
އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް ހަމަލާދިން ހާދިސާއަށް ނުވަ އަހަރުވުން ފާހަގަކުރުމުގެ ގޮތުން އެދުވަހު ޤުރުއާން އެންދުމަށް އެމެރިކާގެ ފަށްޅިއަކުން މީސްތަކުންނަށް އަންގަމުން އެބަ ދެއެވެ. ފޮލޮރިޑާގައި ހުންނަ ދަ ޑޯވް ވޯލްޑް އައުޓް ރީޗް ސެންޓާ ނަމަކަށް ކިޔާ މި ފައްޅިން އިއްޔެ ވަނީ ފޭސްބުކުގައި އެ ހަރަކާތް ޕްރޮމޯޓުކުރުމުގެ ގޮތުން ޕޭޖެއް ހުޅުވައިފައެވެ. ނަމަވެސް މިހާތަނަށް އަދި މި ޕޭޖަށް ވަނީ މާބޮޑު ތާއީދެއް ނުލިބިފައެވެ. ފަށްޅީގެ އެންމެ އިސް ފަރާތްކަމުގައިވާ ޓެރީ ޖޯންސް، [...]
July 31, 2010 | ޕޯސްޓްކުރެވިފައި ވަނީ
އެމެރިކާ |
އިތުރު ތަފްސީލް »

އިޒްރޭލުން އިއްޔެގެ ވަގުތެއްގައި ދިން ވައިގެ ހަމަލާތަކެއްގައި ފަލަސްތީނުގެ 8 މީހުން ޒަހަމްވެއްޖެއެވެ. ފަލަސްތީނުގެ ނޫސްވެރިޔަކު ހާމަކުރިގޮތުގައި، އިޒްރޭލުން ވަނީ، ހަމާސުން ހިންގާ ޕޮލިސް ޓްރެއިނިންގް ސެންޓަރަކަށް ދެ ރޮކެޓު ހަމަލާ ފޮނުވާ ލައިފައެވެ. ނަމަވެސް އިޒްރޭލުގެ މީޑިޔާތަކުން ހާމަކުރަމުން ދާގޮތުގައި، އިޒްރޭލުން އިއްޔެގެ ހަމަލާތައް އަމާޒުކޮށްފައިވަނީ، އުތުރު ގައްޒާގައި އޮންނަ ޓެރެރިސްޓުންނާ ގުޅުން އޮންނަ ތަނަކަށާއި، ހަތިޔާރު އުފައްދާ ގުދަނެއްގެ އިތުރުން ހަތިޔާރު ސްމަގުލް ކުރަން ބިމު އަޑީގައި ހަދާފައިވާ ބިން ގަރާހަކަށެވެ. އިޒްރޭލުގެ މިލިޓަރީން [...]
July 31, 2010 | ޕޯސްޓްކުރެވިފައި ވަނީ
އަރަބިދުނިޔެ,
ދުނިޔެ |
އިތުރު ތަފްސީލް »

ފުވައްމައްލަކު ޔޫތު ސޮސައިޓީ ގެފަރާތުން އިންތިޒާމު ކޮށްގެން ބާއްވާ ވަރަށް ޙާއްޞަ ދަރުސެއް، 1 އޮގަސްޓް 2010 ދުވަހުގެ ރޭ 20:45 ގައި ފުވައްމުލަކު ރަސްމީ ބޯޅަދަޑު ގައި އޮންނާނެއެވެ. ދަރުސްގެ މައުޟޫޢުއަކީ “ފުރުސަތު ނަގާނުލާ” މިއެވެ. ދަރުސް ދެއްވާނީ ރާއްޖޭގެ މަޝްހޫރު އިލްމުވެރިއެއް ކަމުގައިވާ އައްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު އެވެ. މި ދަރުސްތަކަށް ވީހާވެސް ގިނަ ފުވައްމައްލަކު އަޚުންނާއި އުޚްތުން ޚާޟިރުވުމަކީ ދަރުސް އިންތިޒާމް ކުރާ ފަރާތުގެ ވަރަށް ބޮޑުއެދުމެކެވެ.

ލިޔުނީ: ހުސެއިން ސާލިމް އަފްގާނިސްތާނުގެ ހަމަނުޖެހުން ބޮޑު ދެކުނުގެ ސަރަހައްދުގައި އިއްޔެ ދެވުނު ދެ ހަމަލާއެއްގައި، މަރުވި އެމެރިކާގެ 3 މީހުންނާއެކު، ޖުލައި މަހަކީ 9 އަހަރުވެފައިވާ އަފްގާން ހަނގުރާމައިގާ އެމެރިކާއަށް އެންމެ ގެއްލުން ބޮޑު މަހަށް ވަނީ ވެފައެވެ. އިއްޔެގެ ހަމަލާގައި މަރުވި މީހުން ނިސްބަތްވާ ޤައުމު ނޭޓޯއިން ހާމު ކޮށްފައި ނުވިނަމަވެސް އެމެރިކާގެ އޮފިޝަލަކު ހާމަކޮށްފައިވަނީ، އިއްޔެ މަރުވެފައިވާ 3 މީހުންނަކީވެސް އެޤައުމަށް ނިސްބަތްވާ 3 މީހުން ކަމަށެވެ. އެމެރިކާއާއި، ނޭޓޯގެ ކޮމާންޑަރުން މިހާރު [...]
July 30, 2010 | ޕޯސްޓްކުރެވިފައި ވަނީ
އަރަބިދުނިޔެ |
އިތުރު ތަފްސީލް »
2010 ވަނަ އަހަރުގެ ޖުލައި 30 ވަނަ ދުވަހު އިސްލާމީ މަރުކަޒުގައި ކުރެވުނު ހުކުރު ނަމާދުގައި ދެއްވި ޚުޠުބާ.
July 30, 2010 | ޕޯސްޓްކުރެވިފައި ވަނީ
ވީޑިއޯ |
އިތުރު ތަފްސީލް »

ފަލަސްތީނަށް އުފަން މަހްމޫދު އަބްދުލް ހާފިޒާއި، އޭނަގެ ކޮށްކޮ މުޙައްމަދު، 62 އަހަރުފަހުން ފުރަތަމަފަހަރަށް ބައްދަލުވެއްޖެއެވެ. މި ދެ އަހުން ބައްދަލުވެފައިވަނީ މިދިޔަ ހުކުރު ދުވަހު ޖޯޑަންގެ ވެރިރަށް އައްމާންގައި ހުންނަ އެމީހުންގެ ތިމާގެ މީހެއްގެ ގޭގައެވެ. މިހާރު އަބްދުލް ހާފިޒުގެ އުމުރުން 82 އަހަރު ވެފައިވާއިރު އޭނަގެ އެއްބަނޑު އެއްބަފާ ކޮށްކޮ، މުހައްމަދުގެ އުމުރަކީ 75 އަހަރެވެ. ފަލަސްތީނުގެ އެއް އާއިލާއަށް ނިސްބަތްވާ މި ދެ އަހުން ވަކިވެފައިވަނީ 1948 ވަނަ އަހަރު އިޒްރޭލުން ފަލަސްތީނުގައި [...]
July 29, 2010 | ޕޯސްޓްކުރެވިފައި ވަނީ
އަރަބިދުނިޔެ |
އިތުރު ތަފްސީލް »

ޣީބަބުނުމުން ސަލާމަތްވާނީ ކިހިނެއް؟ 1. ﷲ އަށް ތަގްވާވެރިވުން. އަދި ﷲ އަށް ލަދުވެތިވުން. މިކަން ޙާޞިލް ކުރެވޭނީ ގިނަގިނައިން ގުރްއާން ކިޔަވާ އަދި އެއަޑުއަހާ ހެދުމުންނެވެ. އަދި ކީރިތި ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމް ގެ ކިބައިން ޣީބަބުނުމުގެ ނުބައިކަމާއި މެދު ވާރިދެވެފައިވާ ޙަދީޘް ތައް މުދާރަސާކޮށް، އެންމެހައި ކުށްފާފަ ތަކުން ދުރުހެލިވުން. ﷲ ވަޙީ ކުރެއްވިއެވެ. (أَمْ يَحْسَبُونَ أَنَّا لَا نَسْمَعُ سِرَّهُمْ وَنَجْوَاهُمْ بَلَى وَرُسُلُنَا لَدَيْهِمْ يَكْتُبُونَ) الزخرف: ٨٠ މާނައަކީ: [...]
July 29, 2010 | ޕޯސްޓްކުރެވިފައި ވަނީ
ދިރާސާ |
އިތުރު ތަފްސީލް »
ތިރީގައިވާ ވީޑިއޯ އިން ފެނިގެންދާނީ އެމެރިކާގެ ފައްޅިއެއްގައި ބަހައްޓާފައިވާ ނަޞާރާއިންގެ ބޮޑު ބުދަކަށް ހޮނުއަޅައި ބަލަންތިބި މީހުންގެ ކުރިމަތީގައި އަދައި ހުލިވި ވީޑިއޯއެވެ. މިއީ މިއަހަރު ހިނގި ހާދިސާއެކެވެ. ރަސްކަލުންގެ ރަސްގެފާން (ކިންގު އޮފް ކިންގު)ގެ ނަމުން އެމީހުން މުހާތަބުކުރާ މިބުދަކީ ނަސާރާއިން އަޅުކަން ކުރުމަށް އެމެރިކާގެ އޮހިއޯގައި ހަދާފައިވާ ފައްޅިއެއްގައި ބަހައްޓާފައިވާ ބުދެކެވެ. ޕުލާސްޓިކް ފޯމްއާއި ފައިބަރގުލާސްއާއި ސުޓީލް ފުރޭމް ބޭނުން ކޮއްގެން ހަދާފައިވާ މި ‘ޖީސަސް’ ބުދަކީ ހަ ބުރީގެ އުސް އިމާރާތަކަށް ވުރެވެސް [...]
July 29, 2010 | ޕޯސްޓްކުރެވިފައި ވަނީ
ވީޑިއޯ |
އިތުރު ތަފްސީލް »

މިއަދު މާލެއަށް ކޮޅިގަނޑެއް އަރައިފިއެވެ. މެޓް އޮފީހާއި ހަވާލާދީ ހަވީރު ނޫހުން ހާމަކުރާގޮތުގައި މިއަދު މެދުރާއްޖެތެރޭއަށް ކޮޅިގަނޑެއް އައިސްފައިވާކަމަށާއި ކޮޅިގަނޑުގައި 60 މޭލުގެ ބާރު މިނުގައި ވައިޖެހިފައިވާކަމަށެވެ. އަދި މިއީ މިއަހަރު އެންމެ ވައިގަދަވި ދުވަސް ކަމުގައިވެސް މެޓް އޮފީހުން ފާހަގަ ކޮށްފައިވެއެވެ. ދިއިސްލާމްއަށް ހަބަރު ލިބިފައިވާގޮތުގައި މާލެއަށް މިއަދު ޖެހުނު ގަދަ ވައިގެ ސަބަބުން ބައެއް ސަރަހައްދުތަކަށް އޭގެ ގެއްލުން ލިބިފައިވެއެވެ. އޭގެ ތެރޭގައި ބައެއް ސަރަހައްދުތަކުގެ ގަސް ވެއްޓިފައިވާކަން މިހާތަނަށް އެނގިފައިވެއެވެ. އާންމުގޮތެއްގައި މާލެއަށް [...]
July 28, 2010 | ޕޯސްޓްކުރެވިފައި ވަނީ
ރާއްޖޭގެ ޚަބަރު |
އިތުރު ތަފްސީލް »

‘ހެޔޮކަންތައްތަކަށް އަވަސްވެގެންނާށެވެ!’ މިމަޢުލޫއަށް ބާއްވަން ހަމަޖެހިފައިވާ ދަރުސް މިޖުލައިމަހުގެ 30 ވާ ހުކުރުދުވަހުގެ ރޭ އަލިމަސް ކާނިވަލުގައި އޮންނާނެކަމަށް ޢަދާލަތު ޕާޓީއިން ހާމަކުރައްވައިފިއެވެ. ކުރިން ‘ރޯދައިގެ ހަދިޔާ’ މިމައުޅުޢަށް ބާއްވަން ހަމެޖެހިފައިވާ ދަރުސް، ‘ހެޔޮކަންތައްތަކަށް އަވަސްވެގަންނާށެވެ.’ މިމަޢުލޫއަށް ބަދަލުކޮށް ދަރުސް ބާއްވަން ނިންމީ އެތައް ފަހަރެއްގެ މަތިން “ރޯދައިގެ ހަދިޔާ” މިމަޢުލޫއަށް ޝައިޚް އިލްޔާސްގެ ދަރުސްތައް ބޭއްވިފައިވާތީކަމުގައި ޢަދާލަތު ޕާޓިއިން ހާމަކުރައްވައެވެ. ޝައިޚް އިލްޔާސް އަކީ ރާއްޖޭގެ ކަންކޮޅުތަކުގައި އިސްލާމީ ދަންމަރު ފެތުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް [...]