
“ދިވެހި ނަސާރާއިންނާ އެތީސްޓުންގެ ލިޔުންތަކަށް މަރުހަބާ” މިއީ ފުރިހަމަ އަލްމާނީ ދިވެހިރާއްޖޭގެ އިންތިޒާރުގައި ތިބި ދިވެހީންތަކެއް ހިންގާ ދިވެހި ވެބްސައިޓެއްގައި ލިޔެފައިވާ ޖުމްލައެކެވެ. މި ޖުމްލަޔަކީ އަޅުގަނޑުމެން ޢިބްރަތް ލިބިގަންނަންވީ ޖުމްލައެކެވެ. އާދޭހެވެ! ޣައިރު އިސްލާމީ އޮއެވަރުގައި ޖެހި ޣަރަޤުވެފައިވާ ދިވެހީން މި ދިވެހި ފަސްގަނޑުން އިސްލާމްދީން ފޮހެލުމަށް ކުރަމުންދާ މަސައްކަތުގައި އެކަތިގަނޑަކަށް ވެފައިވާކަން އިސްވެ ދެންނެވި ޖުމްލައިން ވަރަށް ރަނގަޅަށް ސާފުވެ މިހިރަ ފެންނަނީއެވެ. އެއްބަޔަކީ ކަލަކު ވޮޑިގެން ނުވާކަމަށް ދަޢުވާކުރާ މުލްޙިދުންނެވެ. އަނެއްބަޔަކީ ސަލާމްލެއްވި [...]
September 2, 2010 | ޕޯސްޓްކުރެވިފައި ވަނީ
ޙަސަން ޒާހިރު |
އިތުރު ތަފްސީލް »

ޤާނޫނުގައިވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށް ހޮވޭ މެންބަރުންގެ ތެރޭގައި ތަފާތު ހުނަރުތަކުގެ މީހުން ތިބެންޖެހޭނެކަމަށެވެ. އޭގެތެރޭގައި ކަނޑައެޅިގެން ‘އިސްލާމީ ދާއިރާ’އަކުން ތަޢުލީމު ލިބިފައިވާ މީހަކު ހުންނަންޖެހޭކަމަށް އިޝާރާތްކުރެއެވެ. ކަންމިހެން ހުރިއިރު ހިއުމަން ރައިޓްސް ކޮމިޝަން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމާއި އެކު އެތައް ބަޔަކު ވަނީ އެމަޤާމަށް ކުރިމަތިލާފައެވެ. އެކި ދާއިރާތަކުން އެކި ފެންވަރުގެ ބޭފުޅުންވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށް ކުރިމަތިލުމަށް އިސްނަގާފައެވެ. މިނަންތައް ދިރާސާކޮށް ރައީސުލްޖުމުހޫރިއްޔާ ‘ނަންފުޅު’ތަކެއް ވަނީ މަޖިލީހަށް ހުށައާޅާފައެވެ. އެހެނަސް ‘އިސްލާމީ ދާއިރާ’އިން ތައުލީމު [...]
August 29, 2010 | ޕޯސްޓްކުރެވިފައި ވަނީ
އަލީ އަހްސަން އިހްސާން |
އިތުރު ތަފްސީލް »

އެކުވެރި އަޚުންނާއި އުޚްތުން، އަބްދުﷲ މުސްތާގު އަކީ ކިޑްނީ ބަލީގެ 5ވަނަ ސްޓޭޖް ނުވަތަ ފަހުސްޓޭޖްގެ ދުވަސްތައް ހޭދަކުރަންޖެހިފައިވާ ޒުވާނެކެވެ. އަބްދުﷲ މުސްތާގަކީ އެކެޑެމިކް ތަޢުލީމާއި ވޮކޭޝަނަލް ތަމްރީން ދިނުމުގެ ދާއިރާއިންނާއި އިޖްތިމާއީރޮގުން ކައުންސިލިންގ ދިނުމުގައި 1998އިން ފެށިގެން ވަރަށްގިނަގުނަ ޚިދްމަތްތަކެއް ދިވެހި ކިޔަވާކުދިންނަށާއި ޒުވާނުންނަށާއި ބެލެނިވެރިންނަށް ފޯރުކޮށްދީފައިވާ އަގުގުރި ލީޑަރެއް އަދި އަޅުގަނޑުމެންގެ އެކުވެރި ޓީޗަރެއްވެސްމެއެވެ. 2010 މޭ މަހުގައި އިންޑިޔާއަށް ކުރި އަމިއްލަދަތުރު ވެގެންދިޔައީ މުސްތާގުގެ ބަލިކަމުގެ އަސްލު ހަގީގަތާ ދިމާވުމެވެ. އޭގެކުރިއަކުން މިބަލީގެ [...]

ލިޔުނީ: އަޙްމަދު ޝަމީނު ދޮންމަނިކު ހުޅަނގުގެ އިޖްތިމާޢީ އަގުކުރުންތަކުގެ ފޮއެދަށުވެ ޗިސްޗިސްވަމުންދާ ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ މާނަކުރަނީ އެއްވެސް އިމެއް އެއްވެސްކަހަލަ ހުރަހެއް ނެތި ތައްމިނަށް ހުޅުވާލެފިވާ ޙައްޤެއްގެގޮތުގައެވެ. 1948 ގައި އދ. އިން ފާސްކުރި އިންސާނީ ޙައްޤުތަކާބެހޭ ޢާންމު ޤަރާރުގެ 19 ވަނަ މާއްދާ ގައި ވަނީ “ހަމަ ކޮންމެ މީހަކަށްމެ، އެމީހަކު ދެކެން ބޭނުންވާ ގޮތަކަށް ދުށުމާއި، އެމީހަކު ހާމަކުރަންބޭނުންވާ ކަމެއް ހާމަކުރުމުގެ މިނިވަންކަން ލިބިގެންވެއެވެ. މިޙައްޤުގެ މާނައިގައި، އެއްވެސް ފަރާތެއްގެ ނޫފޫޒެއްނެތި، [...]
August 22, 2010 | ޕޯސްޓްކުރެވިފައި ވަނީ
އަޙްމަދު ޝަމީނު ދޮންމަނިކު |
އިތުރު ތަފްސީލް »

ޝަރުޢީ އަދި އިޖްތިމާޢީ އެކި އެކި ނިންމުން ތަކުގައި މިޒަމާނުގައި ތިޔަ ފެނިވަޑައިގަންނަވާ ވަޟަޢީ މަންހަޖުތަކުގެ ނިންމުން ތަކުގައި ދީނުގެ ކުލަ ޖެހިފައި ހުއްޓައި ފެނިވަޑައިގަންނަވާނީ ވަރަށް ފަނޑުކޮންނެވެ. ނުވަތަ ދީނުގެ ކުލަވަރު އެއްގޮތަކަށްވެސް ނުފެންނާނެއެވެ. ސަބަބަކީ، މިގޮތް މާ ތަނަވަސް ވެފައި ފުޅާކަމުގައި ބަޔެއް މީހުންގެ ވިސްނުމަށް ފެނުމެވެ. އެއްވެސް ޤައިދެއްގެ ތެރޭގައި ފިކުރު ހިންގުން ހައްޔަރު ކުރެވިގެން ނުވާނެތީޔޯލައެވެ. މިގޮތުގެ މަތިން މިނިވަންކަމަށް ތަޢާރަފެއްދީ އޭގެ އިން މިން ތަކާ މެދު ދެކެވޭ ވާހަކައިގެ [...]
August 20, 2010 | ޕޯސްޓްކުރެވިފައި ވަނީ
އަޙްމަދު ޝަމީނު ދޮންމަނިކު |
އިތުރު ތަފްސީލް »

އުފަންދުވަހުގެ ހަފްލާތައް ދުނިޔޭގައި ފާހަގަ ކުރަންފެށީ ކިހިނެއް ކަމާމެދު ވިސްނިންތޯއެވެ؟ ރަޙްމަތްތެރިންނާއި ގާތްތިމާގެމީހުން އުފަންދުވަހުގެ ހަފްލާގައި ހަދިޔާ ބަދިޔާ ބަދަލުކޮށް “އުފާވެރި އުފަންދުވަހަކަށް” އެދި އުޅެއެވެ. ސުވާލަކީ މި އާދަ އިންސާނުންގެ ތެރޭގައި އުފެދިގެން އައިސްފައިވަނީ ކިހިނަކުންތޯއެވެ؟ ކުޑަކުދިންގެ އެންސައިކްލޮޕީޑިޔާއެއް ކަމުގައިވާ ޗައިލްޑު ކްރާފްޓުގައި ވެއެވެ. ” މީގެ އެތައްހާސް އަހަރުތަކެއްގެ ކުރިން ފެށިގެންވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައިވާ މީސްމީހުން އުފަންދުވަހަކީ ވަރަށް ޚާއްޞަ ދުވަހެއް ކަމުގައި ދެކެމުން އައިސްފައި ވެއެވެ. އެވޭލާ ޒަމާނުގައި ބައެއްމީހުން ގަބޫލުކުރަމުން ގެންދިޔަ [...]
August 16, 2010 | ޕޯސްޓްކުރެވިފައި ވަނީ
އަހުމަދު މިހްސާން,
ދިރާސާ |
އިތުރު ތަފްސީލް »

ހިލޭސާބަހަށް މަސައްކަތް ކުރުން ނުވަތަ ވޮލެންޓިއަރ ކުރުމަކީ ވަކި ފަރުދުން ނުވަތަ ޖަމާއަތަކުން މުޖުތަމަޢުގެ ހައްގުގައި އެއްވެސް އަގަކާއި ނުލައި ޚިދުމަތް ކޮށްދިނުމެވެ. ދީލަތި ކަމާއި އެކު މުޖުތަމަޢުގެ ހާލަތު ރަނގަޅު ކުރުމަށެވެ. އަމިއްލަ އެދުމަކާއި ނުލައެވެ. ނަމަވެސް ބައެއްފަހަރު އެމީހުންގެ އަމިއްލަ ހުނަރުތައް އިތުރުކޮށް، އެހުނަރުތަށް ތަރައްޤީކުރުމާއި، ތަފާތު މުޖުތަމަޢު ތަކުގައި މަސަޢްކަތްކުރުމުން ލިބޭ ހިތަހަމަޖެހުމާއި އުފާ ލިބިގަތުން އަދި މިނޫންވެސް އެތަށް މަޤުޞަދެއްގައި ހިލޭސާބަހަށް މަސްއްކަތްކުރާމީހުން ހަރަކާތްތެރި ވެއެވެ. ޞިއްޙީ ދާއިރާ، ތަޢުލީމީ ދާއިރާ، [...]
August 12, 2010 | ޕޯސްޓްކުރެވިފައި ވަނީ
ނާޒިމް ޝުއެބު |
އިތުރު ތަފްސީލް »

ރަމަޟާން މަސް އަޅުގަނޑުމެންނާއި ބައްދަލުވެ ދުވަސްތައް ފާއިތުވެގެން ދާއިރު އަޅުގަނޑުމެންގެ ތެރޭގައި ރަމަޟާން މަހަކީ ސަކަރާތާއި މަޖަލުގެ މައްސަރެއްކަމުގައި ދެކޭ ބަޔަކު އުޅެއެވެ. ރަމަޟާން މަހުގެ ދުވަސް ތަކާއި ރޭތައް ތަފާތު ކުޅިވަރުތަކުން ވަގުތު ދުއްވާލާ މީހުން ވަރަށް ގިނަ ވެއްޖެއެވެ. މިއީ ހިތާމަ ހުރި ކަމެކެވެ. ތާސް ކުޅުމާއި ކެރަމް ކުޅުމާއި ޓީވީ ގޭމް ކުޅުމާއި ލަވަ ބާޒީ ކިޔުމާއި ޓީވީގެ ދަށުގައި ވަގުތު ބޭކާރު ކުރަނީ އެއްވެސް ބަލާލުމެއް ނެތިއެވެ. ތިމާގެ އަގުހުރި ވަގުތައް [...]
August 9, 2010 | ޕޯސްޓްކުރެވިފައި ވަނީ
އައިޝާ ޝަހޫ |
އިތުރު ތަފްސީލް »

ފިހާރަތަކުގެ ބިއްލޫރިގަނޑުގައި “ސޭލްސްގާރލްސް ބޭނުންވެއްޖެ” މިހެން ޖަހާފައިވާތީ ވަރަށް ގިނައިން ފެނެއެވެ. މިކަމާ ބެހޭގޮތުން އަޅުގަނޑުގެ ބައެއް ރައްޓެހިންނާ މަޝްވަރާކޮށް ޚިޔާލު ބަދަލު ކޮށްލީމެވެ. އެގޮތުން އެއްރައްޓެއްސަކު ބުނީ އެހެން އެޖަހަނީ އަންހެން ކުދިން “ޗީޕް” ވީމައެވެ. އަދި އަންހެންކުދިން ތިބީމަ ތަނުގެ ސޭލްސްވެސް ރަނގަޅުވާނެކަމަށާއި ގިނަ ފިރިހެނުން އަންނާނެކަމުގައި ބުންޏެވެ. އެހެން ރައްޓެއްސަކު ބުންޏެވެ. “ބަލަ މުދާ އިޝްތިހާރު ކުރާއިރުވެސް ބޭނުންކުރަނީ އަންހެން ކުދިންނެއްނު، އަންހެންކުދިންގެ ތެރެއިންވެސް ތަންކޮޅެއް ކފރ ކުދިން ގެ ފޮޓޯ ޖަހާފައި [...]
August 9, 2010 | ޕޯސްޓްކުރެވިފައި ވަނީ
އިބްނު ނޫޙް |
އިތުރު ތަފްސީލް »

އަނެއްކާވެސް އައު ރޯދަ މަހަކަށް ހަނދު ބަލަނީއެވެ. މި ރޯދަމަސް ތިބާ ހޭދަކުރައްވަން ޤަޞްދު ކުރައްވަނީ ކިހިނެއްތޯއެވެ؟ ރޯދަމަހުގައި މުސްލިމުންގެ ކަންތައްތައް ހުންނަގޮތުން ފަސް ބަޔަކަށް އެމީހުން ބެހިދާނެއެވެ. ފުރަތަމަ ބައިގެ މީހުންނީ ރޯދަމަހަށްޓަކައި ކެތްތެރިކަމެއްނެތި އިންތިޒާކުރާ، އެމަހަށް ތައްޔާރުވާ މީހުންނެވެ. ފަރުޟު އަޅުކަން ކުރުމުގައި އެމީހުން މުރާލިވެއެވެ. މުޞްތަޙައްބު ޙަރަކާތްތަކުގައި ގިނަވަޤުތު ހޭދަކުރެއެވެ. އެއީ މިދުނިޔެއަށް ކައުކުރެއްވި މާތް ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ފިޔަވަޅުފުޅުތައް މަތީން ހިނގަން މަސައްކަތްކުރާ ތަޤުވާވެރީންނެވެ. ދެވަނަ [...]
August 6, 2010 | ޕޯސްޓްކުރެވިފައި ވަނީ
މުޙައްމަދު ޝާފިޢު |
އިތުރު ތަފްސީލް »