މުސްތާގްއަށް އެހީވެދެއްވާ! އިތުރު މައުޟޫމާތު
dhiislam.com

Posts tagged with the keyword: ‘ނަމާދު’

މިސްރުގެ ހުރިހާ މިސްކިތެއްގައި އެއް ބަންގިއެއް ގޮވާގޮތަށް ނިންމައިފި

މިސްރުގެ ހުރިހާ މިސްކިތެއްގައި އެއް ބަންގިއެއް ގޮވާގޮތަށް ނިންމައިފި

ކުރިއަށް މިއޮތް ރަމަޟާން މަހާއެކު މިސްރުގެ މިސްކިތްތަކުގައި އެއްބަނގިއެއް ގޮވާގޮތަށް އެ ޤައުމުގެ މިނިސްޓްރީ އޮފް ރިލިޖިއަސް އެންޑޯމެންޓުން ނިންމަވައިފިއެވެ. އެ މިނިސްޓްރީއިން ހާމަކުރައްވާގޮތުގައި، ދެން އެ ޤައުމުގައި ބަންގި ގޮވާނީ ވެރިކަންކުރާ ކެއިރޯގައި ހުންނަ ސްޓޫޑިއޯއެއްގައި އެކަންޏެވެ. އަދި ޙާއްޞަކުރެވިފައިވާ ވަކި ރިސީވަރުތަކެއްގެ އެހީގައި މިސްކިތްތަކަށް އެ ބަނގީގެ އަޑު ފޯރުކޮށްދެވޭނެއެވެ. މިސްރުގެ މިނިސްޓްރީ އޮފް ރިލީޖިއަސް އެންޑޯމެންޓުން މި ނިންމެވި ނިންމެވުމާ އެތައް ބަޔަކު ދެކޮޅު ހަދަމުން ދާއިރު، މިކަމާ އެންމެ ބޮޑަށް ކަންބޮޑުވުން [...]

އިބްރާހީމީ މިސްކިތަކީ ޔަހޫދީންގެ އާޘާރީ ތަރިކައެއްކަމުގައި އިސްރާޢީލުން އިޢުލާނުކޮށްފި

އިބްރާހީމީ މިސްކިތަކީ ޔަހޫދީންގެ އާޘާރީ ތަރިކައެއްކަމުގައި އިސްރާޢީލުން އިޢުލާނުކޮށްފި

ޚަލީލް ސަހަރު ނުވަތަ ހަބްރޫންގައިވާ މަސްޖިދު އިބްރާހީމީ އާއި މަސްޖިދު ބިލާލް އިބްނު ރަބާ އަކީ ޔަހޫދީންގެ އާޘާރީ ތަރިކައެއް ކަމުގައި އިސްރާއީލުން އިއުލާނުކޮށްފި އެވެ. ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި މިފަދަ ދެކޮޅުނުޖެހޭ ބާޠިލު ދައުވާއެއް މި ދުވަސްވަރާ ދިމާކޮށް ޔަހޫދީ ދައުލަތުން އުފުލުމުގެ ބޭނުމަކީ ހަމާސްގެ އިސް ކޮމާންޑަރު މަހުމޫދް އަލް މަބްހޫ އަވަހާރަކޮށްލުމުގައި އިސްރާޢީލްގެ މޯސާޑުން ކުޅެފައިވާ ނުބައި ރޯލް ދުނިޔޭގެ ޤައުމުތަކުން ކުށްވެރިކުރަމުންދާތީ ދެބޯގެރިދުއްވުމުގެ ބޭނުމުގައި ކުރާ ކަމެއްކަމަށެވެ. ދުބާއީގެ ހޮޓަލެއްގައި މަބްހޫ [...]

މާދަމާ ރޭ އެފްއެމްސީގައި ޝެއިހް އަލީ ޒާހިރު ދަރުސްއެއް ދެއްވަނީ

މާދަމާ ރޭ އެފްއެމްސީގައި ޝެއިހް އަލީ ޒާހިރު ދަރުސްއެއް ދެއްވަނީ

މާދަމާ ރޭ އެފްއެމްސީގައި ޝެއިހް އަލީ ޒާހިރު ދަރުސްއެއް ދެއްވާގޮތަށް ހަމަޖެހިއްޖެއެވެ. ދިއިސްލާމްއަށް ހަބަރު ލިބިފައިވާ ގޮތުގައި ޝެއިހް އަލީ ޒާހިރު ދެއްވުމަށް ހަމަޖެހިފައިވާ ދަރުސްގެ މައުޟޫއަކީ ‘ނަމާދާއި މެދު ފަރުވާ ކުޑަނުކުރާށެވެ.’ މިއެވެ. 23 ފެބްރުއަރީ 2010 ވާ އަންގާރަ ދުވަހުގެ ރޭ 21:00 ގައި ބޭއްވުމަށް ހަޖެހިފައިވާ މިދަރުސް ބާއްވާނީ ސޯސަން މަގުގައި ހުންނަ ފެކަލްޓީ އޮފް މެނޭޖްމަންޓް އެންޑް ކޮމްޕިއުޓިންގ، ގައި ކަމަށް ދަރުސް އިންތިޒާމްކުރައްވާ ފަރާތުން ހާމަކުރެއެވެ. ދަރުސް އިންތިޒާމް ކުރައްވަނީ [...]

‘ދި-މުދިމު’ގެ ނަމުގައި ބަންގި ވަގުތު އަންގައިދޭ ދިވެހި ސޮފްޓްވެއާރއެއް ނެރެފި

‘ދި-މުދިމު’ގެ ނަމުގައި ބަންގި ވަގުތު އަންގައިދޭ ދިވެހި ސޮފްޓްވެއާރއެއް ނެރެފި

‘ދި-މުދިމު’ގެ ނަމުގައި ބަންގި ވަގުތު އަންގައިދޭ ދިވެހި ސޮފްޓްވެއާރއެއް ނެރެފިއެވެ. ނޫރުލްއިސްލާމް ވެބްސައިޓާއި ދިވެހިސޮފްޓު ގުޅިގެން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އެހީތެރިކަމާއެކު ތައްޔާރުކޮށްފައިވާ މިސޮފްޓްވެއާ އަކީ ދިވެހިރާއްޖޭގެ ރަށްތަކުގެ ނަމާދު ވަގުތު ހިމެނޭ ގޮތަށް ނަމާދު ވަގުތު ވަނުމުން ގަޑިން ބަންގި ގޮވާގޮތަށް ފަރުމާ ކުރެވިފައިވާ ސޮފްޓްވެއާއެއްކަމަށް ނޫރުލް އިސްލާމްގެ އެޑިޓާރ މުހައްމަދު އަނީލް ދިއިސްލާމް އަށް ހާމަކުރެއްވިއެވެ. ސޮފްޓުވެއާރ އާއި ބެހޭގޮތުން ދިއިސްލާމްއަށް މުހައްމަދު އަނީލް މައުޟޫމާތު ދެއްވިގޮތުގައި ‘އިރާދަކުރެއްވިއްޔާ ދިމުދިމަށް ބޮޑެތި ބަދަލުތަކެއް [...]

ޝެއިޙް އިލްޔާސް “މިޢްރާޖްގެ ހަދިޔާ” އާއި ބެހޭ ދަރުސްއެއް ބާއްވަނީ

ޝެއިޙް އިލްޔާސް “މިޢްރާޖްގެ ހަދިޔާ” އާއި ބެހޭ ދަރުސްއެއް ބާއްވަނީ

ޝެއިޙް އިލްޔާސް “މިޢްރާޖްގެ ހަދިޔާ” އާއި ބެހޭ ދަރުސްއެއް ބާއްވާގޮތަށް ހަމަޖެހިފައިވާކަމަށް ދިއިސްލާމްއަށް ހަބަރު ލިބިއްޖެއެވެ. “މިޢްރާޖްގެ ހަދިޔާ” މިމައުޟޫއަށް ދަރުސް ދެއްވުމަށް ހަމަޖެހިފައިވާ މިދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ 18 ފެބްރުއަރީ 2010 ވަނަ ދުވަހުގެ ރޭ 20:45 ގައި ވިލިމާލެ ބޯޅާ ދަނޑުގައެވެ. ރަސޫލު الله صلى الله عليه وسلم އަށް މާތްﷲ ދެއްވާފައިވާ މިޢްރާޖްގެ ހަދިޔާ އާއި ބެހޭގޮތުން ތަޤްރީރުކުރުމަށް ހަމަޖެހިފައިވާ މިދަރުސްއަށް އެންމެހާ މުސްލިމުންނަށް ވިލިމާލެ ޒުވާނުން ދައުވަތު ދެއްވައެވެ. ޝެއިހް [...]

ފަތިސް ނަމާދު ބަންގި ގޮވާތީ މުދިމު ޖޫރިމަނާކޮށްފި!

ފަތިސް ނަމާދު ބަންގި ގޮވާތީ މުދިމު ޖޫރިމަނާކޮށްފި!

ފަތިސް ނަމާދު ބަންގި ގޮވާތީ ރަޝިޔާގެ މުދިމަކު ޖޫރިމަނާކޮށްފިއެވެ. ރަޝިޔާގެ ސެންޓްރަލް ކޯޓުން މުދިމު ޖޫރިމަނާކޮށްފައިވަނީ ‘ފަތިހު ބަންގި ގޮވާ ކުޑަކުދިން ހޭލައްވާފަދަ ގޮތަކަށް އުނދަގޫކުރުމުން’ނެވެ. ކޯޓުން ހާމަކުރާ ގޮތުގައި އެއިމާމު ކޮންމެ ދުވަހަކު ފަތިހުން ފެށިގެން ރޭގަނޑު އަށެއް ޖެހުމާއި ދޭތެރޭ 5 ފަހަރު އަޑުގަދަކުރާއިންބަންގި ގޮވާތީ އެސަރަހައްދުގެ މީހުންނަށް ‘އުނދަގޫވާތީ’ ޝަކުވާ ހުށައަޅާފައިވާކަމަށެވެ. ރަޝިޔާގެ ކޯޓުންވަނީ އިމާމް ޖޫރިމަނާކޮށް ހެނދުނު އެކަނި އަޑުގަދަކުރާއިން ބަންގި ގޮވުމަށް އަންގާފައެވެ. އެހެންކަމުން މެންދުރު، އަސްރު، މަގްރިބް އަދި [...]

އޭނާ މަރުވީ ހުކުރު ނަމާދުގެ ސަޖިދާގައި ވަނިކޮށް

އޭނާ މަރުވީ ހުކުރު ނަމާދުގެ ސަޖިދާގައި ވަނިކޮށް

ހުކުރު ދުވަހުގެ ޢަޞްރު ނަމާދަށްފަހު އަހަރެން ގޭގައި ހުއްޓާ އެކުވެރިޔަކު ފޯނުކޮށްފައި ބުންޏެވެ. “ޝައިޚް އެވެ، އަހަރެންގެ ވަރަށް ގާތް އަޚަކު މަރުވެއްޖެއެވެ. އަދި އޭނާ މިހާރުވަނީ ހޮސްޕިޓަލުގެ ފިނިކޮޓަރީގައެވެ. ތިބާގެ ކިބައިން އަހަރެމެން ބޭނުންވަނީ އޭނާ ހިނެވުމާއި ކަފުންކުރުމުގެ ކަންތައް ކުރިއަށް ގެންގޮސްދިނުމެވެ. އެހެންވީމާ މާދަމާ ހެދުނު ނުވައެއް ޖަހާއިރަށް ހޮސްޕިޓަލަށް އަންނާށެވެ. ގަސްދުކުރެވިފައިވަނީ މެންދުރު ނަމާދަށް ފަހު ކަށުނަމާދު ކުރުމަށެވެ.“ ދެން ޖެހިގެން އައިދުވަހުގައި ކަނޑައެޅިފައިވާ ގަޑިއަށް އަހަރެން ހޮސްޕިޓަލަށް ދިޔައީމެވެ. ހޮސްޕިޓަލުގެ ކައިރީގައި [...]

webDesign by: atollsolutions.biz