDIVES Google Chrome Windows says:

    އިސްލާމްދީނުގެ އަދާވަތް ތެރިން ބިރުގެންނެވުމުގައި ﷲއައްޓަކައި އަލްގައިދާ ކުރައްވަމުން ގެންދާ ބުރަމިންނެއް ޖިހާދައް ﷲ ނަސްރު ދެއްވައިފިކަން އިސްލާމް ދީނުގެ އަދާވަތްތެރިން ވެސްމިހާރު ގަބޫލުކޮށްފިތާ

  2. ފާހަގަ MALDIVES Google Chrome Windows says:

    އަލްޤައިދާ ގެ މުޖާހިދުން ހަނގުރާމަ ކުރަމުން ދިޔައީކީ އަދި މިހާރުވެސް ހަނގުރާމަ ކުރަމުން ދަނިކީ އުސާމާ ބިން ލާދިން އަށްޓަކައެއް ނޫން. ﷲ އަށްޓަކާ. ޝަހީދުވެ ނިމި ދަންދެން އެމީހުން ކުރާ ހަނގުރާމަ ކުރިޔަށް ދާނެ.

މިލިޔުމަށް ޚިޔާލު ފާޅުކުރަށްވާ

އިސްތިހާރު ކުރައްވާ!
webDesign by: Hisaan.net