
ފިހާރަތަކުގެ ބިއްލޫރިގަނޑުގައި “ސޭލްސްގާރލްސް ބޭނުންވެއްޖެ” މިހެން ޖަހާފައިވާތީ ވަރަށް ގިނައިން ފެނެއެވެ. މިކަމާ ބެހޭގޮތުން އަޅުގަނޑުގެ ބައެއް ރައްޓެހިންނާ މަޝްވަރާކޮށް ޚިޔާލު ބަދަލު ކޮށްލީމެވެ. އެގޮތުން އެއްރައްޓެއްސަކު ބުނީ އެހެން އެޖަހަނީ އަންހެން ކުދިން “ޗީޕް” ވީމައެވެ. އަދި އަންހެންކުދިން ތިބީމަ ތަނުގެ ސޭލްސްވެސް ރަނގަޅުވާނެކަމަށާއި ގިނަ ފިރިހެނުން އަންނާނެކަމުގައި ބުންޏެވެ. އެހެން ރައްޓެއްސަކު ބުންޏެވެ. “ބަލަ މުދާ އިޝްތިހާރު ކުރާއިރުވެސް ބޭނުންކުރަނީ އަންހެން ކުދިންނެއްނު، އަންހެންކުދިންގެ ތެރެއިންވެސް ތަންކޮޅެއް ކފރ ކުދިން ގެ ފޮޓޯ ޖަހާފައި [...]
August 9, 2010 | ޕޯސްޓްކުރެވިފައި ވަނީ
އިބްނު ނޫޙް |
އިތުރު ތަފްސީލް »

ޑިމޮކްރަސީގެ ޗެމްޕިއަނުންކަމަށްވާ އެމެރިކާއާއި އިނގިރޭސިވިލާތުން އަޅުގަނޑުމެންގެ ރާއްޖެއަށް އިމްޕޯޓުކޮށްގެން މިއުޅޭ ޑިމޮކްރަސީގެ ޢަދުލު އިންސާފުވެރިކަން ހުރި މިންވަރު ނިކަންފަހެ ބައްލަވާލައްވަބަލާށެވެ. އެއްވެސްމީހަކު ކުށްކުރާކަމަކަށް ނުވެއެވެ. ކުށްކޮށްކޮށް މީހާޖެހެނީ ވަރުބަލި ވާށެވެ. އޭނާއަކީ އިނޮސެންޓު މިނިވަނެކެވެ. އެކިއެކިކުށްކުރާމީހުންނަކީ ކޮންމެވެސް ބައްޔެއްޖެހިފައިތިބޭ އަދި އެއީ އެމީހުންގެ މައްސަލައެއްނޫންކަމަށް ބައެއްޒިންމާދާރު ވެރިން ބުނާއަޑު އަޅުގަނޑުމެންއަހަމުއެވެ. އެގޮތުން އެންމެފަހުން އިވިގެންދިޔައީ ކުޑަކުދިންނަށް ޖިންސީގޯނާކުރާމީހުންނަށް އެވަނީ ބައްޔެއްޖެހިފާ ކަމެވެ. ވީމާ ކުދިންގެ މައިންބަފައިން އެވަރު ވިސްނައިގެން އުޅެންވީޔޯލައެވެ. މީހުންމަރަމުން ދުވެނަގަންވީއެވެ. އެއީވެސް ބައްޔެކެވެ. މިދިޔަބުރާސްފަތިދުވަހު [...]
February 17, 2010 | ޕޯސްޓްކުރެވިފައި ވަނީ
އިބްނު ނޫޙް |
އިތުރު ތަފްސީލް »

2004 ވަނަ އަހަރުގެ ޑިސެމްބަރުމަހު އިންޑޮނޭޝިއާއަށް އައި ބިންހެލުން ވެގެން ދިޔައީ މިފަހަކަށް އައިސް ދުނިޔެ ދުށް އެންމެ ބިރުވެރި އެއް ޙާދިޘާ ކަމުގައެވެ. ސުނާމީގެ ނަމުން ނަންދެވިފައިވާ މިޙާދިޘާގައި އެކި ގައުމުތަކުން ދެލައްކަ ސައްބީސްހާހަށްވުރެ ގިނަމީހުން މަރުވިއެވެ. މީ އެގޭ ފަސްއަހަރު ފަހެވެ. ބިންހެލުމާއެކު އުފެދުނު ރާޅުބާނިން އެކި ޤައުމުތަކުން މަރުވި މީހުންގެ މަތިން މިއަދު ހަނދާން ހުރީ ކިތައްމީހުންތޯއެވެ؟ އެދުވަހު އެލިބުނު ހިތާމަތަކާއި! ކުރިމަތިވި މުސީބާތްތަކާއި! ބިރުވެރިކަމުގެ މަތިން ހަނދާން ހުރީ ކިތައްމީހުންތޯއެވެ؟ ފެނުނު [...]
January 9, 2010 | ޕޯސްޓްކުރެވިފައި ވަނީ
އިބްނު ނޫޙް |
އިތުރު ތަފްސީލް »