މުސްތާގްއަށް އެހީވެދެއްވާ! އިތުރު މައުޟޫމާތު
dhiislam.com

‘އިސްލާމިކް ފެއާރ’ މިމަހު 13 އަދި 15 ވަނަ ދުވަހު ބާއްވަނީ

» ދިއިސްލާމް ޑެއިލީ on Feb 8th, 2010 ޝާއިޢުކުރެވިފައި ވަނީ ރާއްޖޭގެ ޚަބަރު. މިހާރު ތިޔަވިދާލުވަމުން ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ RSS 2.0.

ހަބަރު: ދިއިސްލާމް.ކޮމް

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިން ބޭއްވުމަށް ހަމަޖެހިފައިވާ “އިސްލާމިކް ފެއަރ” މިމަހު 13 އަދި 15 ވަނަ ދުވަހު ބާއްވާގޮތަށް ހަމަޖައްސައިފިކަމަށް އެމިނިސްޓްރީއިން ހާމަކުރައްވައިފިއެވެ.

އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިފެއާރގައި ‘ދީނީ ސުވާލުތަކަށް ޖަވާބު ދިނުމާއި، ދީނީ ފޮތްތަކުގެ ސްޓޯލަކާއި ކުޑަކުދިންގެ ކޯނަރއެއް ހުންނާނެ ކަމަށް މިނިސްޓްރީއިން ހާމަކުރައްވައެވެ. މިފެއަރގައި މިމިނިސްޓްރީގެ އިތުރުން ހަތަރު ބުކްޝޮޕްކާއި، އަމިއްލަ ޖަމާޢަތެއް ކަމުގައިވާ މުސްލިމުންގެ ގުޅުން ބައިވެރިވެފައިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވެއެވެ.

އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޮތުގައި ‘މިފެއަރގައި ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައި ހުރި ތާރީޚީ ޤުރްއާންތަކާއި، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސިއްކަފުޅުޖެހި ތިން ސިޓީފުޅަކާއި، އޭގެ ތަރުޖަމާ ބެހެއްޓޭނެ’އެވެ.

މިދިޔަ އަހަރު ފަހުކޮޅު ބޭއްވުނު ޑިމޮކްރިސީ ފެއާރގައި އިސްލާމިކް މިނިސްޓްރީއިން ތައްޔާރުކުރި ސްޓޯލްއަށް އާންމުންގެ ސަމާލުކަންވަނީ ވަރަށް ބޮޑަށް ލިބިފައެވެ.

ގުޅުން ހުރި ބައެއް ލިޔުންތައް:

-------------------------------------------------------

މިހާތަނަށް އެއްވެސް ކޮމެންޓެއް ނެތް

(ޖެއްސެވުން އެދެން)
(އާންމު ނުކުރާނެ!)

Spam Protection by WP-SpamFree

webDesign by: atollsolutions.biz