މުސްތާގްއަށް އެހީވެދެއްވާ! އިތުރު މައުޟޫމާތު
dhiislam.com

މަހުދީގެފާނު ކަމަށް ދައުވާކުރި މީހަކު ރޭ ހައްޔަރުކޮށްފި

» ދިއިސްލާމް ޑެއިލީ on May 31st, 2010 ޝާއިޢުކުރެވިފައި ވަނީ ރާއްޖޭގެ ޚަބަރު. މިހާރު ތިޔަވިދާލުވަމުން ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ RSS 2.0.

ލިޔުނީ: އަލީ އަހްސަން

މަހުދީ ގެފާނު ކަމަށް ދައުވާކުރި މީހަކު ރޭ ހައްޔަރުކޮށްފިއެވެ.

ދިއިސްލާމްއަށް ވަރަށް މުއުތަބަރު ގޮތެއްގައި ހަބަރުލިބިފައިވާ ގޮތުގައި މިމީހާ ހައްޔަރުކޮށްފައިވަނީ މާލޭގެ 5 ވަނަ އަވަށްކަމުގައިވާ ވިލިގިލިން  ކަމަށާއި އޭނާގެ ދައުވާއަކީ އޭނާއަށް އެއީ މަހުދީ ގެފާނުކަމުގެ ‘އިހްސާސް ކުރެވޭ’ ކަމުގައެވެ. މެދުއުމުރެއްގެ މިފިރިހެން މީހާގެ މިދައުވާ ބައެއް ފަރާތްތަކުގެ ކުރިމަތީ ފާޅުކުރަމުންދާތާ ދުވަސްކޮޅެއް ވެއްޖެކަމަށް ދިއިސްލާމްއަށް ވަނީ ހަބަރު ލިބިފައެވެ.

މިހަބަރާއި ގުޅިގެން މިއީ ކިހާވަރެއްގެ ތެދެއްތޯ ބެލުމަށް ކުރެވުނު މަސައްކަތުގައި ދިއިސްލާމްއިން އޭނާއާއި ބައްދަލުކުރެވޭތޯ މަސައްކަތް ކުރަމުންދަނިކޮށް ރޭގެ ވަގުތެއްގައި އޭނާވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ވިލިގިލީގެ ބައެއް ފަރާތްތަކުން ބުނާގޮތުގައި މީނާ އުޅެނީ ‘ދަނޑިގަޑެއްގެ ކޮޅުގައި އަންނައުނު އަޅާފައިވާ އެއްޗެއް އައްސައިގެން’ ކަމަށާއި އޭނާގެ ވާހަކަތަކުގައި އެއީ މަހުދީކަމަށް ފާޅުގައި ބުނަމުންދާކަމަށެވެ. ދިއިސްލާމްއަށް ހަބަރު ލިބިފައިވާގޮތުގައި މިމައްސަލަ ފެންމަތިވެފައިވަނީ ‘ވިލިގިލީ ކުޑަކުއްޖަކު ސުކޫލުން ނިމިގެން އެކުއްޖާގެ މަންމަ ކައިރީގައި މިއީ ރަސޫލާ ވަޑައިގަންނަވާ ވަގުތުކަމަށް ބުނުމުން އެކުއްޖާގެ މަންމަ ‘ރަސޫލާ’ އަކީ ކާކުހޭ ބުނިކަމަށާއި އެކުއްޖާ ބުނިކަމުގައިވަނީ އެއީ ‘މަހުދީގެފާނު’ކަމަށެވެ. އެހެންވެ ކުޑަކުއްޖާގެ މަންމަ އެބުނާ ‘މަހުދީގެފާނު’ ބެލުމަށް މަޑުކުރި ކަމަށާއި އިރުކޮޅެއްފަހުން އެތަނަށް މީހަކު އައިކަމަށްވެއެވެ. ދެން އޭނާ ކައިރީ އެވާހަކަ އެހުމުން އެމީހާ އޭނާ އަކީ ‘މަހުދީގެފާނު’ކަމަށް ސާބިތުވެ ހުރެ ބުނެފައިވާކަމަށެވެ.’

އިމާމް މަހުދީ ނުވަތަ މަހުދީގެފާނަކީ ފަހު ޒަމާނުގައި ދުނިޔެ އިސްލާހުގެ މަގަށް ގެނައުމަށް ވަޑައިގަންނަވާނެ އިމާމްއެކެވެ. އިމާމް މަހުދީ ވަޑައިގައިގަތުން އެއީ ޤިޔާމަތުގެ ބޮޑު އަލާމާތެކެވެ. ހަމައެހެންމެ ފަހުޒަމާނުގައި ‘ދޮގު’ މަހުދީ ގެފާނުތަކެއްވެސް ފާޅުވާނެއެވެ. އެގޮތުން މީގެ ކުރިންވެސް މިފަދަ އެތައް ‘އިމާމް މަހުދީ’ ތަކެއްވަނީ ފާވެފައެވެ. އެހެނަސް މިއީ މިރާއްޖޭގައި މިފަދަ ދައުވާއެއް ކުރި ފުރަތަމަ ފަހަރެވެ.

ނަމެއް އަދި އުފަން ރަށެއް ސާފުނުވާ މިމީހާ މިހާރު ހުރީ ވިލީފުލުސްގައިކަމަށް ދިއިސްލާމްއިން މިހާތަނަށް ބެލިބެލުމުން ވަނީ ކަށަވަރުކުރެވިފައެވެ.

އިތުރު ތަފްސީލު ލިބުނުހާވަރަކަށް ދިއިސްލާމްއިން ގެނެސްދެވޭނެ، އިންޝާﷲ

ގުޅުން ހުރި ބައެއް ލިޔުންތައް:

-------------------------------------------------------

12 ކޮމެންޓް މިހާތަނަށް ލިބިފައިވޭ!

  • << 2010.05.31 08:22, Imaadh bin Nasir ގެ ޚިޔާލަކީ

    thee aneakaa moya ea noon tha? Addu atoll maradoo gaives cyco meehaku thimanna mee Ibraahim ge faaney kiyaigen ulhunu. emeehaa namaadhu kuranee ves vakin. Quran gaboolu kuraa kamashaai dharus thakugai thimanna hutta nethey bunumakee massalaea kamae a naa buney. adhi raajje gharagu koelumae a na ae vahi anna kama a na dhauvaa kurey. hehe.
    raajjeyge haalathu

    (ހޫނު ބަހުސް، ތިބޭފުޅާއަށް ކަމުދޭތަ ނުވަތަ ކަމަކު ނުދޭތަ؟) Thumb up 25 Thumb down 8

    • << 2010.05.31 08:39, މަ ގެ ޚިޔާލަކީ

      Hidden due to low comment rating. Click here to see.

      (ގިނަ މީހުންނަށް މިކޮމެންޓް ކަމަކުނުދޭ! ތިބޭފުޅާއަށް ކަމުދޭތަ ނުވަތަ ކަމަކު ނުދޭތަ؟) Thumb up 13 Thumb down 15

      • << 2010.05.31 09:42, އިސްމާޢިލް ޖަމީލް ގެ ޚިޔާލަކީ

        މިމީހާ އަކީ ކިހާ ތެދު ހަދާމީއެކަމަށް އެރަށުގެ ރައްޔިތުބުނޭތަ!

        (ހޫނު ބަހުސް، ތިބޭފުޅާއަށް ކަމުދޭތަ ނުވަތަ ކަމަކު ނުދޭތަ؟) Thumb up 16 Thumb down 14

        • << 2010.05.31 13:00, Nisham ގެ ޚިޔާލަކީ

          How was his religious status ? Can anyone tell me if you know?

          - މިކޮމެންޓާއި މެދު ކީކޭ ބުނަނީ؟ Thumb up 11 Thumb down 8

          • << 2010.06.01 06:04, މީ މަށޭ! ގެ ޚިޔާލަކީ

            މަހުދީގެފާނޭ؟ އަމާތަ؟ އެވެސް ވިލިގިލީގަ އުޅެނިކޮށް؟ ރާއްޖެ ދާ ކޮޅެއް މަށަކަށް ނޭގެ! މުސްލިމުކަމުގެ ހައްދުފަހަނަ އެޅުމަކަށް ކަމެއް ނޫނީ ދީނުން ބޭރުވުމަށް ކަމެއް. މިތަނުން ކޮންމެސް އެއްދިމާލަކާށް ރާއްޖޭ އެބަ ދޭ، އެއި ކޮންދިމާލއްކަމެއް ހަމ އެއްގޮތަކަށް ނޭނގެ!

            (ހޫނު ބަހުސް، ތިބޭފުޅާއަށް ކަމުދޭތަ ނުވަތަ ކަމަކު ނުދޭތަ؟) Thumb up 22 Thumb down 7

            • << 2010.06.02 15:28, habeeb ގެ ޚިޔާލަކީ

              mi ee kihaa dhera kameh . amilla ah bodaave thimannaa aky molhu meehakah vumakee gaboolu kureveyne kamehta? haadh heavaeyy dho?

              - މިކޮމެންޓާއި މެދު ކީކޭ ބުނަނީ؟ Thumb up 5 Thumb down 5

              • << 2010.06.03 01:38, naushad ގެ ޚިޔާލަކީ

                އަޅުގަނޑު މަސައްކަތްކުރަނީ ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ނަމަވެސް އެތަނަށް މިކަހަލަ މައްސަލައެއް ހުށަހެޅިފައި އޮތް ކަމަށް މަޢުލޫމާތު ލިބިފައެއް ނެތް.. އަދި އަޅުގަނޑަށް މައުލޫމާތު ލިބުނު ގޮތުގައި މިމީހާ ހައްޔަރުކުރީ ގއ.ވިލިނގިލި ޕޮލިސް ސްޓޭޝަނުން…

                - މިކޮމެންޓާއި މެދު ކީކޭ ބުނަނީ؟ Thumb up 13 Thumb down 5

                • << 2010.08.05 04:23, މަލްރިސް ގެ ޚިޔާލަކީ

                  މިވެސް ރާއްޖޭގައި އުޅޭ ބަޔަކީތާދޯ؟ ކީއްކުރާނީ މިކަހަލަ ކަންތައްތައް ވަމުން އަންނަންޔާ ކުރިއަށް އަންނަ ޖީލަށް ވަރަށް އަސަރު ކުރާނެ… އިސްލާމް ދީނަކީ އެންމެ ފަސޭހަ ދީން. އެދީނަށް ބޯލަނބާ ކިޔަމަންވާ މީހުންނަށް އޭގެ ނަތީޖާ ފަހުން އެބަޔަށްކަށް އިނގޭނެ. އުއްމީދު ކުރަނީ ރާއްޖޭގެ ހުރިހާ އަހުލުވެރިންވެސް އިސްލާމް ދީނަށް ބޯލަނބާނެ ކަމަށް.

                  - މިކޮމެންޓާއި މެދު ކީކޭ ބުނަނީ؟ Thumb up 1 Thumb down 0

                • << 2010.08.08 04:49, މޯޑް ގެ ޚިޔާލަކީ

                  މި ފަދަ ކޮންމެ ކަމަކަށް ޖޯކް ޖެހުމުގެ ބަދަލުގައި ވިސްނަްވީ މިއީ ދުނިޔޭގެ ނިމުން ގެ ޢަލާމާތެއް ކަމުގައެވެ. ތިމާމެންގެ އަމަލުތައް ސީދާ ކުރުމަށް ﷲ ދެއްވާ ކުރު މެސެޖް ތައްކަމެވެ. ވީމާ ޖޯކް ޖެހުމުގެ ބަދަލުގައި އެފަދަ މީހުންނަށް ހިދާޔަތު ދެއްވުމަށް ދުޢާ ކުރުމާއެކު ތިބާގެ ޢަމަލުރތައް ސީދާކޮށް ތައުބާވެލައްވާ އަޚާ އަދި އުޚްތާ!

                  - މިކޮމެންޓާއި މެދު ކީކޭ ބުނަނީ؟ Thumb up 9 Thumb down 0

                  • << 2010.08.15 04:52, Ahmed zuhair ގެ ޚިޔާލަކީ

                    saitu alhuganda varakamudhe ekamu mimauloomaathugai evany kon viligiyekan saafukolinama miavure meehunge ithubaaru misaita boduveeskan yageen

                    - މިކޮމެންޓާއި މެދު ކީކޭ ބުނަނީ؟ Thumb up 1 Thumb down 0

                    • << 2010.08.15 12:21, Moosa bin jaleel ގެ ޚިޔާލަކީ

                      mifennany hahthahaa ves giyaamah vumuge alaamaithah…

                      - މިކޮމެންޓާއި މެދު ކީކޭ ބުނަނީ؟ Thumb up 2 Thumb down 0

                      • << 2010.08.25 12:14, AHMED SHAREEF ގެ ޚިޔާލަކީ

                        Inna lihlaahi vainna ilehi raajium….. alhe heyo nvaane mikahal kantha kuraakashe…mee dheenuge halaaku..enme fahun mi meehun aharumenna dheen olhuvaalan ulhenee tha

                        - މިކޮމެންޓާއި މެދު ކީކޭ ބުނަނީ؟ Thumb up 0 Thumb down 0

                        (ޖެއްސެވުން އެދެން)
                        (އާންމު ނުކުރާނެ!)

                        Spam Protection by WP-SpamFree

                        webDesign by: atollsolutions.biz