މުސްތާގްއަށް އެހީވެދެއްވާ! އިތުރު މައުޟޫމާތު
dhiislam.com

Archive for ‘May, 2010’

ގުއަޓަނާމޯބޭގެ ޤައިދީން ގެނައުމުގެ ޤާބިލުކަން ދިވެހިސަރުކާރުގައި އަދި ނެތް: ޖަމްޢިއްޔަތު ސަލަފް

ގުއަޓަނާމޯބޭގެ ޤައިދީން ގެނައުމުގެ ޤާބިލުކަން ދިވެހިސަރުކާރުގައި އަދި ނެތް: ޖަމްޢިއްޔަތު ސަލަފް

ގުއަޓަނާމޯބޭގެ ޤައިދީން ރާއްޖެ ގެންނަން ދިވެހިސަރުކާރަކީ އެންމެ އެކަށީގެންވާ ބަޔެއް ނޫންކަމާއި، ދިވެހިސަރުކާރުގެ ރޭވުންތެރިކަމާއި ސިޔާސަތު އެފަދަ ކަމަކަށް  ކުރިމަތިލުމުގައި ތަސައްރުފް ނުފުދޭނެކަމާއި އަދި އެކަށީގެންވާ ޤާބިލްކަން ދިވެހިސަރުކާރުގައި އަދި ނެތްކަމަށް ޖަމްޢިއްޔަތު ސަލަފްގެ ރައީސް ވިދާޅުވެއްޖެއެވެ. ޖަމްޢިއްޔަތު ސަލަފްގެ ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ މަޝްހޫރު ދީނީ ވެބްސައިޓް ރާއްޖެއިސްލާމަށް ދެއްވި ޚާއްސަ ބަސްދީ ގަތުމެއްގައެވެ. ރާއްޖެއިސްލާމް ވެބްސައިޓްގައި ޖަމްޢިއްޔަތު ސަލަފްގެ ރައީސް އިތުރަށް ހާމަކޮށްފައިވާގޮތުގައި ‘ސިޔާސީގޮތުންނާއި، އިޤްތިޞާދީގޮތުން އަދި ދީނީ ގޮތުން ދިވެހިރާއްޖެ މިހާ [...]

ކީރިތި ޤުރުއާން ކިޔެވުމުގެ 25 ވަނަ ގައުމީ މުބާރާތް ފެށިއްޖެ

ކީރިތި ޤުރުއާން ކިޔެވުމުގެ 25 ވަނަ ގައުމީ މުބާރާތް ފެށިއްޖެ

ކީރިތި ޤުރުއާން ކިޔެވުމުގެ 25 ވަނަ ގައުމީ މުބާރާއް އިއްޔެ ހެނދުނު ފެށިއްޖެއެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލާމްގައި ކުރިއަށްދާ މިމުބާރާތުގައި މިއަދު ކިޔެވުން ފަށާފައިވަނީ މާލެއިން ބައިވެރިވެފައިވާ ދަރިވަރުންނަށް ކަމަށާއި ޖޫންމަހު ހަތަރު ވަނަ ދުވަހު އަތޮޅުތަކުގެ ދަރިވަރުންގެ ކިޔެވުން ފެށޭނެކަމަށް ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ހާމަކުރެއެވެ. ކޮންމެ ދުވަހަކުވެސް ނުވަދިހަ ދަރިވަރުން ކިޔެވުމަށް ހަމަޖެހިފައިވާ މިމުބާރާތްކުރިއަށް ގެންދަނީ ހެނދުނާއި މެންދުރުފަހާއި އަދި ރޭގަނޑު ހިމެނޭގޮތަށް ތިންދަންފަޅިއަށް ބަހާލައިގެންކަމަށާއި ރޭގަނޑު ދަންފަޅީގައި ކިޔަވާނީ 11 އަހަރުން [...]

ސްޕޭންގައިވެސް މޫނުބުރުގާ ‘މަނާ’ ކޮށްފި

ސްޕޭންގައިވެސް މޫނުބުރުގާ ‘މަނާ’ ކޮށްފި

ސްޕޭންގައިވެސް މޫނުބުރުގާ ‘މަނާ’ ކޮށްފިއެވެ. ހަބަރަތައް ބުނާގޮތުގައި ސްޕޭންގައި އާންމުތަންތަނުގައި މޫނު ބުރުގާ އެޅުން މަނާކޮށްފައިވަނީ ‘ސްޕެނިޝް ކައުންސިލް’ ގެ ފަރާތުން ނެގި ވޯޓަކުންނެވެ. މިވޯޓުގެ ނަތިޖާއިން ދައްކާގޮތުގެ މަތިން ‘މޫނު ބުރުގާ އާންމު ތަންތަނުގައި އެޅުން މަނާ’ކޮށްފައިވާކަން މިއަދުގެ ވަގުތެއްގައި ވަނީ އިއުލާންކޮށްފައެވެ. ‘މިއީ އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަ ކަން ހޯދައިދިނުމާއި އަންހެނުންނަށް މިނިވަންކަން ލިބިދިނުމުގެ ގޮތުން ނިންމި ނިންމުމެއްކަމަށެވެ. އެހެން ނޫނަސް މިޒަމާނަކީ ދީނީ ކަންކަމާއި ގުޅިގެން މަޝްވަރާކުރެވޭ ޒަމާނެއް ނޫންކަމަށެވެ.’ އެސަރަހައްދުގެ މޭޔާ [...]

މަހުދީގެފާނު ކަމަށް ދައުވާކުރި މީހަކު ރޭ ހައްޔަރުކޮށްފި

މަހުދީގެފާނު ކަމަށް ދައުވާކުރި މީހަކު ރޭ ހައްޔަރުކޮށްފި

މަހުދީ ގެފާނު ކަމަށް ދައުވާކުރި މީހަކު ރޭ ހައްޔަރުކޮށްފިއެވެ. ދިއިސްލާމްއަށް ވަރަށް މުއުތަބަރު ގޮތެއްގައި ހަބަރުލިބިފައިވާ ގޮތުގައި މިމީހާ ހައްޔަރުކޮށްފައިވަނީ މާލޭގެ 5 ވަނަ އަވަށްކަމުގައިވާ ވިލިގިލިން  ކަމަށާއި އޭނާގެ ދައުވާއަކީ އޭނާއަށް އެއީ މަހުދީ ގެފާނުކަމުގެ ‘އިހްސާސް ކުރެވޭ’ ކަމުގައެވެ. މެދުއުމުރެއްގެ މިފިރިހެން މީހާގެ މިދައުވާ ބައެއް ފަރާތްތަކުގެ ކުރިމަތީ ފާޅުކުރަމުންދާތާ ދުވަސްކޮޅެއް ވެއްޖެކަމަށް ދިއިސްލާމްއަށް ވަނީ ހަބަރު ލިބިފައެވެ. މިހަބަރާއި ގުޅިގެން މިއީ ކިހާވަރެއްގެ ތެދެއްތޯ ބެލުމަށް ކުރެވުނު މަސައްކަތުގައި ދިއިސްލާމްއިން އޭނާއާއި ބައްދަލުކުރެވޭތޯ [...]

ހުކުރު ޚުޠުބާ 28.05.2010

2010 ވަނަ އަހަރުގެ މެއި 28 ވަނަ ދުވަހު އިސްލާމީ މަރުކަޒުގައި ކުރެވުނު ހުކުރު ނަމާދުގައި ދެއްވި ޚުޠުބާ.

އެމެރިކާގެ ދަންމަޅީގައި ދިވެހިން ޖެހިދާނެކަމުގެ ބިރު (ބާބު 1)

އެމެރިކާގެ ދަންމަޅީގައި ދިވެހިން ޖެހިދާނެކަމުގެ ބިރު (ބާބު 1)

ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ޓެރަރިސްޓް ޙަމަލާތަކެއްގެ ފުރުޞަތު އޮތީ ޤައުމުގެ އެތެރެއަށްވުރެ ބޮޑަށް ބޭރުން ކަމުގައި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބެސެޑަރު ޕެޓްރީސިއާ ބުޓެނިސް ބުނެފި އެވެ. މީގެ ސަބަބެއް ކަމުގައި ބުނީ ދިވެހިރާއްޖެއާއި ގާތުގައި ސޯމާލިޔާގެ ކަނޑުފޭރޭ މީހުން ޙަރަކާތްތެރިވަމުން ދިޔުމާއި، އަފްޣާނިސްތާނު އަދި ޕާކިސްތާނުގައި ހިނގަމުންދާ ހަނގުރާމައާއި، މަސްތުވާތަކެތީގެ ވިޔަފާރިއާއި ޓެރަރިޒަމް މިއީ މިފަދަ ކަމެއް މެދުވެރިކުރުވަފާނެ ކަންތައްތައް ކަމުގަ އެވެ. ދިވެހިރާއްޖެ އަކީ ޒަމާނުއްސުރެ މެދުމިނުގެ ވިސްނުމެއް ގެންގުޅެމުން [...]

ގާޒާގެ އެއާރޕޯޓަށް 48 ގަޑިއިރު ތެރޭގައި ދެ ފަހަރަށް އިޒްރޭލުން ބޮން އަޅައިފި

ގާޒާގެ އެއާރޕޯޓަށް 48 ގަޑިއިރު ތެރޭގައި ދެ ފަހަރަށް އިޒްރޭލުން ބޮން އަޅައިފި

ގާޒާގެ އެއާރޕޯޓަށް 48 ގަޑިއިރު ތެރޭގައި ދެ ފަހަރަށް އިޒްރޭލުން ބޮން އަޅައިފިއެވެ. އިޒްރޭލުގެ އަނިޔާވެރިކަމުގެ ސިލްސިލާގެ ދަށުން މިއަދުގެ ވަގުތެއްގައިވެސް ފަލަސްތީނުގެ ގާޒާ އެއާރޕޯޓަށް 9 މިސައިލުން ހަމަލާ ދީފައިވާކަމަށް ފަލަސްތީނުގެ އެތެރޭގެ މީޑިއާތަކުން ހަބަރުދެއެވެ. ‘ރަފަހ އިންޓަނޭޝަނަލް އެއާރޕޯޓް’ އަށް އަމާޒުކޮށް އިޒްރޭލުން ފަށާފައިވާ މިހަމަލާތަކުގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވެފައިވާކަމެއް އެނގިފައި ނުވިނަމަވެސް އިއްޔެގެ ވަގުތެއްގައިވެސް ގާޒާގެ އެއާރޕޯޓްގެ އިމާރާތަކަށް ހަމަލާދީފައިވާކަމަށް ހަބަރުލިބެއެވެ. ފަލަސްތީނުގެ އެތެރޭގައި ދެވޭ މިފަދަ ހަމަލާތަކުގެ ހަބަރު ގިނަ [...]

‘ކާފަރުންކަން’ އިއުލާން ކުރި މީހާ 5 ދުވަހުގެ މުއްދަތައް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރަނީ

‘ކާފަރުންކަން’ އިއުލާން ކުރި މީހާ 5 ދުވަހުގެ މުއްދަތައް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރަނީ

‘ކާފަރުންކަން’ އިއުލާން ކުރި މީހާ 5 ދުވަހުގެ މުއްދަތައް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމުގެ ހުއްދަ ޖިނާއީ ކޯޓުން ދީފިއެވެ. ޒާކިރު ނައިކްގެ ދަރުސް ނިމި ސުވާލާއި ޖަވާބު ސެޝަން ކުރިއަށް ދަނިކޮން ދިވެއްސަކު އޯޑިއަންސްގެ ކުރިމަތީގައި ‘ކާފަރުކަން’ އިއުލާން ކުރުމާއި ގުޅިގެން އެމައްސަލަ ތަހުގީގުކުރުމަށް ހަމަޖެހިފައިވާއިރު މިތަހުގީގު ކުރިއަށްދާނީ އިސްލާމިކް މިނިސްޓްރީއާއި ޕީޖީ އޮފީހާއި ސަރުކާރުގެ އެހެނިހެން އިދާރާތަކާއި ގުޅިގެންކަމަށް ހަބަރުލިބެއެވެ. ފަހުގެ ތާރީހުގައި މިހާ ފާޅުކަން ބޮޑުގޮތެއްގައި ދީނެއް ގަބޫލުނުކުރާކަމަށް އިއުލާން ކުރި މިއީ [...]

ބަންގްލަދޭޝްގައި ވެސް ފޭސްބުކް ‘ބްލޮކް’ ކޮށްފި

ބަންގްލަދޭޝްގައި ވެސް ފޭސްބުކް ‘ބްލޮކް’ ކޮށްފި

ބަންގްލަދޭޝްގައި ވެސް ފޭސްބުކް ‘ބްލޮކް’ ކޮށްފިއެވެ. ހަބަރުތައް ލިބޭގޮތުގައި ބަންގާޅީގައި ފޭސްބުކް ‘ބްލޮކް’ ކޮށްފައިވަނީ ރަސޫލާއަށް ކާޓޫނު ކުރެހުމުގެ ފޯރި ފޭސްބުކްގައި ގަދަވެގެން ދިއުމުގެ ސަބަބުން ކަމަށް ބަނގްލަދޭޝްގެ ސަރުކާރުގެ އޮފިޝަލުން ހާމަކުރެއެވެ. ހޮނިހިރު ދުވަހުގެ ފަހުގެ ވަގުތެއްގައި ކަމާއިބެހޭ ފަރާތްތަކުން ފޭސްބުކްއަށް ނުވަދެވޭގޮތައް ހަދާފައިވާއިރު ބަނގްލަދޭޝްގެ މަގުތަކުގައި ‘ފޭސްބުކް މަނާކުރުމަށް’ އެދި އެތައް ބަޔަކު ވަނީ މުޒާހަރާތައް ކުރިއަށް ގެންގޮސްފައެވެ. އެމީހުން ގޮވަމުންދިޔައީ މިއީ ‘އިސްލާމްދީނާއި ދެކޮޅަށް ކުރިއަށްދާ ޕްރޮޕެގެންޑާ’އެއްކަމަށާއި ރަސޫލާއަށް ކާޓޫނު ކުރަހަނީ ފުރައްސާރަކުރުމުގެ [...]

އެލްކޭޖީއިން ފެށިގެން ޔުނިވަސީޓީ ނިމެންދެން ރާއްޖޭގައި އިސްލާމް މާއްދާ މަޖުބޫރު ކުރަންޖެހޭނެ – ޑރ. ޒާކިރު ނައިކު

އެލްކޭޖީއިން ފެށިގެން ޔުނިވަސީޓީ ނިމެންދެން ރާއްޖޭގައި އިސްލާމް މާއްދާ މަޖުބޫރު ކުރަންޖެހޭނެ –  ޑރ. ޒާކިރު ނައިކު

އެލްކޭޖީއިން ފެށިގެން ޔުނިވަސީޓީ ނިމެންދެން ރާއްޖޭގައި އިސްލާމް މާއްދާ މަޖުބޫރު ކުރަންޖެހޭނެކަމަށް ޑރ. ޒާކިރު ނައިކު ވިދާޅުވެއްޖެއެވެ. އެޑިއުކޭޝަން މިނިސްޓަރ ޑރ މުސްތަފާ ލުތުފީއާއި އެތައް ހާސް ރައްޔިތުންނާއި މުހާތަބު ކުރައްވާ ޑރ ޒާކިރު މިހެން ވިދާޅުވީ ދާދިފަހުން އިސްލާމިކް އެފެއާރޒްއިން އިންތިޒާމްކޮށް ބޭއްވި ދަރުސްއަށް ފަހު މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އަމީނިއްޔާ ސްކޫލުގެ ގްރޭޑް 8 ގައި ކިޔަވަމުންގެންދާ ދަރިވަރަކު، ‘ރާއްޖޭގެ މަތީސާނަވީގައި އިސްލާމީ ތަރުބިއްޔަތުމާއްދާ ކިޔަވައިދިނުމާއިމެދު ދެކޭގޮތަކީ ކޮބައިތޯ؟’ ޑރ. ޒާކިރުނައިކާ [...]

webDesign by: atollsolutions.biz