
ޤާނޫނުގައިވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށް ހޮވޭ މެންބަރުންގެ ތެރޭގައި ތަފާތު ހުނަރުތަކުގެ މީހުން ތިބެންޖެހޭނެކަމަށެވެ. އޭގެތެރޭގައި ކަނޑައެޅިގެން ‘އިސްލާމީ ދާއިރާ’އަކުން ތަޢުލީމު ލިބިފައިވާ މީހަކު ހުންނަންޖެހޭކަމަށް އިޝާރާތްކުރެއެވެ. ކަންމިހެން ހުރިއިރު ހިއުމަން ރައިޓްސް ކޮމިޝަން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމާއި އެކު އެތައް ބަޔަކު ވަނީ އެމަޤާމަށް ކުރިމަތިލާފައެވެ. އެކި ދާއިރާތަކުން އެކި ފެންވަރުގެ ބޭފުޅުންވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށް ކުރިމަތިލުމަށް އިސްނަގާފައެވެ. މިނަންތައް ދިރާސާކޮށް ރައީސުލްޖުމުހޫރިއްޔާ ‘ނަންފުޅު’ތަކެއް ވަނީ މަޖިލީހަށް ހުށައާޅާފައެވެ. އެހެނަސް ‘އިސްލާމީ ދާއިރާ’އިން ތައުލީމު [...]
August 29, 2010 | ޕޯސްޓްކުރެވިފައި ވަނީ
އަލީ އަހްސަން އިހްސާން |
އިތުރު ތަފްސީލް »

މިއީ ފަހަކަށް އައިސް ވަރަށް ގިނަ ވެބްސައިޓްތަކުން ހުޅުވާލުމާއި އެކު ފެނިގެންދާ މެސެޖެކެވެ. ހާއްސަކޮށް އިސްލާމް ދީނުގެ ވާހަކަތައް ލިޔާ އަދި އިސްލާމް ދީނުގެ ޚިޔާލާތުގެ ވެބްސައިޓުތަކަށް މިފަދަ ‘ހަމަލާ’ތައް ދިނުން ގިނަވެފައިވާކަން ފާހަގަ ކުރެވެއެވެ. ‘ހެކަރުން’ގެ ހަމަލާތަކާއި ކުރިމަތިވެ އެތަކެއް ގެއްލުންތައް ކުރިމަތިވެފައިވާ ވެބްސައިޓުގައި ފަހަކަށް އައިސް ގިނަކަން ފާހަގަ ކުރެވެއެވެ. ބައެއް ސައިޓްތަކާއި އީމެއިލް ތައް ‘ކޮންމެވެސް މަޅިއެއް’ޖަހައިގެން އެމީހުންގެ ބާރުގެ ދަށަށް ގެންގޮސް އެކިވަރުގެ ގެއްލުންދަނީ ދެމުންނެވެ. އެތައް ދުވަހެއްގެ ބުރަ މަސައްކަތުން [...]
May 24, 2010 | ޕޯސްޓްކުރެވިފައި ވަނީ
އަލީ އަހްސަން އިހްސާން |
އިތުރު ތަފްސީލް »

ދިވެހިފިލްމުތައް އުފައްދާ ފަރާތްތަކުން އަބަދުވެސް ބުނަމުންދަނީ އެމީހުންގެ އެމަސައްކަތަކީ މުޖުތަމައުއަށް ކޮށްދޭ ވަރަށް މުހިންމު މަސައްކަތެއް ކަމެވެ. އެހެނަސް މަންޒަރު ސިފަވަނީ މިއާއި އިދކޮޅަށެވެ. އިޖްތިމާއީ ހަމަނުޖެހުމާއި ލޯބީގެ ‘ހަނގުރާމަ’އަކުން ކޮންމެ ފިލްމެއް ނިމިގެންދަނީ ކޮންމެވެސް މީހަކު އަމިއްލައަށް މަރުވެގެން ނުވަތަ ލޯބީގައި މޮޔަވެގެންނެވެ. މަތީގައިވާ ފޮޓޯއަކީ ދިވެހި ކުރުފިލްމެއްގެ މަންޒަރެކެވެ. މުހައްމާގެ ‘ލޯބީގެ ނިންޖާ’ ގެ މަންޒަރެއްގައި ދަންޖެހޭކަމަށް ހެދިގެން ‘މަޖާވެގެން’ އުޅޭތަނެވެ. ލޯބީގައި ދަންޖެހި މަރުވާންއުޅޭ މަންޒަރެކެވެ. ހިތާމައަކީ ވަރުގަދަ ‘އެޑިޓޯރިއަލް ކޮންޓެންޓް’އެއް އޮންނަ [...]
April 20, 2010 | ޕޯސްޓްކުރެވިފައި ވަނީ
އަލީ އަހްސަން އިހްސާން |
އިތުރު ތަފްސީލް »

ރައީސް ނަޝީދު ރާއްޖޭގެ ރައްޔިތުންނާއި މުހާތަބުކޮށް ކޮންމެ ހުކުރު ދުވަހަކު ދެމުންދާ ހިތާބުތަކުގެ ތެރެއިން އެންމެ ފަހުގެ ހިތާބު ވެގެން ދިޔައީ ގިނަ ބައެއްގެ މެދުގައި ރައީސް ނަޝީދުއާއި މެދު ހިތްހަމަ ނުޖެހުން އިތުރުވެގެން ދިޔަ ސަބަބަކަށެވެ. މީގެ ކުރިން ނަރަކައިގެ ވާހަކަ އާއި ނަރަކައަށް ދާނެކަމަށް ހަދީސްތަކުން ސާބިތުވާ މީހުންގެ ސިފަތަށް ކިޔައިދިނުން އޮންނަނީ ސާކިއުލާއަކުން މަނާކޮށްފައެވެ. ޤިޔާމަތުގެ ވާހަކައަކީ މީހުންނަށް ނަފްސާނީ ގެއްލުން ލިބިދޭކަމަކަށް އޮންނަނީ ވެފައެވެ. އެހެނަސް ރައީސް ނަޝީދު ވެރިކަމަށް އިސްކުރެވުނު [...]
March 29, 2010 | ޕޯސްޓްކުރެވިފައި ވަނީ
އަލީ އަހްސަން އިހްސާން |
އިތުރު ތަފްސީލް »

‘ ހެއިޓީގެ ބިން ކުޑަހިދުކޮޅަކަށް ހެލިގެން ދިއުމާއި އެކު ވަރުގަދަ ފައުންޑޭޝަންތަކުން ބިންގާއެޅިފައިވާ ވަރުގަދަ އިމާރާތްތައް ދިޔައީ ކުދިކުދިންވެގެންނެވެ. މުޅި ސަހަރު ‘ގިސްލާ ރޯއަޑުން’ ގުގުމަން ފެށީ ދެތިން މިނިޓްގެ ހުއްޓުމެއް މުޅި ގައުމަށް ވެރިވުމަށްފަހުގައެވެ. ހުރިހާ ކަމެއްވެސް ވީ ކުއްލި އަކަށެވެ. ސަލާމަތްވާކަށް ފިލަން ދުވާކަށް ވަގުތެއް ނުލިބެއެވެ. ފިލަންވެސް ވަކި ވަންނާނީ ކޮންތާކަށް ހެއްޔެވެ؟ އިމާރާތްތައް ވަނީ ފުނޑުފުނޑުވެފައެވެ. ކޮޅަށްހުރި އިމާރާތަކަށް ވަދެފިނަމަ އެއިމާރާތް ބޮލަށް ވެއްޓިދާނެތީ ތިބީ ބިރުންނެވެ. ހަމަ ބިމުގައި ފައިޖައްސައިގެން [...]
January 20, 2010 | ޕޯސްޓްކުރެވިފައި ވަނީ
އަލީ އަހްސަން އިހްސާން |
އިތުރު ތަފްސީލް »

ފްރީޑަމް އޮފް ސްޕީޗް’ގެ ދަށުން އެމީހަކު ހިތުހުރިހާ އެއްޗެއް ލިޔަމުންދަނީ ‘އިސްލާމް ދީން ބަދުނާމު’ ކުރުމަށް ކަމުގައިވަނީ ނަމަ އެއީ ‘ފްރީޑަމް އޮފް ސްޕީޗް’ގެ ދަށުން ހިންގޭ ނުބައިވެގެންވާ ޖަރީމާއެކެވެ. އިސްލާމް ދީނަށް ފުރައްސާރަކުރުމުގެ ގޮތުން ޢައިރު މުސްލިމުން އެންމެ ގަދަބާރުލާފައި ދައްކަމުންދާ ވާހަކައަކީ ‘މުސްލިމުންނަކީ ޓެރަރިސްޓުން’ ކަމުގައެވެ. ހިތާމައަކީ ދިވެހިބަހުން ލިޔާ، ދިވެހިބަހުން ވާހަކަ ދައްކާ ‘ދިވެހިން’ ވެސް އިސްލާމް ދީނަށް މަލާމާތްކޮށް ފުރައްސާރަކުރާކަމެވެ. ކެލިފޯނިއާގެ މަޝްހޫރު ވެބްސައިޓެއްކަމުގައިވާ ‘ދަރިޕޯޓާރ’ގައި ލިޔެފައިވާ ގޮތުގައި ‘ހުރިހާ މުސްލިމު [...]
January 9, 2010 | ޕޯސްޓްކުރެވިފައި ވަނީ
އަލީ އަހްސަން އިހްސާން |
އިތުރު ތަފްސީލް »

2010 ވަނަ އަހަރު އަޅުގަނޑުމެންނަށް މަރުހަބާ ކިޔާފައިވަނީ 2009 އަހަރު އަޅުގަނޑުމެން މުސްލިމުންނަށް ކުރިމަތިވި ބަޔާންނުކުރެވޭހާ ގިނަ ގުނަ ގެއްލުންތަކާއި އެކުގައެވެ. މުސްލިމު ޤައުމުތަކަށް ރަތްލާޖެހި ކާފަރުން ދެމުން ގެންދާ ހަމަލާތަކަށް ކެތް ނުވެގެން އެތައް ހާސް މުސްލިމުންނެތްވަނީ މިދުނިޔެއާއި ވަކިވެފައެވެ. އަފްޢާނިސްތާން؛ ޔޫއެން އިން ޔަގީންކޮށްދީފައިވާ ގޮތުގައި 2038 އަށްވުރެ ގިނަ އާންމުންވަނީ އަފްޢާނިސްތާނުގައި ޝަހީދުވެފައެވެ. އާންމުން ގިނައިން ޝަހީދުވަމުން ދިޔަވަރަކަށް އެމެރިކާނުންނާއި މެދު އާންމުގެ މެދުގައި ރުޅިވެރިކަން އިތުރުވެ އެމެރީކާނުންނަށް ދެވޭ ހަމަލާތައްދަނީ އިތުރުވެ [...]
January 9, 2010 | ޕޯސްޓްކުރެވިފައި ވަނީ
އަލީ އަހްސަން އިހްސާން |
އިތުރު ތަފްސީލް »

ޔޫއެންޑީޕީ އާއި ދިވެހި ސަރުކާރާއި ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) އާއި ޖާނީ ގުޅިގެން 2008 – 2009 ވަނަ އަހަރާއި ދެމެދު ކުރެވުނު ދިރާސާއަކުން ‘ރާއްޖޭގައި އޭޑްސް (މަރުބަލި) ފެތުރެމުން ނުދިޔަނަމަވެސް މިބަލީގެ ނުރައްކާ ވަރަށް ބޮޑު.’ ކަމަށް ދެއްކުން އެއީ ދިވެހިންނަށް ދެވުނު ވަރަށް ވަރުގަދަ އިންޒާރެކެވެ. މިއިންޒާރުގެ ރިޕޯޓު ކިތައްމެ ފުރިހަމަވިޔަސް ރިޕޯޓުގައި ބައެއް ކަންކަމުގައި ‘ހައްލު’ ކަމަށް ބަޔާންކޮށްފައިވާ ކަންކަމީ މިފަދަ ދިރާސީތައް ކުރާ މީހުންގެ ބޮލުގެ ތެތްކަމެއް ނެތްކަން [...]
January 9, 2010 | ޕޯސްޓްކުރެވިފައި ވަނީ
އަލީ އަހްސަން އިހްސާން |
އިތުރު ތަފްސީލް »