ޑިޖިޓަލް އެޑިއުކޭޝަން ސެންޓަރ – އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ޒަމާނީ ތަޢުލީމުދޭ އާ މަރުކަޒެއް

އީޑީސީގެ އިޝްތިހާރެއް

ޑިޖިޓަލް އެޑިއުކޭޝަން ސެންޓަރ (ޑީ.އީ.ސީ)ގެ ނަމުގައި އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ޒަމާނީ ތައުލީމު ދޭ އާމަރުކަޒެއް މާލޭގައި ހުޅުވިއްޖެއެވެ.

ޑިޕާޓްމަންޓް އޮފް ހަޔަރއެޑިއުކޭޝަންގައި ރަޖިސްޓްރީކޮށްގެން ހިންގާ މިމަރުކަޒުގައި ކީރިތި ޤުރްއާނާއި ޢަރަބި ބަހާއި އިނގިރޭސި ބަހުގެ އިތުރުން ކޮމްޕިއުޓަރ ތަފާތު ކޯސްތައް ހިންގާކަމަށް އެސެންޓަރުން މަޢުލޫމާތު ދީފައިވެއެވެ. ޑިޖިޓަލް އެޑިއުކޭޝަން ސެންޓަރ (ޑީ.އީ.ސީ) އަކީ ސްކޫލުކުދިންނަށާއި ބޮޑެތިމީހުންނަށް އަމާޒުކޮށްގެން ދެބައިމީހުންނަށް ތަފާތު ގޮތަކަށް ކޯސްތައް ބައްޓަންކޮށްގެން ކުރިއަށް ގެންދާ ސެންޓަރެކެވެ. ޑީ.އީ.ސީއަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފެންވަރު ރަނގަޅު ޓީޗަރުންގެ އިރުޝާދުގެ ދަށުން ދީނީ އުސޫލުތަކާއި، އިސްލާމީ ސަޤާފަތަށް ފެތޭ މިންގަނޑުތަކަށް ކޯސްތައް ހިންގާ މަރުކަޒެކެވެ. އެއަރ ކޮންޑިޝަން ކުރެވިފައިވާ ކްލާސްރޫމްތަކުގައި ކުދިންނަށް ޚާއްސަ ސަމާލުކަމެއް ދިނުމުގެ ގޮތުން ކްލާހެއްގައި ބާރަ ކުދިން ހިމަނައިގެން ކުރިއަށްގެންދާއިރު ކޮންމެ ކުއްޖަކަށް ކޮމްޕިއުޓަރެއް ޚާއްސަކުރެވި އިންޓަރނެޓްގެ ޚިދުމަތްވެސް ވަރަށް އަވަހަށް ލިބިދެވޭނޭކަމަށް އެސެންޓަރުން މަޢުލޫމާތު ދީފައިވެއެވެ.

ޑީ.އީ.ސީ އިން ސްކޫލްކުދިންނަށް ޚާއްސަކޮށްގެން ހިންގާ ޢަރަބި ކްލާސްތަކުގައި ކިޔަވައިދޭނީ ޢަރަބިއްޔާ ސްކޫލުގެ މުޤައްރަރަށެވެ. ޢަރަބިއްޔާގެ މުޤައްރަރަށް ކިޔަވައިދިނުމުގެ ބޭނުމަކީ ޢަރަބިއްޔާ ސްކޫލަށް ވަންނަން ފުރުޞަތު ނުލިބި، ކުރިއަށް އޮތްއަހަރު އެސްކޫލަށް ވަނުމުގެ އިންތިޒާރުގައި ތިބި ގިނަޢަދަދެއްގެ ކުދިންނަށް ޢަރަބި ބަސް އުނގެނި ދަސްކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމެވެ.  ޑީ.އީ.ސީ އިން ބޮޑެތި މީހުންނަށް ހިންގާ ޢަރަބި ކްލާސްތަކުގައި ކިޔަވައިދެނީ މަދީނާ ޔުނިވަރސިޓީގައި ބިދޭސީ ދަރިވަރުންނަށް ޢަރަބި ދަސްކުރުމަށް ފުރަތަމަ ދެއަހަރުގައި ކިޔަވައި ދިނުމަށް ބޭނުންކުރާ ފޮތްބައިންކަމަށްވެސް މަޢުލޫމާތު ދީފައިވެއެވެ.

މިއަހަރުގެ ދިރާސީ އަހަރާއިއެކު ހުޅުވުނު މިމަރުކަޒުގައި ބައިވެރިވުމުގެ ފުޞަތު މިހާރުވަނީ ޢާއްމުކޮށް ހުޅުވާލާފައެވެ. ގ. ފިނިކަނޑު، ލައިނޫފަރުމަގުގައި ހުންނަ ޑީ.އީ.ސީގެ އޮފީހުން މިހާރު އެޕްލިކޭޝަން ފޯމު ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ޑީ.އީ.ސީގެ ހޮޓްލައިން 7891212 އިން ލިބި ވަޑައިގަންނަވާނެއެވެ.

  1. ތޮލާލު MALDIVES Google Chrome Windows says:

    “އިސްލާމީ އުސޫލްތަކާއި އެއްގޮތަށް” މިކަންް ނިންްމަނީ ކޮންފަރާތަކުންބާއޭ ހިތައްއަރާ! އޭރުންތާ އަހަރަމެން މިހާރު ހުޅުވަން އުލޭ ޓިއުޝަން ސެންޓަރުގައިވެސް އެހެން އެއްޗެހީގައި ޖަހާހެން ހަލާލް ބުރޭންްޑު ޖެހޭނީ…..

  2. އަޙްމަދު ޝިހާމް Mozilla Firefox Windows says:

    ތިބާއަށް މިއުޅެވެނީ އިސްލާމީ އުސޫލުތަކާއި އެއްގޮތައްކަން ނުވަތަ ނޫންކަން އަމިއްލައަށް ދެނެގަންނަން ނޭގޭމީހުންވެސް މި އިސްލާމީ ޤައުމުގައި އުޅޭކަމީ އަޅުގަނޑު ހިތާމަކުރާ ކަމެއް. ނުވިތާކަށް މިފަދަ ބޭފުޅުން ކަމެއްކުރަން އުޅޭއިރު ހެވާއި ނުބައި ދެނެގަންނާނީ ކޮން ގޮތަކުންބާއޭ ހިތައްއަރާ.! މި މުޖުތަމަޢުއަށް ވަރަށް ބޭނުންތެރި ސެންޓަރެއްކަމަށް އަޅުގަނޑަށްފެނޭ.. ހެޔޮގޮތުގައި ކުރެވޭ އިޙްލާސްތެރި މަސައްކަތުގައި ﷲ ބަރަކާތްލައްވާށި… އަޅުގަނޑުމެންގެ ތެރޭގައި ހެވާއި ނުބައި ދެނެގަތުމުގެ ޤާބިލުކަން ލިބިފައި ނުވާ މީހުންނަށް ތެދުމަގު ދައްކަވާށި…

މިލިޔުމަށް ޚިޔާލު ފާޅުކުރަށްވާ

އިސްތިހާރު ކުރައްވާ!
webDesign by: Hisaan.net