މުސްތާގްއަށް އެހީވެދެއްވާ! އިތުރު މައުޟޫމާތު
dhiislam.com

ރައްކާކުރެވިފައިވާ ބައިތަށް ‘އިބްރާހީމް ނާޒިމް’

ގޮނޑިގަންނަ ނިޒާމް

ގޮނޑިގަންނަ ނިޒާމް

ގޮނޑިތައް ގަނެވިއްކާ ނިޒާމްގައި ކޮންމެ ޤައުމެއްގެ ވެސް ރައްޔިތުންގެ މަޖްލިސްގެ ގޮނޑިތަކަށް މިހޮވެނީ ގިނަ ވޯޓް ގަންނަ ފަރާތްތަކެވެ. ގިނަ ވޯޓް ގަނެގެން ގޮނޑި ކާމިޔާބުކުރެވެން އަންނަނީ އެމީހަކު ގޮނޑި ހޯދަން ކުރިމަތިލާ ދާއިރާއެއްގެ މީހުން ރުއްސުމަށްޓަކައި ގޮނޑި ގަންނާނެ ފައިސާ ހުރެގެންނެވެ. މިގޮތުން ކެނޑިޑޭޓުން ގޮނޑި ގަތުމަށްޓަކައި ކުރާ ކެމްޕޭންގެ ތެރޭގައި އެ ދާއިރާއެއްގެ މީހުންނަށް ޚަރަދުކުރާ ފައިސާ އަކީ ދެވޭ ރިޝްވަތެއް ކަމުގައި ނުބެލެވެ އެވެ. ގޮނޑި ގަތުމަށް ހޭދަކުރާ ފައިސާގެ ދިހަގުނަ ބޮޑުކޮށް [...]

ދެ އަންހެން ދަރިންނާ ޒިނޭކޮށްގެން 8 ކުދިން

ދެ އަންހެން ދަރިންނާ ޒިނޭކޮށްގެން 8 ކުދިން

ބްރެޒިލްގެ ރައްޔިތެއް ކަމުގައިވާ އުމުރުން 54 އަހަރުގެ އެގޮސްޓިންހޯ ބިސްޕޯ ފެރޭރާ ނަމަކަށް ކިޔުނު ފިރިހެނަކު އޭނާގެ ދެ އަންހެން ދަރިންނާ ޒިނޭކޮށްގެން 8 ކުދިން ލިބިއްޖެ އެވެ. މިކަން ބޭޒާރުވެފައި ވަނީ އޭނާގެ އަވައްޓެރިއަކު ކަމާބެހޭ ފަރާތަށް އެކަން އެންގުމުންނެވެ. ޕިންހެރޮސް ނަމަކަށް ކިޔުނު ޓައުނު އެކުލެވޭ ސަރަހައްދަށް ކަނޑައަޅާފައި ހުންނަ ރީޖަނަލް ޕޮލިސް ޗީފް ލޯރާ އެމީލިޔާ ބާބޮސާ ސީ.އެން.އެން އަށް ޚަބަރުދިންގޮތުގައި ބިސްޕޯ ޕެރޭރާ (Bispo Pereira) ހައްޔަރުކުރެވުނީ މިދިޔަ ބުރާސްފަތި ދުވަހު [...]

އެމެރިކާގެ ދަންމަޅީގައި ދިވެހިން ޖެހިދާނެކަމުގެ ބިރު (ބާބު 2)

އެމެރިކާގެ ދަންމަޅީގައި ދިވެހިން ޖެހިދާނެކަމުގެ ބިރު (ބާބު 2)

ކުރީގެ ބާބު 2001ވަނަ އަހަރު އެމެރިކާ އަފްޣާނިސްތާނަށް އެރުމުގެ ކުރިން އެ ޤައުމުގައި 17 އަހަރަށް ދެމިގެންދިޔަ، ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ކުރެވުނެވެ. 2003ވަނަ އަހަރު އެމެރިކާ ޢިރާޤަށް އެރުމުގެ ކުރިން އެ ޤައުމުގައި 8 އަހަރަށް ދެމިގެންދިޔަ އީރާން ޢިރާޤް ހަނގުރާމަ އާއި މަޝްހޫރު ގަލްފު ހަނގުރާމަ ކުރެވުނެވެ. ޢިރާޤުގައި ހިނގާދިޔަ މި ދެ ހަނގުރާމައިގައި ވެސް އެތަކެއް މިލިޔަން މީހުން މަރުވެގޮސްފައި ވެއެވެ. މިއިން އެއްވެސް ކަމަކުން ދިވެހިރާއްޖެއަށް މިސައިލް ނުވަތަ ބޮމުގެ ހަމަލާތަކެއް [...]

އެމެރިކާގެ ދަންމަޅީގައި ދިވެހިން ޖެހިދާނެކަމުގެ ބިރު (ބާބު 1)

އެމެރިކާގެ ދަންމަޅީގައި ދިވެހިން ޖެހިދާނެކަމުގެ ބިރު (ބާބު 1)

ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ޓެރަރިސްޓް ޙަމަލާތަކެއްގެ ފުރުޞަތު އޮތީ ޤައުމުގެ އެތެރެއަށްވުރެ ބޮޑަށް ބޭރުން ކަމުގައި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބެސެޑަރު ޕެޓްރީސިއާ ބުޓެނިސް ބުނެފި އެވެ. މީގެ ސަބަބެއް ކަމުގައި ބުނީ ދިވެހިރާއްޖެއާއި ގާތުގައި ސޯމާލިޔާގެ ކަނޑުފޭރޭ މީހުން ޙަރަކާތްތެރިވަމުން ދިޔުމާއި، އަފްޣާނިސްތާނު އަދި ޕާކިސްތާނުގައި ހިނގަމުންދާ ހަނގުރާމައާއި، މަސްތުވާތަކެތީގެ ވިޔަފާރިއާއި ޓެރަރިޒަމް މިއީ މިފަދަ ކަމެއް މެދުވެރިކުރުވަފާނެ ކަންތައްތައް ކަމުގަ އެވެ. ދިވެހިރާއްޖެ އަކީ ޒަމާނުއްސުރެ މެދުމިނުގެ ވިސްނުމެއް ގެންގުޅެމުން [...]

އޭކަން – ދުނިޔޭގެ މީސްތަކުންގެ ކުރިމަތީގައި އަގެއް ނެތް

އޭކަން – ދުނިޔޭގެ މީސްތަކުންގެ ކުރިމަތީގައި އަގެއް ނެތް

ދުނިޔޭގެ މީސްތަކުންގެ ކުރިމަތީގައި އެއްވެސް މަޤަބޫލުކަމެއް ނެތް، އަޚުލާޤު ނުބައި، ސިފަ ހުތުރު މީހަކަށް ވިޔަސް އެ މީހަކީ ހުތުރުބަސްތައް ބޭނުންކޮށްގެން ލަވަކިޔާ އަދި ނުބައި ވައްތަރުތައްޖައްސަމުން ނަށާ މީހެއް ކަމުގައި ވަނީނަމަ ދިވެހީންގެ ބައެއް މީހުންނަށް އެއީ މާ މޮޅު މީހެއްކަމުގައި ވަނީތާ އެވެ. ގޮތްކުޑަކަމާއި ވިޔާނުދާ ކަންތައްތައް ކުރުމުގައި ޙައްދުފަހަނާއަޅާފައި ހުރި ރެޕް ލަވަތައް ކިޔާ އޭކަން (Akon) ސްރީލަންކާއަށް ގޮސް ކުޅެންއުޅުނު ނާޗަރަންގީގަނޑު ވަނީ އެ ޤައުމުގެ ސަރުކާރުން ހުއްޓުވާފަ އެވެ. އޭކަން [...]

ހެއިޓީއަށް އައި ބިންހެލުމުން ދިވެހިން ޢިބްރަތް ލިބިގަންނަންޖެހޭނެ

ހެއިޓީއަށް އައި ބިންހެލުމުން ދިވެހިން ޢިބްރަތް ލިބިގަންނަންޖެހޭނެ

ހެއިޓީއަށް އައި ބިންހެލުމަކީ މި ފާއިތުވީ 150 އަހަރު ދުވަހުގެ ތެރޭގައި ކެރިބިޔަން ސަރަހައްދަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. ރެކްޓަރ މިންގަޑުން 7.0ގެ ބާރުމިނުގައި އައި މި ބިންހެލުން އެ ޤައުމަށް އައިސްފައިވަނީ އެތަނުގެ ގަޑިން ހަވީރު 5 ޖަހަނިކޮންނެވެ. މި ބިންހެލުމުގެ މުގޫ ވަނީ ވެރިރަށް ޕޯޓައުޕްރިންސް އާއި އެންމެ 10 މޭލު (15 ކިލޯމީޓަރު) ދުރުމިނުގަ އެވެ. ހެއިޓީގެ އާބާދީގައި ހިމެނޭ 10 މިލިޔަން މީހުންގެ ތެރެއިން ގާތްގަނޑަކަށް 2 މިލިޔަން މީހުން [...]

ރައީސް ސަރުކޯޒީ އާއި މޫނުބުރުގާ

ރައީސް ސަރުކޯޒީ އާއި މޫނުބުރުގާ

ލިޔުނީ: އަލްއަޚް އިބްރާހީމް ނާޒިމް ފަރަންސޭސި ދައުލަތުން މޫނުބުރުގާ އަށް މަރުޙަބާ ނުކިޔާނެކަމަށް އެ ޤައުމުގެ ރައީސް ނިކޮލަސް ސަރުކޯޒީ ބުނިތާ 6 މަސް ފަހުން އެ ޤައުމުގެ ޕާލިމެންޓަރީ ޕެނަލަކުން މިވަނީ މޫނުބުރުގާ އެޅުން މަނާކުރުމަށް ގޮވާލައި ރިޕޯޓެއް ނެރެފަ އެވެ. އެ ރިޕޯޓްގައި ބުނާގޮތުން މޫނުބުރުގާ އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެހެނީ އެފަދަ ހެދުންތަކަކީ ‘ފަރަންސޭސިވަންތަކަމާއި’ ފުށުއަރާ އެއްޗަކަށް ވާތީ ޔޯލަ އެވެ. މީގެ އިތުރުން މޫނު ފޮރުވައިގެން ކަޅުކުލައިގެ ބޮޑު ޖިލްބާބެއްގެ [...]

މި ޕްރޮގްރާމްގައި 15 އަހަރުން ދަށުގެ ކުޑަކުދީންނާ ނުގުޅޭ މަންޒަރާ އަޑު ހުރުން އެކަށީގެންވޭ.

މި ޕްރޮގްރާމްގައި 15 އަހަރުން ދަށުގެ ކުޑަކުދީންނާ ނުގުޅޭ މަންޒަރާ އަޑު ހުރުން އެކަށީގެންވޭ.

މަތީގައި އެވާ ޢިބާރާތަކީ ޓީވީ ޗެނަލްތަކުގެ ބައެއް ޕްރޮގްރާމްތައް ފެށޭއިރު ވަރަށް ގިނައިން އަޑުއިވޭ ބަސްތަކެކެވެ. މި މޭރުމުން ޗެނަލްތަކުން މި އިއްވާ އަޑުތަކަކީ ކިހާވަރެއްގެ ބޭނުންތެރި ބަސްތަކެއްތޯ ސުވާލު އުފެދެ އެވެ. ޙަޤީޤަތުގައި މި ބަސްތަކުގެ އެއްވެސް ރަނގަޅު ބޭނުމެއް ނެތެވެ. ބޭނުމެއް އޮތިއްޔާ އޮތީ އެ ޕްރޮގްރާމްގައި ދައްކަނީ ކޮންއެއްޗެއްތޯ ބެލުމަށް އެ ބުނާ ‘ކުޑަކުދީން’ އިތުރަށް ޝައުޤުވެރިކުރުމެވެ. ސިއްރުން ނަމަވެސް އޭގައި ދައްކާ އެއްޗެއް ‘ކުޑަކުދީން’ ބަލާނީ އޭރުންތާ އެވެ. ޙައިރާންވާންޖެހޭ އަނެއް [...]

ވަޒީފާއަކީ މީހުން އަޅުވެތިކުރަން ބޭނުންކުރާ ހަތިޔާރެއް ހެއްޔެވެ؟

ވަޒީފާއަކީ މީހުން އަޅުވެތިކުރަން ބޭނުންކުރާ ހަތިޔާރެއް ހެއްޔެވެ؟

ދާދި ފަހަކުން އަހުރެންނާ ބައްދަލުވި ރައްޓެއްސަކު ސަޔަކަށްދާން ދައުވަތެއް ދިނެވެ. ސައިބޯން ރަނގަޅު ތަނެއް ފެނޭތޯ ދުއްވަމުން ގޮސް އެންމެފަހުން ވަނީ އެތަނެއްގެ ތެރޭގައި ދުންފަތުގެ އިސްތިޢުމާލުނުކުރާނެކަމަށް ބެލެވޭ ކަހަލަ ތަނަކަށެވެ. ސަބަބަކީ ކާއެތިކޮޅުން ހަށިގަނޑަށް ލިބޭ ފައިދާއަށްވުރެ ބޮޑަށް ސިނގިރެޓް ދުމުން ލިބޭ ގެއްލުން ބޮޑުވެދާނެތީ އެވެ. ދެން އެތަނުގެ މޭޒެއްގެދޮށުގައި ދެމީހުން އިށީންދެއްޖައީމެވެ. އެތަނުގައި ގިނައިން ތިބީ ކައިވެނިކުރުމުގެ ކުރިން ‘ތަޖުރިބާކޮށްލުމުގެ’ ދަތުރެއްގައި ނުކުމެއުޅޭ ‘ޖޯޑުތަކެވެ’. ވޭޓަރު ސައިގެނައުމާއެކު އަދި ބޯން ނުފެށި އުޅެނިކޮށް [...]

އިސްލާމް ދީނަށް ފުރައްސާރަކުރުމަކީ ހުޅަނގު ދުނިޔޭގެ ތާއީދު އެމީހަކަށް ލިބޭކަމެއް

އިސްލާމް ދީނަށް ފުރައްސާރަކުރުމަކީ ހުޅަނގު ދުނިޔޭގެ ތާއީދު އެމީހަކަށް ލިބޭކަމެއް

ބަންގްލަދޭޝްގެ ލިޔުންތެރިޔާ ތަސްލީމާ ނަސްރީން އާއި ދެކޮޅަށް އެޤައުމުގައި ހިންގޭ ޙަރަކާތްތައް އިތުރުވެގަތުމުން އޭނާ ބުނެފައި ވަނީ، އޭނާ ކަލްކަތާގެ ‘ސްޓޭޓްސްމަން’ ނަމަކަށްކިޔާ ނޫހަށް (1994 ޖޫންގައި) ދިން އިންޓަވިޔުގައި ބުނި އެއްޗެއް އޮޅުވާލައިގެން އެނޫހުގައި ޝާއިޢުކޮށްފައި ވަނީކަމަށެވެ. ކީރިތި ޤުރުއާން ޒަމާނާއި އެއްގޮތަށް ބަދަލުކުރަންޖެހިފައި ވާކަމަށް އޭނާ ނުބުނާކަމަށް ބުންޏެވެ. މިއާއި ޚިލާފަށް އޭނާ ގޮވާލާފައި ވާނީ އިސްލާމީ ޝަރީޢަތަށް ބައެއް ބަދަލުތައް ގެނައުމަށްކަމަށް ވެސް އޭނާ ބުންޏެވެ. މާތްވެގެންވާ އިސްލާމް ދީނަށާއި ކީރިތި ޤުރުއާނަށް [...]

webDesign by: atollsolutions.biz