
ރިކްޓަރ މިންގަޑުން 7.4 ގެ ބާރުމިނުގައި ނިއުޒިލޭންޑަށް ބިންހެލުމެއް އަތުވެއްޖެއެވެ. ނިއުޒިލޭންޑުގެ 2 ވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާ ކްރިސްޓްޗާރޗަށް އައި މި ބިންހެލުމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށް ޚަބަރުތައް ބުނެއެވެ. އޭގެ ތެރޭގައި ބައެއް ޢިމާރާތްތައް ހަލާކުވުމާއި މަގުތައް ހަލާކުވުމާއި ގިނަ ހިސާބުތަކުން ކަރަންޓު ކަނޑައިގެން ދިއުން ހިމެނެއެވެ. މިހާތަނަށް މީހަކު މަރުވެފައިވާކަމުގެ ޚަބަރެއްލިބިފައެއްނުވެއެވެ. ނަމަވެސް ސަތޭކައަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާކަމަށާއި އޭގެތެރޭގައި ވަރަށް ނާޒުކުފައްތަރެއްގައިވާ 2 މީހުންހިމެނޭކަމަށް [...]
September 4, 2010 | ޕޯސްޓްކުރެވިފައި ވަނީ
ޔޫރަޕު |
އިތުރު ތަފްސީލް »

ސުމަޓްރާގެ ފަރުބަދައެއް 400 އަހަރަށް ފަހު ގޮވަން އުޅޭކަމުގެ ނިޝާންތައް ފެންނަން ފަށައިފިއެވެ. “މައުންޓް ސިނަބަންގ” ކިޔާ ފަރުބަދައިން އަޅިއާއި ދުން އަރަމުންގޮސް މިހާރު ދުންތައް އަރަމުންދާކަމަށް ހަބަރުތަކުން ބުނެއެވެ. ފަރުބަދަ ގޮވަން ތައްޔާރުވަމުންދާކަމުގެ ނިޝާންތައް ފެންނަމުންދާތީ އެހިސާބުގައި ދިރިއުޅޭ މީހުން އެހެން ހިސާބުތަކަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާކަމަށް ހަބަރުތަކުން ބުނެއެވެ. އިންޑޮނޭޝިޔާގެ ސުމަޓްރާގެ އުތުރު ސަރަހައްދެއްގައިވާ މިފަރުބަދައިން މިހާރު ދިޔާ އަލިފާންވެސް ފައިބަމުންދާކަމަށާއި ކޮންމެ ވަގުތަކުވެސް ގޮވާފާނެކަމަށް ކަމާއިބެހޭ ފަރާތްތަކުންދަނީ ބުނަމުންނެވެ. އިންޑޮނޭޝިޔާގެ ސުމަޓްރާއަކީ އާދަޔާ [...]
September 1, 2010 | ޕޯސްޓްކުރެވިފައި ވަނީ
އޭސިއާ |
އިތުރު ތަފްސީލް »

އީރާންއަށް ބިންހެލުމެއް އައިސް 4 މީހުން މަރުވެއްޖެއެވެ. އިރާންގެ ކަމާއި ބެހޭ ފަރާތްތަކުން ހަމަކުރައްވާ ގޮތުގައި އިރާން ބިންހެލުން އައިސްފައިވަނީ ރެކްޓާރ މިންގަނޑުން 5.8 ގެ ބާރުމިނުގައެވެ. މިބިންހެލުމަށްފަހުވެސް އިތުރުން ދެ ބިންހެލުމެއް އައިސްފައިވާކަމަށް އިރާންގެ ކަމާއި ބެހޭ ފަރާތްތަކުން ހާމަކުރެއެވެ. އޭގެ 21 މިނިޓް ފަހުން 5.2 އަކާއި 4.1 ގެ އާދައިގެ ބިންހެލުމެއް އައިސްފައިވާކަމަށް ހަބަރު ލިބެއެވެ. އިރާންއަށް ފަހުގެ ތާރީހުގައި އައިސްފައިވާ އެންމެ ނުރައްކާތެރި ބިންހެލުން އައިސްފައިވަނީ 2003 ވަނަ އަހަރުގައެވެ. 6.3 [...]
July 21, 2010 | ޕޯސްޓްކުރެވިފައި ވަނީ
އަރަބިދުނިޔެ |
އިތުރު ތަފްސީލް »

ޖަޕާނުގެ އުތުރަށް މިއަދު ވަރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. މިއަދު ހެނދުނުގެ ވަގުތެއްގައި އައި މިބިންހެލުމަކީ 6.3 ގެ ބާރު މިނުގައި އައި ބިންހެލުމެއް ކަމަށް ހަބަރުތަކުން ބުނެއެވެ. އެއްވެސް ގެއްލުމެއް ލިބިފައިވާކަމުގެ ރިޕޯޓް މިހާތަނަށް ލިބިފައިނުވާކަމަށް ޖަޕާނުގެ ކަމާއިބެހޭ ފަރާތްތަކާއި ހަވާލާދީ މީޑިއާތަކުން ބުނެއެވެ. ޖަޕާން އަކީ ދުނިޔޭގައި އެންމެ ގިނަ ބިންހެލުން އަންނަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. 1995 ވަނަ އަހަރު 7.2 ގެ ބާރު މިނުގައި އައި ބިންހެލުމެއްގައި 6400 މީހުން މަރުވެ [...]
July 5, 2010 | ޕޯސްޓްކުރެވިފައި ވަނީ
އޭސިއާ |
އިތުރު ތަފްސީލް »

އިންޑޮނޭޝިއާ އަށް 6.4 ގެ ބިންހެލުމަކާއި 7.0 ގެ އަދި 6.3 ގެ ބާރުގަދަ ތިން ބިންހެލުމެއް މިއަދު އަތުވެއްޖެއެވެ. މޫސުމާއި ބެހޭ އިދާރާއިން ހާމަކުރާގޮތުގައި ދެވަނަ ބިންހެލުން އައިސްފައިވަނީ 6.4 ގެ ބާރުގަދަ ބިންހެލުމެއް އައިތާ 10 މިނިޓް ފަހުން ކަމަށާއި އޭގެ މާގިނަ އިރުތަކަމެއް ނުވަނީސް 6.3 ގެ ބިންހެލުމެއް އައިސްފައިވާކަމަށެވެ. މިބިންހެލުން ތަކުގައި ދެމީހަކު މަރުވެފައިވާއިރު މަދުވެގެން 5 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ހަބަރު ލިބެއެވެ. 7.1 ގެ ބިންހެލުމުގައި ބައެއް [...]
June 16, 2010 | ޕޯސްޓްކުރެވިފައި ވަނީ
އޭސިއާ |
އިތުރު ތަފްސީލް »

ނިކޮބާ އަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކޮށްފިއެވެ. ރޭ ރާއްޖޭގަޑިން 12.26 ގައި ނިކޮބާ އައިލަންޑަށް 7.7 ގެ ބާރުމިނުގައި އައި މިބިންހެލުމުގެ ލޮޅުން އައިސްފައިވާކަމުގެ ރިޕޯޓް ލިބިފައިވަނީ މާލެއަށް އެކަނި ކަމަށް ހަބަރުލިބެއެވެ. ނިކޮބާ އައިލަންޑްއަށް އައި މިބާރު ގަދަ ބިންހެލުމުގައި އެއްވެސް އިމާރާތަކަށް ގެއްލުން ލިބިފައިވާކަމުގެ ރިޕޯޓް ނުލިބުނުމަވެސް ސުނާމީ ގެ އިންޒާރުވަނީ ކައިރި ގައުމުތަކަށް ކޮށްފައެވެ. ފަހުން މިއިންޒާރުވަނީ ކެންސަލް ކޮށްފައެވެ.
June 13, 2010 | ޕޯސްޓްކުރެވިފައި ވަނީ
ރާއްޖޭގެ ޚަބަރު |
އިތުރު ތަފްސީލް »

އިންޑޮނޭސިޔާގެ އަޗޭއަށް ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީގެ އިންޒާރުދީފިއެވެ. ޖިއޮލޮޖިކަލް ސާރވޭއިން ދައްކާ ގޮތުގައި އިންޑޮނޭސިއާއަށް ބިންހެލުން އައިސްފައިވަނީ 7.4 ގެ ބާރުމިނުގައެވެ. އަދި މިބިންހެލުން އައިސްފައިވަނީ 30 ކިލޯމީޓަރު ފުނަށްކަމަށާއި ބިންހެލުން އައިސްފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. މެތްރޯޓީވީ އިން ހާމަކުރާގޮތުގައި ‘ބިންހެލުމުގެ ސަބަބުން މާބޮޑު ގެއްލުމެއްލިބިފައިވާކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައިނުވާ’ކަމަށެވެ. އަދި ‘ސަރަހައްދުން ކަރަންޓު ކެނޑިފައިވާކަމަށާއި އެއީ ބިންހެލުމުގެ ސަބަބުން ވީކަމެއްކަމަށް އަދި ނުބެލެވޭ’ކަމަށެވެ. ބިންހެލުން އައިސްފައިވަނީ 30 ނުވަތަ 40 ސިކުންތަށެވެ.
May 9, 2010 | ޕޯސްޓްކުރެވިފައި ވަނީ
އޭސިއާ |
އިތުރު ތަފްސީލް »

އިންޑޮނޭޝިޔާގެ ސުމާރޓްރާއަށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. އިއްޔެގެ ހެނދުނުގެ ވަގުތެއްގައި އައި މިބިންހެލުން އައިސްފައިވަނީ 6.5 ގެ ބާރުމިނުގައިކަމަށް ކަމާއި ބެހޭގޮތުން ހާމަކުރެއެވެ. ބިންހެލުމުގެ ސަބަބުން އެއްވެސް މީހަކަށް މިހާތަނަށް ގެއްލުންވެފައިނުވާއިރު އެއްވެސް އިމާރާތަށްވެސް ގެއްލުން ލިބިފައިވާކަމުގެ ރިޕޯޓް ނުލިބޭކަމަށް އެފަރާތްތަކުން ހާމަކުރެއެވެ. ބިންހެލުމުގެ ސަބަބުން ސުނާމީގެ އިންޒާރުދީފައެއްނުވެއެވެ.
May 6, 2010 | ޕޯސްޓްކުރެވިފައި ވަނީ
އޭސިއާ |
އިތުރު ތަފްސީލް »

‘ބެރިން ސީ’ އަށް ދެ ބިންހެލުމެއް އަތުވެއްޖެއެވެ. ހަބަރު ލިބިފައިވާގޮތުގައި ‘ބެރިން ސީ’އަށް އައި މިބިންލެމުގެ އަސަރު އެމެރިކާގެ އެލެސްކާއަށް ކޮށްފައިވާކަމަށްވެއެވެ. އިއްޔެ ވަގުތެއްގައި ޖީއެމްޓީ ގަޑިން ހެނދުނު 11.00 އިން ފެށިގެން އައި މި ދެބިންހެލުން އައިސްފައިވަނީ ‘ބެރިން ސީ’އަށް ކަމަށާއި ފުރަތަމަ ބިންހެލުން އައިތާ 5 މިނިޓް ފަހުން ހަމައެސަރަހައްދަށް ބިންހެލުމެއް އައިސްފައިވާކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާރވޭއިން ހާމަކުރެއެވެ. ފުރަތަމަ ބިންހެލުން އައީ 6.3 ގެ ބާރު މިނުގައި ކަމަށާއި ދެވަނަ ބިންހެލުން އައިސްފައިވަނީ [...]
May 1, 2010 | ޕޯސްޓްކުރެވިފައި ވަނީ
އެމެރިކާ |
އިތުރު ތަފްސީލް »

މިޔަންމާ އަށް 5.5 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. މިޔަންމާގެ ގަޑިން މިއަދު ހެނދުނުގެ ވަގުތެއްގައި އައި މިބިންހެލުން އައިސްފައިވަނީ 35 ކިލޯ މީޓަރުގެ ބިމުގެ އަޑިއަށްކަމަށް މީޑިއާތަކުން ހަބަރުދެއެވެ. މިހާތަނަށް އެއްވެސް މީހަކަށް ގެއްލުން ލިބިފައިވާކަމެއް ރިޕޯޓްކޮށްފައެއްނުވެއެވެ.
April 29, 2010 | ޕޯސްޓްކުރެވިފައި ވަނީ
އޭސިއާ |
އިތުރު ތަފްސީލް »