
އެކުވެރި އަޚުންނާއި އުޚްތުން، އަބްދުﷲ މުސްތާގު އަކީ ކިޑްނީ ބަލީގެ 5ވަނަ ސްޓޭޖް ނުވަތަ ފަހުސްޓޭޖްގެ ދުވަސްތައް ހޭދަކުރަންޖެހިފައިވާ ޒުވާނެކެވެ. އަބްދުﷲ މުސްތާގަކީ އެކެޑެމިކް ތަޢުލީމާއި ވޮކޭޝަނަލް ތަމްރީން ދިނުމުގެ ދާއިރާއިންނާއި އިޖްތިމާއީރޮގުން ކައުންސިލިންގ ދިނުމުގައި 1998އިން ފެށިގެން ވަރަށްގިނަގުނަ ޚިދްމަތްތަކެއް ދިވެހި ކިޔަވާކުދިންނަށާއި ޒުވާނުންނަށާއި ބެލެނިވެރިންނަށް ފޯރުކޮށްދީފައިވާ އަގުގުރި ލީޑަރެއް އަދި އަޅުގަނޑުމެންގެ އެކުވެރި ޓީޗަރެއްވެސްމެއެވެ. 2010 މޭ މަހުގައި އިންޑިޔާއަށް ކުރި އަމިއްލަދަތުރު ވެގެންދިޔައީ މުސްތާގުގެ ބަލިކަމުގެ އަސްލު ހަގީގަތާ ދިމާވުމެވެ. އޭގެކުރިއަކުން މިބަލީގެ [...]

މިއީ ބަރާ ނަމަކަށް ކިޔާ އުމުރުން އެންމެ 10 އަހަރުގެ ކުޑަ އަންހެން ކުއްޖެއްގެ ވާހަކައެވެ. މި ކުއްޖާގެ މައިންބަފައިންނަކީ މިސްރުގެ 2 ރައްޔިތުންނެވެ. އެއީ ޞާލިޙް 2 ޑޮކްޓަރުންނެވެ. އެގޮތުން ރަނގަޅު ދިރިއުޅުމެއް ހޯދުމަށްޓަކައި ބަރާގެ މައިންބަފައިން ސައުދީ ޢަރަބިއްޔާއަށް ހިޖުރަކުރިއެވެ. ބަރާ ކުޑައިރުވެސް ފާހަގަ ކުރެވިފައިވަނީ ވަރަށް ތޫނުފިލި ކުއްޖެއްގެ ގޮތުގައެވެ. މިގޮތުން ބަރާވަނީ ވަރަށް ކުޑައިރު އިރު ކީރިތި ޤުރުއާން ހިތުދަސް ކޮށްފައެވެ. ޕްރައިމަރީ ގްރޭޑްތައް ކަޑައްތުކުރަމުން ދިޔަ ބަރާގެ އުސްތާޛުން ވިދާޅުވި [...]

އަޅުގަނޑުމެންގެ ތެރޭގައި މިހާރަކަށް އައިސް މިދެކެވޭ ވާހަކަތަކަށް ބަލާ އިރު އެންމެ ހޫނުކޮށް ދެކެވޭ އެއްވާހަކައަކީ ޝަރުޢީ ނިޒާމާ ބެހޭ ވާހަކައެވެ. ބައެއް ފަރާތްތަކުން މި ނިޒާމަށް ފާޑު ކިޔަމުން ދާއިރު، އަނެއް ބަޔަކު މަސައްކަތް ކުރަމުން ދަނީ މި ނިޒާމަކީ ތަންފީޒު ވެގެން ޥާނެ ނިޒާމެއް ނޫންކަމަށް ވަކާލާތު ކުރަމުންނެވެ. މި ފަދަ ވަގުތެއްގައި، އެބައިމީހުން އެދައްކާ ވާހަކަ ތަކަކީ ކިހާ ބުރަދަނެއް ހުރި ވާހަކަ ތަކެއްތޯ ބަލާލުމަކީ ވަރަށް މުހިއްމު ކަމެކެވެ. ޝަރީޢަތަށް ފާޑު [...]
August 5, 2010 | ޕޯސްޓްކުރެވިފައި ވަނީ
މުޙައްމަދު ވިޝާޙް |
އިތުރު ތަފްސީލް »

ހޮލިޑޭ އިން އިން ހިންގުމަށްޓަކައި ޕްރޮޕޯޒް ކުރައްވާފައިވާ ބާ އަކީ އަޅުގަނޑުމެންގެ ނަޒަރުގައި ހިންގުމަށް ހުއްދަދެއްވުން އެކަށީގެންވާ ތަނެއް ނޫނެވެ. އިއްޒަތްތެރި ވަޒީރެވެ. މަނިކުފާނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން ބާ ތަކަކީ އޭގައި ފާހިޝް ޢަމަލު ކުރުމަށް މަގުފަހިވާ ފަދަ ކަންތައްތަކެއް ކުރުމަށް ތަރުހީބު ދެވޭ ތަނެކެވެ. މި ފަދަތަނެއް އަޅުގަނޑުމެންގެ މި ކުޑަ ކުޑަ އިސްލާމީ ޤައުމުގެ ވެރިކަން ކުރާ ރަށުގައި ޤާއިމް ކުރުމަށް ހުއްދަ ދެވިއްޖެނަމަ އެކަމަކީ، މި ރާއްޖޭގައި ދިރިއުޅޭ އެއްވެސް އިސްލާމަކަށް ހަޖަމް [...]
February 25, 2010 | ޕޯސްޓްކުރެވިފައި ވަނީ
މުޙައްމަދު ވިޝާޙް |
އިތުރު ތަފްސީލް »