
މިއީ ބަރާ ނަމަކަށް ކިޔާ އުމުރުން އެންމެ 10 އަހަރުގެ ކުޑަ އަންހެން ކުއްޖެއްގެ ވާހަކައެވެ. މި ކުއްޖާގެ މައިންބަފައިންނަކީ މިސްރުގެ 2 ރައްޔިތުންނެވެ. އެއީ ޞާލިޙް 2 ޑޮކްޓަރުންނެވެ. އެގޮތުން ރަނގަޅު ދިރިއުޅުމެއް ހޯދުމަށްޓަކައި ބަރާގެ މައިންބަފައިން ސައުދީ ޢަރަބިއްޔާއަށް ހިޖުރަކުރިއެވެ. ބަރާ ކުޑައިރުވެސް ފާހަގަ ކުރެވިފައިވަނީ ވަރަށް ތޫނުފިލި ކުއްޖެއްގެ ގޮތުގައެވެ. މިގޮތުން ބަރާވަނީ ވަރަށް ކުޑައިރު އިރު ކީރިތި ޤުރުއާން ހިތުދަސް ކޮށްފައެވެ. ޕްރައިމަރީ ގްރޭޑްތައް ކަޑައްތުކުރަމުން ދިޔަ ބަރާގެ އުސްތާޛުން ވިދާޅުވި [...]

މަތީގައިވާ ފޮޓޯގައިއެވަނީ އިނގިރޭސި ސިފައިންގެ މީހެއްގެ ގޮތުގައި ކުރީގައި އުޅުނު ލާންސް ކޯރޕްރަލް ޖޯ ގްލެންޓަންއެވެ. ލާންސް ކޯރޕްރަލް ޖޯ ގްލެންޓަން އަކީ މުސްލިމުންނާއި ދެކޮޅަށް އިނގިރޭސިން ކުރަމުންދާ ހަނގުރާމަތަކާއި ދެކޮޅަށް ވަކާލާތުކުރުމުގައި ވަރަށް މަޝްހޫރު ފަރާތެކެވެ. ސިފައިންގެ ތެރޭގައި ޖޯ ގްލެންޓަން އުޅެ، އަފްޣާނިސްތާނު ހަނގުރާމައަށް ދިޔުމަށް އިންކާރު ކުރުމުގެ ސަބަބުން 9 މަސްދުވަހަށް ޖަލަށް ލުމަށް ވަނީ ޙުކުމް ކޮށްފައެވެ. އަދި ޖަލުގައި 4 މަސްދުވަސް ހޭދަކުރުމަށްފަހު އަޚްލާޤު ރަނގަޅުވުމުން ޖަލުން ވަނީ މިނިވަންވެފައެވެ. [...]
August 1, 2010 | ޕޯސްޓްކުރެވިފައި ވަނީ
ސަޙްސިއްޔަތު |
އިތުރު ތަފްސީލް »

ކުރީ އަދަދާއި ގުޅޭ… ވަނަ އަހަރު ސެޕްޓެމްބާރ 11 ވަނަ ދުވަހު ހާދިސާވެގެންދިޔައީ އަހަރެންގެ ހަޔާތް ބަދަލުކޮށްލި ކަމަކަށެވެ. ޖެހިގެން އައި ދުވަހު އިނގިރޭސިންގެ މޫނުތަކުން އަހަންނަށް ފެނުނީ ބިރުވެރިކަމެވެ. ޤައުމުގައި ހިނގާ މިފަދަ ހަމަލާތަކުގައިވެސް އަހަރެން ވަރަށް ބިރުގަނެއެވެ. މިހާދިސާ ހިނގުމުން ހުޅަނގުގެ އާންމު ރައްޔިތުން ޓެރެރިޒަމްގެ ދީނޭ މިކިޔާ އިސްލާމް ދީން ދެކެ ބިރުގަންނަން ފެށިއެވެ. ނަމަވެސް މުސްލިމުންނާއި އެކު ކުރިން އުޅެގެން ކުރެވިފައިވާ ތަޖުރިބާތަކަށްފަހު އަހަރެންގެ ވިސްނުން ހުރީ ހުޅަނގުގެ ހިޔާލާތާއި މުޅިން [...]
July 20, 2010 | ޕޯސްޓްކުރެވިފައި ވަނީ
ސަޙްސިއްޔަތު |
އިތުރު ތަފްސީލް »

އިނގިރޭސި ވިލާތުގެ ކުރީގެ ފާދިރީ އަދި މިހާރު އިސްލާމް ދީނުގެ ދައުވަތު ފެތުރުމަށް ބުރަ މަސައްކަތެއް ކުރައްވާ ދާޢީ އިދްރީސް ތައުފީޤް އިސްލާމް ދީނަށް ލޯބި ޖެހި އިސްލާމް ދީން ޤަބޫލުކުރި ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. އިދްރީސް ތައުފީޤް ދިވެހިރާއްޖެ އަށް ވަޑައިގެން އަމިއްލަފުޅަށް ވަނީ އެވާހަކަތައް ކިޔައިދީފައެވެ. އިދްރީސް ތައުފީޤް ހާމަކުރި ގޮތުގައި އޭނާގެ މާޒީއާ މެދުގައާއި، ކްރިސްޓިއަނެއްގެ އުސޫލުތަކަށް އުޅުނު ދުވަސްވަރާއި، ވެޓިކަން ގައި ހޭދަކުރި 5 އަހަރާއި މެދު އެއްގޮތަކަށްވެސް ހިތާމަ ނުކުރާކަމަށެވެ. [...]
July 18, 2010 | ޕޯސްޓްކުރެވިފައި ވަނީ
ސަޙްސިއްޔަތު |
އިތުރު ތަފްސީލް »

ޢަލާއުއްދީން އަލިއްޔު ބުން އަބުލް ހަޒުމްބިން ނަވީސިލް ޤުރައިޝިއްޔާ އުފަންވެ ވަޑައިގަތީ މިލާދީން 1210 ވަނައަހަރު ސީރީޔާގެ ރަށެއްކަމުގައިވާ ޤުރައިޝިއްޔާއަށެވެ. ސީރިޔާގެ ހިމްސުން ކިޔަވާ ވިދާޅުވެގެން އޭނާގެ އުފަން ރަށް ޤުރައިޝިއްޔާއަށް ވަޑައިގެންނެވިއެވެ. ތަހައްރަޖުވެ ވަޑައިގަތީ ފިޤުޙް ޢިލްމާއި ޙަދީޡް ޢިލުމް އަދި ޢަރަބި ބަހުންވެ. ޢަލީ ކިޔަވާ ވިދާޅުވެގެން ރަށަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުންނާއި އޭނާގެ މައިންބަފައިން ވަރަށް ހޫނު މަރުޙަބާއެއް ކިޔުއްވިއެވެ. ޤުރައިޝިއްޔާގެ ރައްޔިތުންނާއި އޭނާގެ މައިންބަފައިން އުއްމީދުކޮށްގެންތިބީ ޤުރައިޝިއްޔާގެ ދިނީ ޢިލްމުވެރިއަކަށް ވެވަޑައިގަންނަވާނެކަމަށެވެ. [...]
July 11, 2010 | ޕޯސްޓްކުރެވިފައި ވަނީ
ސަޙްސިއްޔަތު |
އިތުރު ތަފްސީލް »

ޑޮކްޓަރ ޒާކިރު ނައިކް އަކީ ކާކުކަން ދަންނަ މީހުން ދިވެހިންގެ ތެރޭގައި ފަހަރެއްގައި ވަރަށް މަދުވެދާނެއެވެ. އަދި އޭނާއަކީ ކާކުކަން އެނގޭ މީހުންނަށްވެސް، އޭނާގެ ފުރިހަމަ ނަން ނޭނގުމަކީ ގާތްކަމެކެވެ. އޭނާގެ ޙަޤީޤީ ފެންވަރާއި ހުރި ހުނަރުތައް ނޭނގިވެސް ހިނގައިދާނެއެވެ. ނަމަވެސް ޕީސް ޓީވީގެ ޒަރީޢާއިން ޑޮކްޓަރ ޒާކިރު ނައިކް ދިވެހިންގެ ތެރެއަށް ތަޢާރަފުވާން މިހާރު ވަނީ ފަށާފައެވެ. ކުރުގޮތަކަށް ބުނާނަމަ ޑޮކްޓަރ ޒާކިރު ނައިކް އަކީ ފަހުގެ ތާރީޚުގައި ދުނިޔެދުށް އެންމެ ހަނދާންގަދަ މީހާ ކަމުގައި [...]
May 27, 2010 | ޕޯސްޓްކުރެވިފައި ވަނީ
ސަޙްސިއްޔަތު |
އިތުރު ތަފްސީލް »

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޝާރްޖާއަށް އުފަން އަޙްމަދް ބުޚާތިރަކީ، ރީތިމަދަޙަތަކެއް ކިޔާދީފައިވާ ރީތިއަޑެއްގެވެރިއެކެވެ. 1975ވަނަ އަހަރު އުފަންވި ބުޚާޠިރަކީ، ޔޫއޭއީގެ މަޝްހޫރު ޢާއިލާއެއްކަމުގައިވާ ބުޚާތިރު ޢާއިލާގެ މެމްބަރެކެވެ. 1999އަހަރު ވިޔަފާރީގެ ރޮނގުން ފުރަތަމަޑިގްރީ ޙާޞިލްކޮއްފައިވާ ބުޚާތިރަކީ މިހާރު އަމިއްލަވިޔަފާރިވަރަށްފުޅާދާއިރާއެއްގައިހިންގަމުންގެންދާފަރާތެކެވެ. މިގޮތުން ބުޚާތިރު ގްރޫޕުންވަނީ ތަފާތު އެތަކެއް އިންވެސްޓްތަކެއް ޔޫއޭއީގެ އިތުރުން މެދުއިރުމަތީގެ ބައެއްގަޢުމުތަކުގައިވަނީ ފަށާފައެވެ. އަޙްމަދް ބުޚާތިރަކީ މިދެންނެވި ކުންފުނީގެ ޑިރެކްޓަރުންގެ ބޯރޑްގެ މެމްބަރެއްވެސްމެއެވެ. ދީނަށްލޯބިކުރާ، މާތްވެގެންވާ އިސްލާމްދީނުގެ ދަޢުވަތުފެތުރުމަށް ލޯބިކުރާ އަޙްމަދު ބުޚާތިރު ފުރަތަމަ މަދަޙައެއްކިޔާފައިވަނީ [...]
May 12, 2010 | ޕޯސްޓްކުރެވިފައި ވަނީ
ސަޙްސިއްޔަތު |
އިތުރު ތަފްސީލް »

ލެފްޓިނެންޓް ޖެނެރަލް ޙާމިދު ގުލްއަކީ އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި ޕާކިސްތާނު ސިފައިންގެ ކޮމާންޑަރުކަން ކުރައްވާފައިވާ، އަދި އޭގެފަހުން 1987 ން 1989އަކަށް ޕަކީސްތާނުގެ ޖާސޫސީ އިދާރާގެ ވެރިޔާގެ މަޤާމް ފުރުއްވާފައިވާ މިލިޓަރީ ގޮތުންނާ ސިޔާސީގޮތުން ފުންނާބު އުސް ތަޖުރިބާކާރެކެވެ. ޙާމިދު ގުލް މަޝްހޫރުވެ ވަޑައިގެން ޢާއްމު ރައްޔިތުންނާ ބައިނަލް އަޤްވާމީ ދުނިޔޭގެ ތާއީދު ލިބިވަޑައިގަންނަވަން ފަށާފައިވަނީ، ރަޝިޔާއިން އަފްޣާނިސްތާނަށް އަރައިގެން އުޅުނު ދުވަސްވަރު ޕާކިސްތާނު-ސަޢޫދީ-އެމެރިކާ ގުޅިގެން އޭރު އަފްޣާނިސްތާގައި ޖިހާދު ކުރި މުޖާހިދުންނަށް ފަންޑު ހޯދައިދީ މާއްދީ [...]
April 28, 2010 | ޕޯސްޓްކުރެވިފައި ވަނީ
ސަޙްސިއްޔަތު |
އިތުރު ތަފްސީލް »

އޮސްޓްރޭލިއާގެ ސިޑްނީއަށް އުފަން ޝެއިޚް ފެއިޒް، އޭނާގެ ހަޔާތުގެ ފުރަތަމަބައި ހޭދަކުރީ ކުޅިވަރުގެ ތެރޭގައެވެ. އޭނާގެ އުމުރުން 17 އަހަރުގައި ބޮކްސިންގ ޓައިޓަލް ހާސިލް ކުރިއެވެ. އަދި އުމުރުން 19 އަހަރުގައި އޮސްޓްރޭލިއަން ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއެވެ. ވޯލްޑް ޗެމްޕިއަންޝިޕް ގައި އޮސްޓްރޭލިއާ ތަމްސީލުކުރުމަށް އެމެރިކާއަށް ފުރަން ގާތްވެފައިވަނިކޮށް ﷲ އޭނާގެ ހިތަށް އީމާންތެރިކަން ކަން ވެއްދެވިއެވެ. އަދި ޔުނިވާސިޓީ އޮފް މަދީނާ އިން އިސްލާމް ދީން ކިޔެވުމަށް ސައޫދީއެރެބިއާއަށް ދިޔުމަށްޓަކައި އެމެރިކާއަށް ދިއުމަށް ލިބިފައިވާ [...]
January 26, 2010 | ޕޯސްޓްކުރެވިފައި ވަނީ
ސަޙްސިއްޔަތު |
އިތުރު ތަފްސީލް »

އައްޝަހީދު މުޙައްމަދު އިބްރާހީމް އަބޫ ޝަޢްރަކީ ފަލަސްޠީނުގެ ރައްޔިތެކެވެ. 21 އޮކްޓޯބަރު 1987 ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ރަފަހް ގެ އައްޝަބޫރާ ނަމަކަށް ކިޔާ އަވަށަކަށެވެ. ފަޤީރު އާއިލާއަކަށް ނިސްބަތްވެ ވަޑަގަންނަވާ މުޙައްމަދު، ތަޢުލީމު ޙާޞިލް ކުރައްވާފައިވަނީ ފަލަސްޠީނުގެ އަލް އަޤްޞާ ޔުނިވަރސިޓީންނެވެ. ނަފްސާނީ ޢިލްމުގެ ރޮނގުން ކުރިޔަށް ވަޑައިގެންނެވި މުޙައްމަދު ފާހަގަ ކުރެވިފައިވަނީ ވަރަށް ތޫނުފިލި ދަރިވަރެއްގެ ގޮތުގައެވެ. ވަރަށް ޅައުމުރުގައި، މިސްކިތުގެ އަހުލެވެރިއެއްގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފައެވެ. އެއީ ހަމަކަށަވަރުންވެސް ރަނގަޅު [...]
January 9, 2010 | ޕޯސްޓްކުރެވިފައި ވަނީ
ސަޙްސިއްޔަތު |
އިތުރު ތަފްސީލް »