dhiislam.com

‘ލޯބިވީ މީހަކާ އެކު…’ ގެ ނަމުގައި ވަރަށް ހާއްސަ ދަރުސްއެއް ބާއްވަނީ

» ދިއިސްލާމް ޑެއިލީ on Feb 8th, 2010 ޝާއިޢުކުރެވިފައި ވަނީ ރާއްޖޭގެ ޚަބަރު, ދަރުސް ތާވަލް. މިހާރު ތިޔަވިދާލުވަމުން ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ RSS 2.0.

ޙާއްސަ ދަރުސް: ލޯބިވީ މީހަކާ އެކު...

ހަބަރު: ދިއިސްލާމް

‘ލޯބިވީ މީހަކާ އެކު…’ ގެ ނަމުގައި ވަރަށް ހާއްސަ ދަރުސްއެއް ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

12 ފެބްރުއަރީ 2010 ވަނަ ދުވަހުގެ ރޭ 20.45 ގައި އާޓިފިޝަލް ބީޗްގައި ބާއްވާ މިދަރުސްގައި ތަގުރީރް ކުރައްވާނީ ޝެއިހް ފަރީދުކަމަށް އިސްލާމިކް ފައުންޑޭޝަންގެ ފަރާތުން އަލީ ސައީދު ދިއިސްލާމްއަށް ހާމަކުރެއްވިއެވެ. ތަފާތު މައުޟޫއަކަށް ގެނެސްދޭ މިދަރުސް އިޝްތިހާރު ކުރުމުގެ މަސައްކަތް އިސްލާމިކް ފައުންޑޭޝަންގެ ފަރާތުންދަނީ ކުރަމުންނެވެ. އެގޮތުން ޓީވީއެމްއިން އިޝްތިހާރު ދެއްކުމާއި ބެނާތަކާއި ޕޯސްޓަރުތައް ހަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ދިއިސްލާމްއަށްވަނީ ހަބަރު ލިބިފައެވެ.

އިސްލާމިކް ފައުންޑޭޝަންގެ ފަރާތުން ފަހަކަށް އައިސް ބާއްވަމުން އަންނަ ދަރުސް ތަކަކީ ގިނަ ބަޔެއްގެ ތަރުހީބު ލިބިފައިވާ ދަރުސްތަކެކެވެ.  އޭގެ ތެރޭގައި ‘ބޮޑުވެގެންވާ އިންޒާރު’ ދަރުސް އަކީ ފާހަގަ ކޮށްލެވޭ ދަރުސްއެކެވެ.

‘ލޯބިވީ މީހަކާ އެކު…’ މިދަރުސްގެ އިޝްތިހާރު ދަރުސްލައިވްގައި މިހާރު ވަނީ އާންމުކޮށްފައެވެ.

-------------------------------------------------------

1 Comment

  • << 2010.04.23 05:21, މުހައްމަދު ގެ ޚިޔާލަކީ

    ސަލާމްއަލައިކުމް!
    މި ސައިޓް އަކުން ލޯބިވި މީހާއެކު ގެ ދަރުސް އެއް ދައުންލޯޑް ކުރެވޭކަށް ނެއް….މިދަރުސް ލިބޭނެ ގޮތެއް ނެއްތަ؟

    - މިކޮމެންޓާއި މެދު ކީކޭ ބުނަނީ؟ Thumb up 1 Thumb down 0

    (ޖެއްސެވުން އެދެން)
    (އާންމު ނުކުރާނެ!)

    Spam Protection by WP-SpamFree

    atollsolutions