މުސްތާގްއަށް އެހީވެދެއްވާ! އިތުރު މައުޟޫމާތު
dhiislam.com

Posts tagged with the keyword: ‘ބަނގުރާ’

ހަވީރު ނޫހުގައި ބަނގުރާގެ ބާވަތެއް އިސްތިހާރު ކޮށްފި

ހަވީރު ނޫހުގައި ބަނގުރާގެ ބާވަތެއް އިސްތިހާރު ކޮށްފި

19 މެއި 2010 ވަނަ ދުވަހުގެ ހަވީރު ނޫހުގައި ބަނގުރާގެ ބާވަތެއްކަމަށް ‘ޖެކްޑެނިއަލްސްގެ އޯލްޑް ނަންބަރ ސެވެން’ ބުރޭންޑް އިސްތިހާރު ކޮށްފިއެވެ. މިކަމާއިގުޅިގެން އެކިއެކި ފަރާތްތަކުން ނުރުހުން ފާޅުކުރަމުންދާ ކަމަށް ދިއިސްލާމްއަށް ވަނީ ޚަބަރުލިބިފއެވެ. އަދި މިކަމާއިގުޅިގެން ހަވީރު ނޫހަށް ގުޅާލުމުން ވިދާޅުވީ ‘ދެން އެނޫހުގައި މިޢިސްތިހާރު ޝާޢިކުރަމުންދާނީ މިއިސްތިހާރު ގައި ވާ ‘ވިސްކީ’ މިބަސް ކަނޑާލައިފައި’ ކަމުގައެވެ. ދިގު މިނުގައި 16 ސންޓިމީޓަރ ފުޅާ މިނުގައި 11 ސެންޓިމީޓަރގެ މިއިސްތިހާރަކީ ދިވެހި ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީއާއި [...]

މޮޔައީ ކޮންބައެއް؟

މޮޔައީ ކޮންބައެއް؟

އަޅުގަނޑުމެންގެ އަވައްޓެރި އިންޑިއާގެ ޖަންގަލިތެރޭގައި ކުދި އަވަށްތަކަށް ރުޅިގަދަވެފައިވާ އެތެއްގެ ޙަމަލާތަކެއް ކުރިމަތި ވަމުންދަނީއެވެ. މިހާރު އެއްކަލަ އެތް އެދަނީ ކޯރުގެ ހަނިދިމާލުގައިވާ އަވަށާ ދިމާއަށެވެ. އެއަވަށުގައި ދިރިއުޅޭ ކުދިބޮޑު އެންމެހާ ރައްޔިތުން ކަންބޮޑުވެ ހަދާނެ ގޮތްހުސްވެއްޖެއެވެ. ” ޙިކުމަތްތެރި ގުރޫ ކައިރިއަށް ދަމާ ހިނގާށެވެ.” އެތަނުން އެކަކުގެ ޚިޔާލު ފާޅުކޮށްލިއެވެ. މި ޚިޔާލަށް އަވަށުގެ މީހުން އެއްބަސްވިއެވެ. އަދި ކިޔަމަންތެރި އަޑަކުން، އެއްކަލަ އެތް އެ ވަށާ ދިމާއަށް އަންނަވާހަކަ ޚަބަރުކުރިއެވެ. ” އޭ ޙިކުމަތް [...]

ރަލާއި ނުލާ ދިވެހި ރާއްޖެ

ރަލާއި ނުލާ ދިވެހި ރާއްޖެ

އެއްވެސް ޝައްކެއްނެތްގޮތުގައި މާތް ވެގެންވާ އިސްލާމްދިނަކީ އެންމެ ފުރިހަމަ ވެގެންވާ ދީނެވެ. އެއްވެސް ކަމެއް އުނި ނުވާނޭ ގޮތުގެ މަތިން މި ދީނުގެ ވެރި އިލާހު ވަނީ އެއްމެ ފަހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް މެދުވެރި ކުރައްވާ މިދީން ފުރިހަމަ ކޮށްދެއްވާފައެވެ. އަދި އެކަން ވަނީ އެއިލާހުގެ ކަލާމް ފުޅު ކަމުގައިވާ ކީރިތި ޤުރުއާނުގައި ވަރަށް ޞަރީޙަ ޢިބާރާތުން ބަޔާން ކޮށްދެއްވާފައެވެ. ﷲ ތަޢާލާގެ ހަޟްރަތުގައި ޤަބޫލު ކުރެވިގެންވާ ހަމައެކަނި ދީނަކީ އިސްލާމް ދީނެވެ. [...]

ބަނގުރާ ވިއްކުމާ ދެކޮޅަށް

ބަނގުރާ ވިއްކުމާ ދެކޮޅަށް

ގެންދެވިގޮތަށް ދިވެހިންގެ ލޭނާރު މިއަދު – ގެންދަވަން ކުޅަދުންވަންތަ ‘ރަންބިސް އަޅާކުކުޅު’ މާދަން!

ގެންދެވިގޮތަށް ދިވެހިންގެ ލޭނާރު މިއަދު – ގެންދަވަން ކުޅަދުންވަންތަ ‘ރަންބިސް އަޅާކުކުޅު’ މާދަން!

ހާދަހާ ވިންކަން މަ ބޭނުން، ކެތްނުކުރެވޭ! ……ލަސްނުކޮށް އަޅުވާ ތިޔަޤަވާއިދު ގެޒެޓްގައި ބިރުގަނޭމަ ތަކުބީރު ނުގޮވާ ކަލޭމެން ނުކުމެ …….ފަސްވެދާނެ އެޅުވުން ތިޔަޤަވާއިދު ގެޒެޓްގައި ހާދަހާ ދެރައޭ އަޅެ ދެން މި ވީގޮތް …….އޭރުވެސް މަ ސިހޭ ‘ޢަރަބި’ ދެނެތިބީންދެކެ ދެންހިނގާ ދައްކަމާ ވާހަކަ އޮޅުވުމާއެކު …….ބަދަލުކުރުމަށް ވިސްނުމާ ފިކުރު ދިވެހިންގެ އިސްކުރޭ ދުނިޔެއާ އިޤްތިސާދުގެ ވާހަކަ …….ފުހެލުމަށް ދިވެހިންގެ ސިކުނޑިން އާޚިރަތް ގުޅުވަމާ ޠާލިބާނާއި ހަނގުރާމައިގެ ވާހަކަ …….ބަދަލު ކުރުމަށް ވިސްނުމާއި ފިކުރު މިކަމުގައި އިތުރުވާނޭ [...]

ރާވިއްކުން ހުއްދަކުރަން ބޭނުންވާ ފަރާތްތަކުގެ ވިންދުތައް 2

ރާވިއްކުން ހުއްދަކުރަން ބޭނުންވާ ފަރާތްތަކުގެ ވިންދުތައް 2

ދިވެހި ރާއްޖޭގެ މީހުންދިރިއުޅޭ ރަށްރަށުގައި އިމާރާތްކުރެވޭ ވަކިފަންތީގެ ހޮޓާތަކުގައި ރާވިއްކުން ހުއްދަކުރުމަށް ސަޕޯޓްކޮށް މިބައިމީހުން ދައްކާ އަނެއްވާހަކައަކީ، އެ ބޯނީ ބޯން ބޭނުންވާ މީހުންނެވެ. ބޭނުން ނުވާމީހަކު ނުބޯނެއެވެ. އެއީ އެބަޔެއްގެ މިނިވަންކަމާއި ގުޅިފައިވާ ކަމެކެވެ. ‘ހައްދުފަހަނަ’ އަޅާފައިވާ ‘މުއްލާއިންނަށް’ މި މިނިވަންކަން ހަޖަމު ނުކުރެވެނީ ތޯއެވެ؟ މިބައިމީހުންގެ މި ‘އިމޯޝަނަލް’ ވާހަކަތަކާއިމެދު އަޅުގަނޑު ދަންނަވާނެ ވާހަކައަކީ، ރާބުއިމަކީ ނުވަތަ ވިއްކުމަކީ ވަކިބައެއްގެ މިނިވަންކަމޭ ކިޔާފައި ދޫކޮއްލެވޭވަރުގެ ކުޑަކަމެއް ނޫނެވެ. އެއީ މައިގަނޑު 2 ސަބަބަކަށްޓަކައެވެ. ފުރަތަމަ [...]

ރާވިއްކުން ހުއްދަކުރަން ބޭނުންވާ ފަރާތްތަކުގެ ވިންދުތައް 1

ރާވިއްކުން ހުއްދަކުރަން ބޭނުންވާ ފަރާތްތަކުގެ ވިންދުތައް 1

ދިވެހިރާއްޖޭގެ މީޑިއާގައި އެންމެ އަޑު ހަރުކޮށް މިއަދު ދެކެވެމުންދާ އެއްވާހަކައަކީ ރަލުގެވާހަކައެވެ. ދިވެހިރާއްޖޭގައި ރާވިއްކުމުގެ ޤަވާޢިދު އިސްލާޙުކޮށް، ކުރިއަށްވުރެ ފުޅާދާއިރާއެއްގައި ރަލާއި އޫރުމަސް މީހުން ދިރިއުޅޭ ރަށްރަށުގައި ވިއްކުން ސަރުކާރުން ހުއްދަކުރަން މަސައްކަތްކުރި ވާހަކައެވެ. މިކަމާއިގުޅިގެން ދިވެހި ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކު މިކަމާއިދެކޮޅަށް އަޑުއުފުލައި ދެކޮޅުވެރިކަމުގެ ޝުޢޫރުތައްވަނީ ފާޅުކޮށްފައެވެ. އެހެންނަމަވެސް ދިވެހިންގެ ތެރެއިން މަދުބައެއްގެ ވިންދުހުރީ ރާވިއްކުމާއި އެއްކޮޅަށެވެ. އިސްލާމްދީނުގައި އެކަން ޙަރާމް ކުރެވިފައި ވާއިރުގައިވެސް، އަދި ރާވިއްކުން އާންމުވެފައިވާ ޤައުމުތަކުގެ ކްރިމިނަލް ރެކޯޑްތައް ރަލުގެ [...]

ކުއްލި ހަބަރު: މީހުން ދިރިއުޅޭ ރަށްތަކުގައި ‘ބަނގުރާ ވިއްކުން’ ހުއްދަ ނުދޭގޮތަށް ހަމަޖައްސައިފި

ކުއްލި ހަބަރު: މީހުން ދިރިއުޅޭ ރަށްތަކުގައި ‘ބަނގުރާ ވިއްކުން’ ހުއްދަ ނުދޭގޮތަށް ހަމަޖައްސައިފި

މީހުން ދިރިއުޅޭ ރަށްތަކުގައި ‘ބަނގުރާ ވިއްކުން’ ހުއްދަ ނުދޭގޮތަށް ހަމަޖައްސައިފިއެވެ. ދިއިސްލާމް އަށް ހަބަރު ލިބިފައިވާ ގޮތުގައި ‘މިނިންމުން ނިންމާފައިވަނީ ސަރުކާރާއި އިސްލާމިކް މިނިސްޓްރީއާއި ދެމެދު ބޭއްވި މަޝްވަރާތަކަކަށްފަހު’ގައެވެ.  އެހެނަސް މިޤަވައިދު އަނބުރާ ގެންދިޔަކަމުގައިވިޔަސް  އެޤަވާއިދަށް އިސްލާހުތަކެއް ގެނައުމަށްވަނީ ނިންމާފައެވެ. މިމައްސަލާގައި ރައީސް ނަޝީދުވެސް ވިދާޅުވެފައިވަނީ ‘ ރައްޔިތުން ނޭދޭ ގޮތަކަށް މި ސަރުކާރުން އެއްވެސް ކަމެއް، އެއްވެސް ޢަމަލެއް ނުކުރާނެ.’ ކަމަށެވެ. މީހުން ދިރިއުޅޭ ރަށްތަކުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދިނުމަށް އެންމެ ދުވަހަކަށްވެފައި ވަނިކޮށް [...]

ރައްޔިތުން ނޭދޭ ގޮތަކަށް މި ސަރުކާރުން އެއްވެސް ކަމެއް، އެއްވެސް ޢަމަލެއް ނުކުރާނެ – ރައީސް

ސަރުކާރުން ގަވާއިދެއް ހެއްދެވުމުގައި އަދި އެއްވެސް ކަމެއް ކުރެއްވުމުގައި ރައްޔިތުން އެދޭގޮތާއި، ރައްޔިތުން ބޭނުންވާ ގޮތް ބައްލަވަމުން ގެންދަވާނެ ކަމަށާއި، ރައްޔިތުން ނޭދޭގޮތަކަށް މި ސަރުކާރަކުން އެއްވެސް ކަމެއް، އެއްވެސް ޢަމަލެއް ނުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި، އެމަނިކުފާނު މިއަދު ހެނދުނު ދެއްވި ހަފްތާގެ ރޭޑިއޯ ޚިޠާބުގައި، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ޣައިރު މުސްލިމުންނަށް ބަނގުރާ ވިއްކުމުގެ ހުއްދަ ދެއްވުމާބެހޭ ގަވާއިދާ ގުޅޭގޮތުން ބައެއް [...]

މީހުން ދިރިއުޅޭ ރަށްތަކުގައި ރާ ވިއްކުމާއި ދެކޮޅަށް ‘ވަރުގަދަ’ މުޒާހަރާއެއް ބާއްވައިފި

މީހުން ދިރިއުޅޭ ރަށްތަކުގައި ރާ ވިއްކުމާއި ދެކޮޅަށް ‘ވަރުގަދަ’ މުޒާހަރާއެއް ބާއްވައިފި

މީހުން ދިރިއުޅޭ ރަށްތަކުގައި ރާ ވިއްކުމާއި ދެކޮޅަށް ‘ވަރުގަދަ’ މުޒާހަރާއެއް ބާއްވައިފިއެވެ. އަދާލަތު ޕާޓީއާއި ރާއްޖޭގެ އެތައް ޖަމިއްޔާއެއް ގުޅިގެން ‘މީހުން ދިރިއުޅޭ ރަށްތަކުގައި ރާ ވިއްކުމާއި ދެކޮޅަށް’ ބޭއްވުނު މިމުޒާހާރާއަކީ މިހާތަނަށް މިފަދަ ކަމެއްގައި އެންމެ ގިނަ ބަޔަކު އެއްވެ ނުރުހުން ފާޅުކުރި މުޒާހަރާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ކުޑަބޮޑު ދިވެހިން ރައްޔިތުންގެ ބައިވެރިވުން ލިބިގެން ކުރިއަށްދިޔަ މިމުޒާހަރާގައި ގާތްގަޑަކަށް 7000 މީހުން ބައިވެފައިވާކަމަށް ލަފާކުރެވެއެވެ. އަސްރު ނަމާދަށްފަހު ސުނާމީ ބިނާ ކައިރީ އޮތް [...]

webDesign by: atollsolutions.biz