
އީރާނު ބޮޑު ބާރަކަށް ވެދާނެތީ އިޒްރޭލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އިރާނުން މަސައްކަތް ކުރަމުން އަންނަނީ އަސްކަރީގޮތުން ބޮޑު ބާރަކަށްވުމަށްފަހު އިސްރާއީލާއި އެހެން ޤައުމުތަކަށް ހަމަލާ ދިނުމަށްކަމަށް ބައިނަލްއަޤްވާމީ ނިއުކްލިއަރ ހަތިޔާރު ބަލާ ފާސްކުރާ އިދާރާގެ ވެރިޔާއަށް އިޒްރޭލުންވަނީ ދާދި ފަހުން ދަންނަވާފައެވެ. އިޒްރޭލުން އިރާނުގެ ކުރިއެރުމާއި މެދު ކަންބޮޑުވުން ފާޅުކުރަމުން ބުނެފައިވަނީ “އިރާނާއި މެދު ހަރުކަށިވާން ޖެހޭ” ކަމުގައެވެ. އިސްރާއީލުގެ ރައީސް ޝިމޯން ޕެރޭޒް އިރާނާއި މެދު އޮތް ކަންބޮޑުވުން ފާޅުކޮށްފައިވަނީ ބައިނަލްއަޤްވާމީ ނިއުކްލިއަރ ހަތިޔާރު ބަލާ [...]
September 2, 2010 | ޕޯސްޓްކުރެވިފައި ވަނީ
އަރަބިދުނިޔެ |
އިތުރު ތަފްސީލް »

ލާލޭ އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް ކުދިންނަށް އަނިޔާކުރިކަން ސާބިތުވުމުން 200 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. މިހަފްތާގައި ޖިނާއީ ކޯޓުން ކޮށްފައިވާ މިދައުވާއަކީ “ލާލޭ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންތަކެއްގެ ގައިގައި ޖަހައި އެ ސްކޫލްގެ ޕްރިންސިޕަލް މާރާމާރީ ހިންގާފައިވާ ކަމަށް” ބުނެ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ކުރި ދައުވާއެވެ. މިދައުވާގެ ހުރިހާ މަރުހަލާއެއް ނިމި ޖިނާއީ ކޯޓުން ހުކުމްކޮށްފައިވަނީ “ީ ބެލްޓަކީ ކުދިން ތަރުބިއްޔަތު ކުރުމަށް ބޭނުން ކުރެވޭނެ އެއްޗެއް ނޫން ކަމަށާއި ހެކިންގެ ހެކިބަހުން ލާލޭ ސްކޫލްގެ ކުރީގެ [...]
August 9, 2010 | ޕޯސްޓްކުރެވިފައި ވަނީ
ރާއްޖޭގެ ޚަބަރު |
އިތުރު ތަފްސީލް »

ބިއަރުގެ ވިޔަފާރިކުރާ އެމެރިކާގެ ތަނެއްގައި ބަޑިޖެހުމުގެ ހާދިސާއެއް ހިނގާ 9 މީހުން މަރާލާއިފިއެވެ. އަދާކުރާ ވަޒީފާއިން ‘އިސްތިއުފާ’ ދިނުމަށް އެދުމާއި ގުޅިގެން އައި ރުޅީގައި ހިނގި މިހާދިސާގައި އެތަނުގައި މަސައްކަތްކުރާ އެތައް ބަޔަކު ޒަހަމްވެފައިވާކަމަށާއި 9 މީހުން މުވައްޒަފުން މަރުވެފައިވާކަން މިހާރު ވަނީ ކަށަވަރުވެފައެވެ. ބަޑިޖެހި މީހާ ވަޒީފާއިން ކަނޑާލުމުން އައި ހިތްހަމަނުޖެހުމުގައި ބަޑިޖެހުމަށްފަހު އެތެރެއަށް ވަދެ އަމިއްލަ އަށް ބަޑިޖަހާ މަރުވިކަމަށް އެސަރަހައްދުގެ ޕޮލިހުންވަނީ ހާމަކޮށްފައެވެ. ޖުމްލަ 70 މީހުން ވަޒީފާ އަދާކުރާ ބިއަރު ކުންފުނީގައި [...]
August 4, 2010 | ޕޯސްޓްކުރެވިފައި ވަނީ
އެމެރިކާ |
އިތުރު ތަފްސީލް »

ވޭތުވެދިޔަ ހަފުތާނިމިގެންދިޔައީ މާލެ ތެރޭގައި ގުރޫޕް މާރާމާރީތަކެއް ހިނގައި ނުރައްކާތެރި ހާދިޡާތަކެއް ހިނގައިދިޔަ ހަފުތާއަކަށެވެ. މިދިޔަ ހުކުރުދުވަހުގެ ރޭ އިރާކޮޅު ޒުވާނުންގެ މަރުކަޒާއި ޖެހިގެން އޮންނަ ކުޅިވަރު ކުޅިވަރު ކުޅޭ ހުސްބިމުގައި، މާރާމާރީއެއް ހިނގައި ތޫނު އެއްޗަކުން ހަމަލާދީ 17 އަހަރުގެ ޒުވާނަކު ވަނީ މަރުވެފައެވެ. އަދި 4 މީހަކަށް ވަނީ ވަރަށް ބޮޑެތިޒަހަމު ތަކެއްވެފައެވެ. ތޫނުއެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން މަރުވެފައިވަނީ މ.ބިއުޓީ ފުލަރވަރ މުޙައްމަދު ޙުސައިން ކަމަށް މީޑީޔާތަކުން ހާމަކޮށްފައިވެއެވެ. ނަމަވެސް ފުލުހުން މަރުވި [...]
August 2, 2010 | ޕޯސްޓްކުރެވިފައި ވަނީ
ރާއްޖޭގެ ޚަބަރު |
އިތުރު ތަފްސީލް »

ބޭރުގެ ފައުޖުތަކާއެކު މަސައްކަތް ކުރަމުންދާ އަފްގާނިސްތާނުގެ ސިފައިންގެ މީހަކު ކުއްލިއަކާ ދިން ބަޑީގެ ހަމަލާއެއްގައި 3 މީޙުން މަރުވެ 2 މީހަކު ޒަހަމްވެއްޖެއެވެ. އިއްޔެގެ ވަގުތެއްގައި ދިން މި ހަމަލާއަކީ މި ހަފްތާގައި ހިނގި މިފަދަ ދެވަނަ ހަމަލާއެވެ. އިއްޔެގެ ހަމަލާގައި ކުއްލިއަކާ ހަމަލާ ދިން އަފްގާން ގެ ސިފައިންގެ މީހަކީ މަޒަރް އޭ ޝަރީފް ނަމަކަށް ކިޔާ ސިފައިންގެ ބޭސެއްގައި އެހެން މީހުން ޓްރެއިންކުރަމުން ދިޔަ މީހެކެވެ. އޭރު އެމީހުން ކުރިޔަށް ގެންދިޔައީ ހަތިޔާރުތަކަށް ފަރިތަވުމުގެ [...]
July 21, 2010 | ޕޯސްޓްކުރެވިފައި ވަނީ
އޭސިއާ |
އިތުރު ތަފްސީލް »

މަސްތުވެފައިވާ މެކްސިކޯ މީހަކު ޕާޓީއެއްގެ ތެރޭގައި 17 މީހުން މަރާލައިފިއެވެ. އިއްޔެ ރޭ ދަންވަރު 1 ޖެހިއިރު ކުރިޔަށްދިޔަ ‘ޕްރައިވެޓް ޕާޓީ’އަށް މަސްތުވެފައިވާ މީހަކު ވަދެ ދިން މިހަމަލާ އަމާޒުވެފައިވަނި ވަކި މީހަކަށް ނޫންކަމަށް ޕޮލިހުން ހާމަކުރެއެވެ. ބަޑިނަގާ ‘ހަރަކާތްތެރިވާ’ ކޮންމެ އެއްޗަކާއި ދިމާކޮށް ވަޒަން ފޮނުވާލުމާއި އެކު އެ ވަޒަންތަކުގެ ޝިކާރައަކަށް ޖުމްލަ 17 މީހުން ވަނީ މަރުވެފައެވެ. މެކްސިކޯގެ ޕޮލިހުން ހާމަކުރާގޮތުގައި ‘އިއްޔެ ހިނގި މިބަޑިޖެހުމުގެ ހާދިސާއަކީ މަސްތުވެފައިވާ މީހަކު ހިނގި އަމަލެއް.’ ކަމަށާއި [...]
July 19, 2010 | ޕޯސްޓްކުރެވިފައި ވަނީ
އެމެރިކާ |
އިތުރު ތަފްސީލް »

އިޒްރޭލުން 20 ފަލަސްތީނީން ހައްޔަރު ކޮށްފިއެވެ. އިޒްރޭލުގެ ސިފައިން ފަލަސްތީނުގެ 20 މީހުން ހައްޔަރުކޮށްފައިވަނީ ހިބްރޫނުން ކަމަށް ހަބަރުތަކުން ބުނެއެވެ. ފަލަސްތީނުގެ އެތެރޭގެ މީޑިއާތަކުން ހާމަކުރާގޮތުގައި އިޒްރޭލުގެ ސިފައިން ފަލަސްތީނުގެ ބަޔަކު ގޭގައި ތިއްބާ ހައްޔަރުކޮށް އެމީހުން ގެތައް ފާސްކުރުމަށްފަހު ހައްޔަރުކުރި މީހުންނަށް އަނިޔާކޮށްފައިވާކަމަށެވެ. މަންޒަރު ދުށް މީހުން ފަލަސްތީނުގެ މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުގައި ‘އިޒްރޭލު ސިފައިންގެ 40 އަށްވުރެ ގިނަ ވެހިކަލް އައިސް ހައްޔަރުކުރި މިމީހުންގެ ތެރޭގައި ގިނައީ އެއް އާއިލާއެއްގެ މީހުންކަމަށާއި އިޒްރޭލު ސިފައިން [...]
June 23, 2010 | ޕޯސްޓްކުރެވިފައި ވަނީ
އަރަބިދުނިޔެ |
އިތުރު ތަފްސީލް »

ޙައްދުފަހަނައަޅާފައިވާ އިޒްރޭލުން ޣާޒާގެ ކުށެއްނެތް ރައްޔިތުންނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލާ، އަދި ތިންއަހަރަށްވުރެ ދިގުމުއްދަތަކަށް ޣާއްޒާ ޙިޞާރުކޮށްފައި އޮތްއޮތުމާ ދެކޮޅުހަދައި ދުނިޔޭގެ ގައުމުތަމުން ޣާޒާގެ ރައްޔިތުންނަށް އިންސާނީ އެހީފޯރުމުވަށްޓަކައި ދަތުރުކުރާ ގާފިލާގައި ހިމެނޭ ތުރުކީގެ ބޯޓަށް ޒަޔަނިސްޓުން ދިން ޓެރަރިސްޓު ޙަމަލާއަށް ދެކޮޅުހަދާ އަޑުއުފުލާ އިޒްރޭލާ ދެކޮޅަށް ދުނިޔޭގެ ކަންކޮޅު ތަކުގައި ބާއްވަމުން ދާ މުޒާހަރާތައް ހޫނުކަމާއެކު ކުރިއަށް އެބަދެއެވެ. އިނގިރޭސިވިލާތުގައި ނުކުންނަ ނޫހެއް ކަމުގައިވާ މޯނިންގސްޓާރއިން ޚަބަރު ދޭގޮތުގައި ހުކުރު ދުވަހު މެލޭޝިޔާގައި [...]
June 10, 2010 | ޕޯސްޓްކުރެވިފައި ވަނީ
ޔޫރަޕު |
އިތުރު ތަފްސީލް »

ވޯލްޑް ޓްރޭޑް ސެންޓަރ ކައިރީ މިސްކިތް އެޅުމަށް ހަމަޖެހުމުން އެމެރިކާގައި 1000 މީހުން މުޒާހަރާކޮށްފިއެވެ. ގޮއްވާލެވުނު ވޯލްޑް ޓްރޭޑް ސެންޓަރ ކައިރީ މިސްކިތެއް ހިމެނޭ ގޮތަށް އިސްލާމިކް ސެންޓަރެއް ހެދުމަށް ހިޔާލުކުރެވި ކަމާއި ބެހޭ ފަރާތަށް ހުށައަޅާ އެކަމަށް އެސަރަހައްދުގެ ‘ކޮމިއުނިޓީ ބޯޑުން’ ނެގުނު ވޯޓުން މިސްކިތް އެޅުމަށް ވަނީ ފާސްވެފައެވެ. އެމެރިކާގައި އޮންނަ ‘ޑިމޮކްރަސީ’ގެ ހަމައިގެ މަތިން މިގޮތަށް ފާސްވެ މިސްކިތް އެޅުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ވަމުން ދާއިރު އެމެރިކާގެ ބައެއް މީހުންދަނީ ‘ޑިމޮކްރަސީ’ގެ [...]
June 9, 2010 | ޕޯސްޓްކުރެވިފައި ވަނީ
އެމެރިކާ |
އިތުރު ތަފްސީލް »

މިލިޓަރީ ޓްރެއިނިންގ ކޭމްޕެއްގައި ބަޑިޖަހާ ރަމްޒެއްގެ ގޮތުގައި މިސްކިތް ބޭނުންކުރި މައްސަލައިގައި މުސްލިމުން ރުޅި އަދިވެސް މައިތިރި ނުވާކަން ދުނިޔޭގެ އެތައް މިތަނުން ހެކިދެއެވެ. މިއީ ޔޫކޭގެ މިލިޓަރީ ފޯސް ޓްރެއިނިންގ ކޭމްޕެއްގައި ހިންގި އަމަލެއްކަމަށް ހަބަރު ލިބެއެވެ. އެމީހުންވަނީ ކޭމްޕުގައި ބަޑިޖެހުމަށް ބޭނުންކުރާ ‘އަމާޒު’ ކަމުގައި މިސްކިތްތަކެއް ހަދައިގެން އެމިސްކިތްތަކަށް ބަޑި ޖެހުމުގެ ތަފާތު ބުރުތައް ބާއްވާފައެވެ. މިމައްސަލަ މުސްލިމުންނަށް ހަބަރު ލިބުމާއި އެކުވަނީ މިނުބައި އަމަލު ހުއްޓުވުމަށް މުޒާހަރާތައް ކުރިއަށް ގެންގޮސްފައެވެ. އަދި މުޒާހަރާތައް [...]
June 9, 2010 | ޕޯސްޓްކުރެވިފައި ވަނީ
ޔޫރަޕު |
އިތުރު ތަފްސީލް »