
އަފްގާނިސްތާނުގައި ހަރަކާތްތެރިވަމުންދާ ނޭޓޯއިން ކުރިޔަށް ގެންދިޔަ ސްޓަޑީތަކަކުން، އެމެރިކާ ނުވަތަ ނޭޓޯގެ ސިފައިން ދޭ ހަމަލާއެއްގައި އާންމުން މަރުވާ ކޮންމެފަހަރަކު އޭގެ ބަދަލުގައި ހަނގުރާމަވެރިންގެ ފަރާތުން 6 ހަމަލާ އަންނަކަމަށް ދައްކައިފިއެވެ. އަދި ކޮންމެ ހަމަލާއެއްގެ ބަދަލު ހިފުމަށް ދޭ ހަމަލާތައް އިތުރު 6 ހަފްތާގައިވެސް ކުރިޔަށް ދާކަމަށް މި ސްޓަޑީއިން ވަނީ ހާމަވެގެން ގޮސްފައެވެ. ހަނގުރާމައިގާ މަރުވާ އާންމުންގެ މީހުންނާ، ތާލިބާނުން ދޭ ހަމަލާތަކާ މިފަދަ ގުޅުމެއް ވާކަމަށް ބެލެވޭ އެންމެބޮޑު އެއް ސަބަބކަށްވަނީ އެފަދަ [...]
August 3, 2010 | ޕޯސްޓްކުރެވިފައި ވަނީ
އަރަބިދުނިޔެ |
އިތުރު ތަފްސީލް »

އަފްޣާނިސްތާނުގައި ތިބި ހޮލެންޑްގެ ސިފައިން އެނބުރި ޤައުމަށް ހިނގައްޖެއެވެ. ނޭޓޯގެ ގުޅިފައިވާ ފައުޖުގައި ހިމެނޭ ހޮލެންޑްގެ ފައުޖްގައި ހިމެނޭ ސިފައިން އެނބުރި ގައުމަށް ގޮސްފައިވަނީ ހޮލެންޑްގެ ރައްޔިތުން ސަރުކާރަށް ކުރި ‘ޕްރެޝަރު’ގެ ސަބަބުންކަމަށް ހަބަރު ލިބެއެވެ. ހަބަރު ލިބޭގޮތުގައި މިނިންމުމަކީ ހޮލެންޑަށް އަލަށް އިންތިހާބުކުރެވުނު ސަރުކާރުން ނިންމި ނިންމުމެކެވެ. ކުރީގެ ސަރުކާރު ވެއްޓުމުގެ އެންމެ މުހިންމު ސަބަބުކަމުގައިވާ އަފްޢާނިސްތާނު ހަނގުރާމައިގައި ބައިވެރިނުވުމަށް އާ ސަރުކާރުން ނިންމީ ރައްޔިތުންގެ ރުހުން ހޯދަން ކަމަށް ހަބަރުތަކުން ބުނެއެވެ. ހޮލެންޑްގެ ފައުޖުގައި [...]
August 2, 2010 | ޕޯސްޓްކުރެވިފައި ވަނީ
އޭސިއާ |
އިތުރު ތަފްސީލް »

އަފްޣާނިސްތާނުން ފޭބުމަށް އެމެރިކާއާއި އިނގިރޭސިން އެންމެފަހުން އެއްބަސްވެއްޖެއެވެ. ‘ބިންލާދިން’ ހޯދުމަށްކަމަށްބުނެ އަފްޢާނިސްތާނުގެ ޤާނޫނީ ސަރުކާރު ވައްޓާލާ އެތައް އަހަރެއް ވަންދެން އިސްތިޢުމާރީން އަފްޢާނިސްތާނުގައި ހަރަކާތްތެރިވުމަށްފަހު “އަފްޣާނިސްތާނުން ފައިބަން ފަށާނެ” ކަމަށް ހާމަކޮށްފައިވަނީ އިނގިރޭސިންގެ ޕްރައިމް މިނިސްޓަރާއި އެމެރިކާގެ ރައީސް ބަރަކް އޮބާމާ ބައްދަލުކުރުމަށްފަހުގައެވެ. މިބައްދަލުވުމުގައި އޮބާމާ ވަނީ “އަންނަ އަހަރު އެމެރިކާގެ ލަޝްކަރުތައް އަފްޣާނިސްތާނުން ފައިބަން ފަށާނެ” ކަމަށް ވިދާޅުވެފައެވެ. އަދި “އިނގިރޭސިންގެ ލަޝްކަރުތައް ވެސް އަންނަ އަހަރު ފައިބަން ފަށާނެ ކަމަށް” ޕްރައިމް މިނިސްޓަރު ވަނީ [...]
August 1, 2010 | ޕޯސްޓްކުރެވިފައި ވަނީ
އޭސިއާ |
އިތުރު ތަފްސީލް »

ލިޔުނީ: ހުސެއިން ސާލިމް އަފްގާނިސްތާނުގެ ހަމަނުޖެހުން ބޮޑު ދެކުނުގެ ސަރަހައްދުގައި އިއްޔެ ދެވުނު ދެ ހަމަލާއެއްގައި، މަރުވި އެމެރިކާގެ 3 މީހުންނާއެކު، ޖުލައި މަހަކީ 9 އަހަރުވެފައިވާ އަފްގާން ހަނގުރާމައިގާ އެމެރިކާއަށް އެންމެ ގެއްލުން ބޮޑު މަހަށް ވަނީ ވެފައެވެ. އިއްޔެގެ ހަމަލާގައި މަރުވި މީހުން ނިސްބަތްވާ ޤައުމު ނޭޓޯއިން ހާމު ކޮށްފައި ނުވިނަމަވެސް އެމެރިކާގެ އޮފިޝަލަކު ހާމަކޮށްފައިވަނީ، އިއްޔެ މަރުވެފައިވާ 3 މީހުންނަކީވެސް އެޤައުމަށް ނިސްބަތްވާ 3 މީހުން ކަމަށެވެ. އެމެރިކާއާއި، ނޭޓޯގެ ކޮމާންޑަރުން މިހާރު [...]
July 30, 2010 | ޕޯސްޓްކުރެވިފައި ވަނީ
އަރަބިދުނިޔެ |
އިތުރު ތަފްސީލް »

ނޭޓޯސިފައިން އަފްޣާނިސްތާނުގެ ޢާއްމުންގެ 50 މީހުން ޝަހީދުކޮށްލައިފިއެވެ. އަފްޢާނިސްތާނުގައި ގުޅިފައިވާ ނޭޓޯ ސިފައިން މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި ދިން މިހަމަލާއަކީ ‘އޮޅިގެން’ ދެވުނު ހަމަލާއެއްކަމަށް އެމީހުންވަނީ ފަހުން ބުނެފައެވެ. މިހަމަލާ ދިނީ އަފްޢާނިސްތާނުގެ މުޖާހިދުންނަށް ކަމަށް ނެޓޯ ސިފައިން ބުނިނަމަވެސް ހަމަލާދިން ފަހުން އެއީ އާންމުންކަން ވަނީ ކަށަވަރުކުރެވިފައެވެ. މިހަމަލާއަށް ފަހު ގިނަ ބަޔަކު ވަނީ ބިދޭސީ ސިފައިންނާއި މެދު ނުރުހުން ފާޅުކޮށްފައެވެ. ޖުމްލަ 50 މީހުން މިހަމަލާގައި ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް [...]
July 28, 2010 | ޕޯސްޓްކުރެވިފައި ވަނީ
އޭސިއާ |
އިތުރު ތަފްސީލް »

އަފްޣާނިސްތާނުގައި ބޮޑު މަހާސިންތާއެއް ފެށުމަށް ތައްޔާރުވަމުން އެބަދެއެވެ. މީޑީއާގެ ހަބަރުތައް ބުނާގޮތުގައި މިބައްދަލުވުމަކީ ” އަފްޣާނިސްތާނުގެ ޤައުމީ ތަރައްޤީއާއި، އެޤައުމުގެ ސަލާމަތީބާރުތަކުން ޤައުމާއި ޙާވާލުވުމާއި، ޠާލިބާނުން މަދަނީ ދިރިއުޅުމަށް ގެނެވިދާނެ ގޮތްތަކާއިމެދު ގޮތެއްނިންމުމަށް.” ބައްވާ ބައްދަލުވުމެކެވެ. މިބޮޑު ބައްދަލުވުމުގައި 57 ޤައުމުގެ މަންދޫބުންނާއި 11 ސަރަޙައްދީ ޤައުމު ތަކުގެ އިތުރުން މިޖަލްސާގައި ބައިނަލްއަޤުވާމީ ޖަމާއަތްތަށްވެސް ބައިވެރިވެއެވެ. އަފްޢާނިސްތާނުގައި ބައިނަލް އަޤްވާމީ ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވަމުން ދާއިރު އަފްޢާނިސްތާނުގެ މަޝްރަހު ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ.
July 27, 2010 | ޕޯސްޓްކުރެވިފައި ވަނީ
އޭސިއާ |
އިތުރު ތަފްސީލް »

އަފްޣާނިސްތާނުގައި މިދިޔަ ހޮނިހިރު ދުވަހު އެމެރިކާސިފައިންގެ އެތައްބަޔަކު މަރާލައިފިއެވެ. ރަސްމީ ފަރާތްތަކުން ޚަބަރު ދިން ގޮތުގައި އަފްޣާނިސްތާނުގެ އެކި ހިސާބުތަކުގައި މުޖާހިދުން އިއްޔެ ދިން ޙަމަލާތަކުގައި މަރުވި އެމެރިކާސިފައިންގެ އަދަދަކީ 6 އެކެވެ. ނަމަވެސް މުޖާހިދުންގެ ބައެއް ވެބްސައިޓުތަކުން ހާމަކުރާ ގޮތުގައި އިއްޔެ މަރާލެވުނު އެމެރިކާ ސިފައިންގެ އަދަދު 15 އަށްވުރެ މަތިވާނެއެވެ. އިއްޔެގެ ހަމަލާތަކާއި ގުޅިގެން އެމެރިކާއިން ހާމަކުރާގޮތުގައި މިމަހުގެ މިހާތަނަށް މަރުވި އެމެރިކާސިފައިންގެ އަދަދަކީ 23 އެވެ. އަދި މިދިޔަ މަހު އަފްޣާނިސްތާނުގައި މަރުވި [...]
July 12, 2010 | ޕޯސްޓްކުރެވިފައި ވަނީ
އެމެރިކާ |
އިތުރު ތަފްސީލް »

އަފްގާނިސްތާނުގެ ހަމަނުޖެހުން ބޮޑު އުތުރާއި ދެކުނުގައި މިއަދު ހިނގައިދިޔަ ކުރިމަތިލުންތަކުގައި އެމެރިކާ ސިފައިންގެ 6 މީހަކު މަރުވެއްޖެއެވެ. އެމެރިކާ ސިފައިންގެ އިތުރުން މި ހަމަލާތަކުގައި އާންމުންގެ 12 ވަރަކަށް މީހުންވެސް މަރުވެފައި ވާކަމަށް ނޫސްތަކުން ހަބަރުދެއެވެ. ނޭޓޯއިން ހާމަކުރާ ގޮތުގައި އެމެރިކާ ސިފައިންގެ 4 މީހަކު އަފްގާނިސްތާނުގެ އުތުރުގެ އެކި ސަރަހަށްދުތަކުގައި މަރުވެފައި ވާއިރު އަނެއް ދެމީހުން މަރުވެފައި ވަނީ ދެކުނުގައި ހިނގާދިޔަ ދެ ބޮންގޮއްވާލުމުގެ ހާދިސާއެއްގައެވެ. މިއަދު މަރުވި 6 މީހުންނާއެކު، މި މަހު އެމެރިކާ [...]
July 10, 2010 | ޕޯސްޓްކުރެވިފައި ވަނީ
އޭސިއާ |
އިތުރު ތަފްސީލް »

އަފްޢާނިސްތާނުގައި އެމެރިކާގެ 4 ސިފައިން މަރާލާ އެތައް ސިފައިންނެއް ޒަހަމްވެއްޖެއެވެ. އަފްޢާނިސްތާނުގައި ހަރަކާތްތެރިވަމުންދާ އެމެރިކާ ސިފައިންގެ ތެރެއިން ފައުޖަކަށް ތާލިބާނުން ދިން ވަރުގަދަ ހަމާލައެއްގައި 4 މީހުން ޒަހަމްވިކަމުގައިވިޔަސް އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ. ފަހަކަށް އައިސް ތާލިބާނުންގެ ފަރާތުން އެމެރިކާނުންނަށް ލިބޭ ‘ކުއްލި’ ހަމަލާތަކުގައި އެމެރިކާއަށް ބޮޑެތި ގެއްލުން ތަކާއި ދަނީ ކުރިމަތިލާންޖެހިފައެވެ. މިދިޔަ ހުކުރު ދުވަހު އެމެރިކާއަށް ދިން މިހަމަލާއަކީ ގިނަ ބަޔަކު ޤަބޫލުކުރާގޮތުގައި ފަހަކަށް އައިސް އެމެރިކާގެ ސިފައިންނަށް ތާލިބާނުން ދިން އެންމެ [...]
June 27, 2010 | ޕޯސްޓްކުރެވިފައި ވަނީ
އޭސިއާ |
އިތުރު ތަފްސީލް »

އަފްޢާނިސްތާނުގައި އެހީދޭ ދެ ކްރިސްޓިއަން ޖަމާއަތް ސަސްޕެންޑް ކޮށްފިއެވެ. އަފްޢާނިސްތާނުގައި އެހީ ދިނުމުގެ ނަމުގައި ހަރަކާތްތެރިވާ ކްރިސްޓްއަން ޗާޖެއްގެ ދަށުން ހިންގާ މިދެ ޖަމާއަތް ސަސްޕެންޑް ކޮށްފައިވަނީ މުސްލިމުން ކްރިސްޓިއަން ދީނަށް ވެއްދުމަށް މަސައްކަތް ކުރާކަމުގެ ހެކިތައް ލިބިގެންކަމަށް ހަބަރު ލިބެއެވެ. އަދި އަފްޢާނިސްތާނަށް އެމެރިކާއިން އަރާ ހަނގުރާމަ ކުރަންފެށިފަހުން އެތައް ބަޔަކު ކްރިސްޓިއަން ދީނަށް އެހީ ދޭ ޖަމާއަތްތަކުގެ ނަމުގައި އުޅޭ މީހުންގެ އެހީގައި ވަދެފައިވާކަމަށްވަނީ ކަށަވަރު ކުރެވިފައެވެ. އެގޮތުން އަފްޢާން ޓީވީ ޗެނަލްއަކުން ޔޫރަޕް [...]
June 9, 2010 | ޕޯސްޓްކުރެވިފައި ވަނީ
އޭސިއާ |
އިތުރު ތަފްސީލް »