ކުއްލި ޚަބަރު: މުޒާހަރާ ކަވަރ ކުރަމުން ދިޔަ ދިއިސްލާމްގެ ފޮޓޯގްރަފާރ ހައްޔަރުކޮށްފި

ދިއިސްލާމްގެ ޖާނަލިސްޓް އިބްރާހިމް އަޝްވާގު ވައްޓާލައިގެން ފުލުހުން ހައްޔަރު ކުރަނީ. ފުލުހުން ބުނެފައިވަނީ އޭނާ ހައްޔަރު ކުރީ ނޫންކަމަށް. ފޮޓޯ ސަން
ދިއިސްލާމް ފޮޓޯގްރާފާރ ހައްޔަރު ކުރި ސަބަބު އެކި ފުލުހުން އެކި ގޮތަށް ބުނެފައިވާކަމަށް އަޝްވާގު ހާމަ ކުރެއެވެ. އެހެނަސް ފުލުހުން ދިއިސްލާމްގެ ރިޕޯޓަރުން ހެޑްކުއާރޓާރސްއަށް ދިއުމުން ބުނެފައިވަނީ އޭނާ “ހައްޔަރު” ނުކުރާކަމަށާއި ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓީކަމަށެވެ. އަދި ދިއިސްލާމްގެ ރިޕޯޓަރުން އެސަރަހައްދުން ދިއުމަށް ފުލުހުންވަނީ އަންގާފަ އެވެ.
އޭނާ ހާމަކޮށްފައިވާ ގޮތުގައި އޭނާއަށް “އަނިޔާކޮށްފައިވާކަމަށާއި ފުރަތަމަ ކެމެރާ އަތުލަން މަސައްކަތް ކުރި ކަމަށާއި ފަހުން ހައްޔަރުކޮށް ކެމެރާ ވެސް އަތުލީ” އެވެ. އަދި މީގެ އިތުރުން ވެހިކަލްއަށް އަރުވަމުން މޫނުމަތީގައިވެސް ޖަހާ ބަނޑުގައިވެސް ޖެހިކަމަށް އަޝްވާގު ބުނެ އެވެ. ފުލުހުން ހައްޔަރު ކުރަން އުޅުމުން ކާޑު ދެއްކުމުންވެސް އެކަމަށް އަޅާނުލިކަމަށާއި ބޮޑަށް ބެލެވެނީ ހައްޔަރު ކުރީ ‘ފޮޓޯ ނަގާތީ’ކަމަށް ދިއިސްލާމްގެ ފޮޓޯގްރާފާރ އަޝްވާގު ބުނެ އެވެ.
އަޝްވާގު ހައްޔަރު ކޮށް ވެހިކަލްގައި ޕޮލިސް ހެޑްކުއާރޓާރސްއަށް ގެންގޮސް މާގިނައިރުތަކެއްނުވެ ވަނީ ދޫކޮށްލާފައެވެ. ދޫކޮށްލިއިރު އޭނާއަށް ވަނީ އަނިޔާވެފައެވެ.
——————-
1.40 ދަންވަރު
ދާދި ދެންމެއަކު ދިއިސްލާމްގެ ފޮޓޯގްރާފާރ ދޫކޮށްލައިފި އެވެ.
01.15 ދަންވަރު
ފުލުހުން ބުނެފައިވަނީ އޭނާ “ހައްޔަރު” ނުކުރާކަމަށާއި ބެލުމުގެ ދަށުގައި ބެހެއްޓީކަމަށެވެ. އަދި ދިއިސްލާމްގެ ރިޕޯޓަރުން އެސަރަހައްދުން ދިއުމަށް ފުލުހުންވަނީ އަންގާފަ އެވެ.
01.14 ދަންވަރު
ދިއިސްލާމް ރިޕޯޓަރުން ފުލުހުންގެ މައި މަރުކަޒަށް ގޮސް އަޝްވާގުގެ ހާލު ބެލުމަށް އެދުމުން އެކަމަށް އެމީހުން ވަނީ އިންކާރު ކޮށްފައެވެ. ދިޓީވީއިން އަޝްވާގު ހައްޔަރު ކުރި މަންޒަރު ދައްކަމުން އެބަދެ އެވެ. ދުވަހު ނޫސް ސަން ގައި ޝާއިއުކޮށްފައިވަނީ؛ “ވާހަކަ އެއް ދައްކާލަން ގެންދިޔައީ ކަމަށް ފުލުހުން ބުނެ ގެންދިޔަ، ދި އިސްލާމްގެ ނޫސްވެރިޔާ ދޫކޮށްލައިފި. އޭނާއާ ހަވާލާދީ ސަންގެ ނޫސްވެރިޔާ ބުނީ އޭނާ ވެހިކަލަށް އެރުވުމަށްފަހު އަނިޔާ ކުރި ކަމަށާއި މޫނުމަތީގަ އާއި ބަނޑުގައި ވެސް ޖެހި ކަމަށް ވެސް ބުނޭ. މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބޭ.” ކަމަށެވެ.
01.12 ދަންވަރު
އަޝްވާގު ހައްޔަރުކޮށް ވެހިކަލަށް ލީތަން ދިއިސްލާމްގެ އެހެން ރިޕޯޓަރަކު ވަނީ ކަށަވަރު ކޮށްދީފަ އެވެ. ރިޕޯޓަރު ހާމަކުރާ ގޮތުގައި އަޝްވާގު ވެހިކަލަށްލީ ވަރަށް އަނިޔާވެރިކޮށްކަމަށާއި ފުލުހުން އަޝްވާގުގެ ކެމެރާ އަތުލަން މަސައްކަތް ކުރިއެވެ. އަދި ވެހިކަލް އެސަރަހައްދުން ނައްޓާލާފައިވާކަމަށާއި ގެންދިޔައީ ކޮންތާކަށްކަން އަދި ނޭނގޭ ކަމަށްވެސް ދިއިސްލާމްގެ ރިޕޯޓާރ ހާމަކުރެއެވެ.
ދިއިސްލާމްއަށް ޚަބަރު ލިބިފައިވާ ގޮތުގައި ފުލުހުން އޭނާ ހައްޔަރުކޮށްފައިމިވަނީ އޭނާ އަތުގައި މީޑިޔާ ފާސްވެސް އޮއްވަ އެވެ. އަދި އޭނާ ހައްޔަރުކޮށްފައިވާކަމަށް ބެލެވެނީ އޭނާ އަތުގައި އޮތް ކެމެރާ ދޭން ބުނުމުން އެކަމާ އިންކާރު ކުރުމުންނެވެ. ޚަބަރު ލިބޭގޮތުގައި އިބްރާހީމް އަޝްވާޤް (ކުބޭ) އަށް ވަރަށް ބޮޑަށް އަނިޔާ ކޮށްފައިވެ އެވެ.
01.07 ދަންވަރު
މުޒާހަރާގެ 11 ވަނަ ރޭގެ ޙަރަކާތްތައް ކަވަރ ކުރުމުގައި ޙަރަކާތްތެރިވަމުން ދިޔަ ދިއިސްލާމްގެ ފޮޓޯގްރާފަރ އިބްރާހީމް އަޝްވާޤް (ކުބޭ) ހައްޔަރުކޮށްފި އެވެ.
ތަފްސީލް އަންނަނީ..

ކޮބާ ތަފާތަކީ…ބެލެހެއްޓުމުގެ ދަށަށް ގެންދިޔުމާ ހައްޔަރު ކުރުމާ….؟ ދެން ބިޑި އެޅުވީމަ ހައްޔަރުވީ؟؟..މީހެއްގެ ހައްޤުތައް ގެއްލގޮތައް ތާކައް ނުދެވެގޮތައް..ހިފެހެއްޓުންވެސް އެއީ ހައްޔަރުކުރުން…މިސާލަކައް މީހަކު ފެންބޯއިރުގަ މަތިން އޮއްސައިގެން ފެން ބުޔަސް..ތަށިން ފެންބުޔަސް ދާނީ ހަމަ ބަނޑަށް ދޯ…..’ ހަމަ ހާއިރާންވޭ….!!
ޑިމޮކުރެޓިކުގެ މިނިވަންކަމާ ފުރިހަމަކަން ދޮންވެ ފަށްކާވަމުން ދިވެހިންނައް އޭގެއަސަރު ތިޔަހަރަ އަންނަނީ ލިބެމުންތާއެވެ.