މުސްތާގްއަށް އެހީވެދެއްވާ! އިތުރު މައުޟޫމާތު
dhiislam.com

Archive for ‘February, 2010’

ކުއްލި ހަބަރު: މީހުން ދިރިއުޅޭ ރަށްތަކުގައި ‘ބަނގުރާ ވިއްކުން’ ހުއްދަ ނުދޭގޮތަށް ހަމަޖައްސައިފި

ކުއްލި ހަބަރު: މީހުން ދިރިއުޅޭ ރަށްތަކުގައި ‘ބަނގުރާ ވިއްކުން’ ހުއްދަ ނުދޭގޮތަށް ހަމަޖައްސައިފި

މީހުން ދިރިއުޅޭ ރަށްތަކުގައި ‘ބަނގުރާ ވިއްކުން’ ހުއްދަ ނުދޭގޮތަށް ހަމަޖައްސައިފިއެވެ. ދިއިސްލާމް އަށް ހަބަރު ލިބިފައިވާ ގޮތުގައި ‘މިނިންމުން ނިންމާފައިވަނީ ސަރުކާރާއި އިސްލާމިކް މިނިސްޓްރީއާއި ދެމެދު ބޭއްވި މަޝްވަރާތަކަކަށްފަހު’ގައެވެ.  އެހެނަސް މިޤަވައިދު އަނބުރާ ގެންދިޔަކަމުގައިވިޔަސް  އެޤަވާއިދަށް އިސްލާހުތަކެއް ގެނައުމަށްވަނީ ނިންމާފައެވެ. މިމައްސަލާގައި ރައީސް ނަޝީދުވެސް ވިދާޅުވެފައިވަނީ ‘ ރައްޔިތުން ނޭދޭ ގޮތަކަށް މި ސަރުކާރުން އެއްވެސް ކަމެއް، އެއްވެސް ޢަމަލެއް ނުކުރާނެ.’ ކަމަށެވެ. މީހުން ދިރިއުޅޭ ރަށްތަކުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދިނުމަށް އެންމެ ދުވަހަކަށްވެފައި ވަނިކޮށް [...]

ކުޑަހިނދުކޮޅެއްގެ ތެރޭގައި ޗިލީއަށް އައި ބިން ހެލުމުގައި 300 މަރު

ކުޑަހިނދުކޮޅެއްގެ ތެރޭގައި ޗިލީއަށް އައި ބިން ހެލުމުގައި 300 މަރު

ކުޑަހިނދުކޮޅެއްގެ ތެރޭގައި ޗިލީއަށް އައި ބިން ހެލުމުގައި 300 މީހުން މަރުވެއްޖެއެވެ. ރެކްޓާރ މިންގަނޑުން 8.8 ގައޮ ރެކޯޑްކުރެވިފައިވާ މިބިންހެލުން އައިސްފައިވަނީ ކަނޑުގެ 59.4 ކިލޯމީޓަރު އަޑިއަށްކަމަށް މީޑިއާތަކުން ހަބަރުދެއެވެ. އިއްޔެ ޗިލީގެ ގަޑިން ފަތިހު 3:34 ގައި އައި މިބިންހެލުން ދެމިގެން ދިޔައީ އެންމެ 20 މިނިޓަށް ކަމަށްވެއެވެ. އެހެނަސް ‘އެންމެ 20 މިނިޓް’ތެރޭގައި ބިންހެލުމުންވެސް ބޮޑެތި މަގުތަކަށް ގެއްލުން ލިބި  ބައެއް އިމާރާތްތައް ވަނީ ބިމާ ހަމަވެފައެވެ. އަދި މިކާރިސާގެ ސަބަބުން ކަރަންޓާއި ފެނާއި [...]

ރައްޔިތުން ނޭދޭ ގޮތަކަށް މި ސަރުކާރުން އެއްވެސް ކަމެއް، އެއްވެސް ޢަމަލެއް ނުކުރާނެ – ރައީސް

ސަރުކާރުން ގަވާއިދެއް ހެއްދެވުމުގައި އަދި އެއްވެސް ކަމެއް ކުރެއްވުމުގައި ރައްޔިތުން އެދޭގޮތާއި، ރައްޔިތުން ބޭނުންވާ ގޮތް ބައްލަވަމުން ގެންދަވާނެ ކަމަށާއި، ރައްޔިތުން ނޭދޭގޮތަކަށް މި ސަރުކާރަކުން އެއްވެސް ކަމެއް، އެއްވެސް ޢަމަލެއް ނުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި، އެމަނިކުފާނު މިއަދު ހެނދުނު ދެއްވި ހަފްތާގެ ރޭޑިއޯ ޚިޠާބުގައި، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ޣައިރު މުސްލިމުންނަށް ބަނގުރާ ވިއްކުމުގެ ހުއްދަ ދެއްވުމާބެހޭ ގަވާއިދާ ގުޅޭގޮތުން ބައެއް [...]

އާންމު ރަށްތަކުގައި ބަނގުރާ ވިއްކުމާއި ދެކޮޅަށް ބޭއްވި މުޒާހަރާ 26.02.2010

އާންމު ރަށްތަކުގައި ބަނގުރާ ވިއްކުމާއި ދެކޮޅަށް ބޭއްވި މުޒާހަރާ 26.02.2010

އާންމު ރަށްތަކުގައި ބަނގުރާ ވިއްކުމާއި ދެކޮޅަށް ބޭއްވި މުޒާހަރާ 26.02.2010 މިމުޒާހަރާއަކީ ފަހަކަށް އައިސް ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު މުޒާހަރާއެވެ. އެކި އުމުރުފުރައިގެ މީހުން ބައިވެރިވި މިމުޒާހަރާގައި އާންމު ރަށްތަކުގައާއި މުޅި ރާއްޖޭގައި ބަނގުރާ ވިއްކުމާއި ދެކޮޅަށް  ވަނީ އަޑު އުފުލާފައެވެ.

‘އިއްފަތްތެރިކަމުގެ ގަހަނާ’ މިމައުޟޫއަށް މިރޭ ޝެއިހް އިލްޔާސް ތަގުރީގު ކުރައްވަނީ

‘އިއްފަތްތެރިކަމުގެ ގަހަނާ’ މިމައުޟޫއަށް މިރޭ ޝެއިހް އިލްޔާސް ތަގުރީގު ކުރައްވަނީ

‘އިއްފަތްތެރިކަމުގެ ގަހަނާ’ މިމައުޟޫއަށް މިރޭ ޝެއިހް އިލްޔާސް ތަގުރީގު ކުރާގޮތަށް ހަމަޖެހިފައިވާކަމަށް ޝެއިހް ހާމަކުރައްވައިފިއެވެ. ހެންވޭރު ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދާ މިދަރުސް އޮންނާނީ ލޮނުޒިޔާރަތްކޮޅުގައި ކަމަށް ދިއިސްލާމްއަށް ވަނީ ހަބަރު ލިބިފައެވެ. މިރޭ 8.45 ގައި ފެށުމަށް ހަމަޖެހިފައިވާ މިދަރުސްއަކީ ހެންވޭރު ޒުވާނުން އިންތިޒާމްކޮށްގެން ބާއްވާ ފުރަތަމަ ދަރުސްއެވެ. މިދަރުސްއަށް ދިވެހި އެންމެހާ ރައްޔިތުންނަށް ހެންވޭރުގެ ޒުވާނުންގެ ފަރާތުން ދައުވަތު އަރުވައެވެ.

މީހުން ދިރިއުޅޭ ރަށްތަކުގައި ރާ ވިއްކުމާއި ދެކޮޅަށް ‘ވަރުގަދަ’ މުޒާހަރާއެއް ބާއްވައިފި

މީހުން ދިރިއުޅޭ ރަށްތަކުގައި ރާ ވިއްކުމާއި ދެކޮޅަށް ‘ވަރުގަދަ’ މުޒާހަރާއެއް ބާއްވައިފި

މީހުން ދިރިއުޅޭ ރަށްތަކުގައި ރާ ވިއްކުމާއި ދެކޮޅަށް ‘ވަރުގަދަ’ މުޒާހަރާއެއް ބާއްވައިފިއެވެ. އަދާލަތު ޕާޓީއާއި ރާއްޖޭގެ އެތައް ޖަމިއްޔާއެއް ގުޅިގެން ‘މީހުން ދިރިއުޅޭ ރަށްތަކުގައި ރާ ވިއްކުމާއި ދެކޮޅަށް’ ބޭއްވުނު މިމުޒާހާރާއަކީ މިހާތަނަށް މިފަދަ ކަމެއްގައި އެންމެ ގިނަ ބަޔަކު އެއްވެ ނުރުހުން ފާޅުކުރި މުޒާހަރާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ކުޑަބޮޑު ދިވެހިން ރައްޔިތުންގެ ބައިވެރިވުން ލިބިގެން ކުރިއަށްދިޔަ މިމުޒާހަރާގައި ގާތްގަޑަކަށް 7000 މީހުން ބައިވެފައިވާކަމަށް ލަފާކުރެވެއެވެ. އަސްރު ނަމާދަށްފަހު ސުނާމީ ބިނާ ކައިރީ އޮތް [...]

ބަނގުރާ ވިއްކުމާއި ދެކޮޅަށް ކުރާ މުޒާހަރާ މިހާރު އޮތީ ސުނާމީ ބިނާކައިރީ

ބަނގުރާ ވިއްކުމާއި ދެކޮޅަށް ކުރާ މުޒާހަރާ މިހާރު އޮތީ ސުނާމީ ބިނާކައިރީ

ބަނގުރާ ވިއްކުމާއި ދެކޮޅަށް ކުރާ މުޒާހަރާ މިހާރު އޮތީ ސުނާމީ ބިނާކައިރީގައި ކަމަށް ދިއިސްލާމްއަށް ޚަބަރު ލިބިއްޖެއެވެ. އަދާލަތު ޕާޓީއާއި މަދަނީ އިއްތިހާދުގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ މިމުޒާހަރާއަަށް ވީހާވެސް ގިނަ ބަޔަކު ވަޑައިގަތުން އެދެމެވެ

‘މީހުން އުޅޭ ރަށްތަކުގައި ރާ ވިއްކުމަށް ރައްޔިތުން ނޭދޭނަމަ އެކަން ނުކުރާނެ’ކަމަށް ރައީސް ވިދާޅުވެއްޖެ!

‘މީހުން އުޅޭ ރަށްތަކުގައި ރާ ވިއްކުމަށް ރައްޔިތުން ނޭދޭނަމަ އެކަން ނުކުރާނެ’ކަމަށް ރައީސް ވިދާޅުވެއްޖެ!

މީހުން އުޅޭ ރަށްތަކުގައި ރާ ވިއްކުމަށް ރައްޔިތުން ނޭދޭނަމަ އެކަން ނުކުރާނެކަމަށް ރައީސް ވިދާޅުވެއްޖެއެވެ. ރައީސް މުހައްމަދު ނަޝީދު މިއަދު ދެއްވި ރޭޑިއޯ ޚިތާބުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ސަރުކާރުން އިސްލާހު ގެންނަން އުޅޭ ގަވައިދަށް އިސްލާހުގެންނަން ރައްޔިތުން ނޭދޭނަމަ އެކަން އެގޮތަށް ވެގެން ނުދާނެކަމަށެވެ. “ސަރުކާރުން މިގަވާއިދަށް ބަދަލެއް ގެންނަން އެދެނީ ހަމައެކަނި ހެޔޮނިޔަތުގައި، އިޖްތިމާއީ މައްސަލައެއް ހައްލުކުރުމަށް، ގަވާއިދަށް ރައްޔިތުން ނޭދެނީނަމަ ސަރުކާރެއް އެގަވާއިދަކަށް ބަދަލު ގެންނާކަށް ނޭދޭނެ، ބޭނުމެއް ނުވާނެ، މަސައްކަތެއްވެސް ނުކުރާނެ.” [...]

އަދާލަތު ޕާޓީއިން ބޭއްވެވި ނޫސް ކޮންފަރެންސް (24 ފެބްރުއަރީ 2010)

ތިރީގައިވާ ވީޑިއޯއަކީ އަދާލަތު ޕާޓީއިން ރާއްޖޭގެ މީހުން އުޅޭ ރައްތަކުގައި ބަނގުރާ ވިއްކުމަށް ސަރުކާރުން އެކުލަވާލާ އާންމުކުރި ޤަވައިދާއި ދެކޮޅު ހެދުމުގެ ގޮތުން އެޕާޓީއިން ބޭއްވި ނޫސް ކޮންފަރެންސްއެކެވެ. މިކޮންފަރެންސްގައި އެޕާޓީއިން މިމައްސަލާގައި ދެކޭ ގޮތާއި އެޕާޓީއިން އިސްނަގައިގެން ބާއްވާ މުޒާހަރާގެ މައުޟޫމާތު ހިއްސާކޮށްފައިވެއެވެ. ކޮންފަރެންސްގައި ނޫސްވެރިންގެ ސުވާލުތަކަށްވެސް ވަނީ ޕާޓީގެ ފަރާތުން ޖަވާބު ދެއްވާފައެވެ. ނޫސްކޮންފަރެންސް (1 ވަނަ ބައި) ނޫސްކޮންފަރެންސް (2 ވަނަ ބައި) <object width=”445″ height=”364″><param name=”movie” value=”http://www.youtube.com/v/pe44Iz50L_0&hl=en_US&fs=1&rel=0&color1=0x3a3a3a&color2=0×999999&border=1″></param><param name=”allowFullScreen” value=”true”></param><param [...]

ބަނގުރާ ވިއްކުން ހުއްދަކުރުމާއި ދެކޮޅަށް ‘ބޮޑު މުޒާހަރާއެއް’ ބާއްވަނީ

ބަނގުރާ ވިއްކުން ހުއްދަކުރުމާއި ދެކޮޅަށް ‘ބޮޑު މުޒާހަރާއެއް’ ބާއްވަނީ

ބަނގުރާ ވިއްކުން ހުއްދަކުރުމާއި ދެކޮޅަށް ‘ބޮޑު އެއްވުމެއް’ ބާއްވާގޮތައް ހަމަޖެހިއްޖެއެވެ. ދިއިސްލާމްއަށް ހަބަރު ލިބިފައިވާ ގޮތުގައި މިއަދު އަސްރު ނަމާދަށް ފަހު އާޓިފިޝިއަލް ބީޗުގައި ބާއްވަން ހަމަޖެހިފައިވާ މިއެއްވުމަކީ މީހުން އުޅޭ ރައްތަކުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ސަރުކާރުން ދިނުމާއި ގުޅިގެން އެކަމާއި ‘ދެކޮޅު’ ހެދުމުގެ ގޮތުން ބާއްވާ އެއްވުމެކެވެ. އާޓިފިޝިއަލް ބީޗްގައި ‘ބަނގުރަލާއި ދެކޮޅަށް އެއްވުން’ ބޭއްވުމަށް ހަމަޖެހިފައިވާއިރު މިއެއްވުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ކުރިއަށްދާކަމަށް ދިއިސްލާމްއަށް ވަނީ ހަބަރު ލިބިފައެވެ. އެގޮތުން ފަރުދީ ގޮތުންނާއި [...]

webDesign by: atollsolutions.biz