
ސުމަޓްރާގެ ފަރުބަދައެއް 400 އަހަރަށް ފަހު ގޮވަން އުޅޭކަމުގެ ނިޝާންތައް ފެންނަން ފަށައިފިއެވެ. “މައުންޓް ސިނަބަންގ” ކިޔާ ފަރުބަދައިން އަޅިއާއި ދުން އަރަމުންގޮސް މިހާރު ދުންތައް އަރަމުންދާކަމަށް ހަބަރުތަކުން ބުނެއެވެ. ފަރުބަދަ ގޮވަން ތައްޔާރުވަމުންދާކަމުގެ ނިޝާންތައް ފެންނަމުންދާތީ އެހިސާބުގައި ދިރިއުޅޭ މީހުން އެހެން ހިސާބުތަކަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާކަމަށް ހަބަރުތަކުން ބުނެއެވެ. އިންޑޮނޭޝިޔާގެ ސުމަޓްރާގެ އުތުރު ސަރަހައްދެއްގައިވާ މިފަރުބަދައިން މިހާރު ދިޔާ އަލިފާންވެސް ފައިބަމުންދާކަމަށާއި ކޮންމެ ވަގުތަކުވެސް ގޮވާފާނެކަމަށް ކަމާއިބެހޭ ފަރާތްތަކުންދަނީ ބުނަމުންނެވެ. އިންޑޮނޭޝިޔާގެ ސުމަޓްރާއަކީ އާދަޔާ [...]
September 1, 2010 | ޕޯސްޓްކުރެވިފައި ވަނީ
އޭސިއާ |
އިތުރު ތަފްސީލް »

އޫރުން މަދިރިއަށް އަދި އިންސާނުންގެ ގަޔަށް ވާރުތަކުރާ ޖަރާސީމަކުންޖެހޭ ބައްޔެއް ޖެހި އިންޑިއާގައި އެތައް ބަޔަކު މަރުވެއްޖެއެވެ. ކަމާއިބެހޭ ފަރާތްތަކުން ހާމަކުރާގޮތުގައި މިހާތަނަށް މިއާދަޔާ ހިލާފު ބަލީގައި 211 މީހުންވަނީ މަރުވެފައެވެ. އަދި މިބަލި އިތުރުވެދާނެކަމުގެ ބިރުވަނީ އާންމުވެފައެވެ. “ޖެޕެނީޒް އެންސެފަލައިޓިސް” ނަމަކަށްކިޔާ މިބަލިން މިހާތަނަށް މަރުވެފައިވަނީ އިންޑިޔާގެ ފަގީރު އުތުރު ސަރަހައްދަކުން ކަމަށް ހަބަރު ލިބެއެވެ. މިބަލީ ގިނައިން ޖެހެނީ ކުޑަކުދިންނަށް ކަމަށާއި މިހާތަނަށްވެސް އެތައް ސަތޭކަ ކުދިންނަށް މިބަލީގެ ފަރުވާ ކުރަމުންދާކަމަށް ރިޕޯޓްތަކުންބުނެއެވެ. އޫރުން [...]
August 30, 2010 | ޕޯސްޓްކުރެވިފައި ވަނީ
އޭސިއާ |
އިތުރު ތަފްސީލް »

ޗައިނާ އާއި ނ. ކޮރެއާގައި ފެންބޮޑުވެ އެތައް ހާސް މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފިއެވެ. ޗައިނާ އާއި ނޯތު ކޮރެއާއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށް ހަބަރު ލިބެއެވެ. ނ. ކޮރެއާގެ ސަރުކާރުގެ މީޑިއާއިން ހަބަރުދޭ ގޮތުގައި އެގައުމުގެ 5 ހާސް މީހުންވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. އަދި ޗައިނާގެ 94 ހާސް މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވެއެވެ. ޗައިނާއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން 200 އަށް ވުރެ ގިނަ ގެ [...]
August 23, 2010 | ޕޯސްޓްކުރެވިފައި ވަނީ
އޭސިއާ |
އިތުރު ތަފްސީލް »

އޭޑީބީއިން ޕާކިސްތާނަށް 2 ބިލއަން ޑޮލަރުގެ ލޯރު އެހީއެއް ދީފިއެވެ. ހަބަރުތައް ބުނާގޮތުގައި އޭޑީބީއިން މިއެހީގެ ލޯނު ދީފައިވަނީ ޕާކިސްތާނަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންނެވެ. އޭޑީބީއިން މިއެހީގެ ލޯނަށްފަހު އެފަރާތުންވަނީ މެމްބަރު ގައުމުތަކަށް ޕާކިސްތާނަށް އެހީވުމަށް ގޮވާލައްވާފައެވެ. އޭޑީބީއިން ޕާކިސްތާނަށް ވެފައިވާ މިއެހީގެ ލޯނު ދައްކަންޖެހޭގޮތުގެ ތަފްސީލު ހާމަކޮށްފައެއްނުވެއެވެ. ޕާކިސްތާނުގައި ހާލުގައިޖެހިފައިވާ 20 މިލިއަނަށްވުރެ ގިނަ މީހުންވާކަމަށް އދ ގެ ރިޕޯޓްތަކުން ބުނެއެވެ.
August 21, 2010 | ޕޯސްޓްކުރެވިފައި ވަނީ
އޭސިއާ |
އިތުރު ތަފްސީލް »

ޕާކިސްތާނުގައި 3.5 މިލިޔަން ކުޑަކުދީންވަނީ ފެންބޮޑުވެ ހާލުގައިޖެހިފައިވާކަމަށް ޔޫއެން އިން ހާމަކޮށްފިއެވެ. ޔޫއެންއިން ނެރެފައިވާ ރިޕޯޓެއް ބުނާގޮތުގައި “ޕާކިސްތާނުގައި 3.5 މިލިޔަން ކުޑަކުދީންވަނީ ފެންބޮޑުވެ ހާލުގައި ޖެހުމުގެ ސަބަބުން ފެނުގެ ތެރޭން ފެތުރިދާނެ ނުރައްކާ ބަލިތަކެއްގެ ޝިކާރައަކަށް ވެފައި” ކަމަށެވެ. އަދި “ބަލިމަޑުކަމުގެ ހާލަތަށް 6 މިލިއަނަކާއި ގާތްކުރާ އަދަދަކަށް އިންސާނުންނަށް ކުރިމަތިލާން ޖެހޭނެކަމަށާއި ހެޕަޓައިޓިސްއާއި ޑައިރިއާ އާ ގުޅުންހުރި ޑިސެންޓްރީފަދަ ބަލިތައް ހާލުގައި ޖެހިފައިވާ މީހުނަށް ރައްކާތެރި ފެނާއި ކާނާ ނުލިބިއްޖެނަމަ ކުރިމަތިވާނެ” ކަމަށެވެ. ޕާކިސްތާނުގެ [...]
August 19, 2010 | ޕޯސްޓްކުރެވިފައި ވަނީ
އޭސިއާ |
އިތުރު ތަފްސީލް »

ޖަޕާނުގައި ހެލިކޮޕްޓަރެއް މޫދަށް ވެއްޓި 4 މީހުން މަރުވެއްޖެއެވެ. ޖަޕާނުގެ ސަރުކާރުގެ މިނިސްޓްރީއެއްގައި ބޭނުންކުރާ މިހެލިކޮޕްޓާރު ވެއްޓިފައިވަނީ އިއްޔެ ހަވީރު ކަމުގައި ހަބަރުލިބެއެވެ. 5 މީހުން ދަތުރުކުރި މިހެލިކޮޕްޓާރގެ ބައިތައް ވަނީ މޫދުން ފެނިފައެވެ. ހަބަރު ލިބިފައިވާ ގޮތުގައި މިހެލިކޮޕްޓާރ ވެއްޓިފައިވަނީ ކަރަންޓުގެ މައްޗަލައެއް ދިމާވެގެންނެވެ. ހެލިކޮޕްޓާރު ވެއްޓުމުގެ ހާދިސާ އިތުރަށް ދަނީ ތަހުގީގު ކުރަމުންނެވެ.
August 19, 2010 | ޕޯސްޓްކުރެވިފައި ވަނީ
އޭސިއާ |
އިތުރު ތަފްސީލް »

ޕާކިސްތާނަށް ފެނިގެންދިޔައީ ހިތަށް ކެތްކުރެވޭ ވަރަށްވުރެ މާ ހިތާމަވެރި މަންޒަރުތަކެއްކަމަށް ބަންކީ މޫން ވިދާޅުވެއްޖެއެވެ. ޕާކިސްތާނުގައި ފެންބޮޑުވުމާއި ގުޅިގެން ކުރިމަތިވެފައިވާ އިންސާނި މުސީބާތް ‘ލޮލުން ދެކިލުމަށް’ ބަންކީމޫން ކުރި މިދަތުރުގައި ޕާކިސްތާނުން ފެނިގެން ދިޔަ ހިތާމަވެރި މަންޒަރުގެ ސަބަބުން ބަންކީ މޫން ވަނީ މުޅި ޕާކިސްތާނަށް އެހީވުމަށް މުޅި ދުނިޔެއަށް ގޮވާލާފައެވެ. އެގޮތުން އިތުރު 10 މިލިއަން އެމެރިކާ ޑޮލަރު މިހާރުން މިހާރަށް ބޭނުންވާ ކަމަށެވެ. “އަޅުގަނޑު ވަނީ ދުނިޔޭގެ އެކި ތަންތަނުގައި މިފަދަ ހާދިސާތައް ހިނގާފައިވާތަން [...]
August 17, 2010 | ޕޯސްޓްކުރެވިފައި ވަނީ
އޭސިއާ |
އިތުރު ތަފްސީލް »

ޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން ބަލިމަޑުކަން އިތުރުވެ އިތުރު ބަޔަކު މަރުވެދާނެކަމުގެ އިންޒާރު އެހީދޭ ޖަމާއަތްތަކުން ދީފިއެވެ. މެދުނުކެނޑި ޕާކިސްތާނަށް ދެ ހަފްތާ ވަންދެން ވާރޭ ވެހުމަށްފަހު އަނެއްކާވެސް ވާރޭ ވެހި އިތުރު ބަލިމަޑުކަން ފެތުރިދޭކަން ކަމާބެހޭ ފަރާތްތަކުން އަންގާފައިވާއިރު މިހާރު ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި ތަފާތު ބަލިތައް ވަނީ ފެތުރިފައެވެ. ހާލުގައި ޖެހިފައިވާ އެތައް މިލިއަން މީހުންނަކަށް ކާބޯތަކެތި ލިބުން ދަތިވެފައިވާއިރު އިތުރު މުސީބާތެއް ކުރިމަތިވުމުން ޕާކިސްތާނުގެ ރައްޔިތުން އިތުރަށް ބިކަ ވެފައިވާކަމަށް އެމީހުން ދަނީ ބުނަމުންނެވެ. [...]
August 14, 2010 | ޕޯސްޓްކުރެވިފައި ވަނީ
އޭސިއާ |
އިތުރު ތަފްސީލް »

ޗައިނާއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ މިހާތަނަށް 137 މީހުން މަރުވެ 1300 މީހުން ގެއްލި އެތައް ބަޔަކު ހާލުގައި ޖެހިފައިވާކަމަށް ޗައިނާގެ އޮފިޝަލުން ހާމަކޮށްފިއެވެ. ޗައިނާގައި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އަވސްގޮތެއްގައި މަސައްކަތް ފަށާފައިވާކަމަށާއި އަދިވެސް އެތައް ބަޔަކު އެހީ ބޭނުންވެފައި އެބަތިބިކަމަށް ރިޕޯޓުތަކުން ބުނެއެވެ. އަދި މީގެ އިތުރުން މިހާތަނަށް ގެއްލިގެން 1300 މީހުން ހޯދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދެއެވެ. އެހީތެރިކަން ފޯރުކޮށްދިނުމަށް ޗަކައާއި މަޑުގެ ސަބަބުން ބޮޑެތި ހުރަސްތަކެއް [...]
August 9, 2010 | ޕޯސްޓްކުރެވިފައި ވަނީ
އޭސިއާ |
އިތުރު ތަފްސީލް »

ޕާކިސްތާނުގެ ފެންބޮޑުވެފައިވަނިކޮށް ޒަރުދާރީ ލަނޑަނުގައި އުޅޭތީ ހިތްހަމަނުޖެހިގެން ‘ބޫޓުގެ ހަމަލާ’އެއް ދީފިއެވެ. ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީ އާއްމު އެއްވުމެއްގައި ވާހަކަ ދައްކަމުން ދަނިކޮން މުސްކުޅި މީހަކު އެމީހާ އަރައިގެން ހުރި ދެބޫޓު އަތުކޮޅަށް ނަގާ ޒަރްދާރީ އާއި ދިމާއަށް އެއްލީ ކަމަށާއި އެހަމަލާ ޒަރްދާރީގެ ގަޔަށް ނޭރި ނަމަވެސް ވަރަށް ކައިރިއަށް އެބޫޓު އައިސް ވެއްޓުނުކަމަށް ރިޕޯޓްތަކުން ބުނެއެވެ. އިނގިރޭސިވިލާތުގެ ބާމިންގހަމްގައި އަށް ޕާކިސްތާނުގެ ރައީސް ކުރައްވާ މިދަތުރަކީ އޭނާގެ ދަރިފުޅު ސިޔާސީ ދާއިރާއަށް [...]
August 9, 2010 | ޕޯސްޓްކުރެވިފައި ވަނީ
އޭސިއާ |
އިތުރު ތަފްސީލް »