
ރަމަޟާން މަހަކީ އެމަހެއްގައި ޖަންނަތުގެ ދޮރުކޮޅުތައް ހުޅުވޭ މަހެވެ. އަދި ޖަހަންނަމައިގެ ދޮރުތައް ބަންދު ކުރެވިގެންވާ މަހެވެ. އަދި ޝައިޠާނުން ކަސްތޮޅު އެޅުވިގެން ވެއެވެ. މިކަމަކީ ހަމަ ޙަޤީޤަތުގައި ވެސް ހިނގާ ކަމެކެވެ. އަހަރެންގެ ވަރަށް އިތުބާރު ހިފޭ، ޖިންނިއާއި ގުޅުން އޮންނަ އެސޮރުމެންގެ ފަރާތުން މަދަދު ހޯދާ، އެކުވެރިޔަކު ވެއެވެ. އޭނާވަނީ މިހާރު އެކަމުން ދުރުވެ ތައުބާ ވެފައެވެ. އޭނާ އަހަންނަށް ކިޔާދިނެވެ. ’އަހަރެން އެޖިންނިތައް ކައިރީގައި، އަހަންނަށް ޚަބަރެއް ގެނެސްދޭނީ ކާކުތޯ ސުވާލު ކުރުމުން [...]
September 1, 2010 | ޕޯސްޓްކުރެވިފައި ވަނީ
ވާހަކަ |
އިތުރު ތަފްސީލް »

މިއީ ކީރިތި ޤުރްއާނުގެ އަލްކަހްފު ސޫރަތުގައި ބަޔާންކުރައްވާފައިވާ ވާހަކައެކެވެ. އެއް ޒަމާނެއްގައި ދެ އެކުވެރިން އުޅުނެވެ. އެތަނުން އެކަކީ މާ ތަނަވަސް މީހެއްނޫނެވެ. އަނެކަކީ މޭބިސްކަދުރުގެ ދެ ބަގީޗާގެ ނިޢުމަތުން ﷲ ނިޢުމަތް ދެއްވެވި މީހެކެވެ. އެ ބަގީޗާތައް ވަށައިގެން ކަދުރު ރުއްތައް ލެއްވެވިއެވެ. އަދި އެބަގީޗާތަކުން މަދުވުމެއްނެތި އަބަދުމެ މޭވާ ލިބިދެމުން ދިޔައެވެ. އަދި އެ ބަގީޗާތަކަށް ދަތިކަމެއްނެތި ފެން ލިބިދިނުމަށްޓަކައި, ﷲ ގެ ތަނަވެސް ރަޙްމަތުން އެ ދެ ބަގީޗާގެ ދެމެދުގައި ކޯރެއްވެސް ދެމިގެންވިއެވެ. [...]
August 26, 2010 | ޕޯސްޓްކުރެވިފައި ވަނީ
ވާހަކަ |
އިތުރު ތަފްސީލް »

އާދެ، މި ރާއްޖެއިން ހަފްތާ ބަންދު ހޭދަކޮށްލަން އަވަށްޓެރި ސްރީލަންކާއަށާއި ބެންކޮކަށް އަދިވެސް މިނޫން މިފަދަ މަންޒިލްތަކަށް ދަތުރުކުރާ މީހުންގެ އަދަދު މަދެއް ނޫނެވެ. ޢާންމުކޮށް މިކަން ކޮށްއުޅެނީ އަތްމަތި ތަނަވަސް މީހުންނެވެ. ހިތްހަމަ ޖައްސާލަން ދަތުރުކުރުމަކީ ގޯސްކަމެއް ނޫނެވެ. ނަމަވެސް، ގިނަ ފަހަރު، މީގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ މީހުން މިކަން ކޮށްއުޅެނީ މާތްﷲ ޙަރާމްކުރެއްވި ކަންތައްތަކަށް އަރައިގަތުމުގެ ޢީދެއްގެ ގޮތުގައެވެ. ހައިރާންވެ ނުލައްވާށެވެ!. މިހެން މިދަންނަވަނީ ނިކަން ރަނގަޅަށް މިކަން އެނގޭތީއެވެ. މި [...]
August 23, 2010 | ޕޯސްޓްކުރެވިފައި ވަނީ
ވާހަކަ |
އިތުރު ތަފްސީލް »

ބަޞަރާގެ މިސްކިތެއްގައި ބަޔަކު މީހުން އެއްވެފައިވަނިކޮށް ޚާލިދް ބިން ޞަފްވާނަށް ފެނިވަޑައިގަތެވެ. އަދި ވިދާޅުވިއެވެ. ”މިއީ ކޮން އެއްވުމެއް ހެއްޔެވެ؟“ އަދި އެކަލޭގެފާނަށް ދެންނެވުނެވެ. ”ކައިވެނި ކުރުމަށް ތައްޔާރުވެފައިވާ (އެބަހީ ކައިވެނިކުރާ ޢުމުރުގެ) އަންހެން ކުދިންތަކެއްގެ ވާހަކަ އަންހެނަކު މީސްތަކުންނަށް ކިޔައިދެނީއެވެ.“ އެކަލޭގެފާނު އެއަންހެން މީހާގެ ކައިރިއަށް ވަޑައިގެން ވިދާޅުވިއެވެ. ”ތިމަންކަލޭގެފާނު ކައިވެނި ކުރެއްވުމަށް އެދިވަޑައިގަންނަވަމެވެ.“ އަންހެންމީހާ ބުންޏެވެ. ”އެކުއްޖެއްގެ ކިބައިގާ ހުންނަށް ބޭނުންވާ ސިފަތައް ކިޔައިދެއްވާށެވެ.“ އެކަލޭގެފާނު ކިޔާދެއްވިއެވެ. ”ތިމަންކަލޭގެފާނު އޭނާ ވުމަށް ބޭނުންވަނީ ބިކުރުވެރި [...]
August 22, 2010 | ޕޯސްޓްކުރެވިފައި ވަނީ
ވާހަކަ |
އިތުރު ތަފްސީލް »

ސަބްރީނާ އަލް ޖަނާބީ އަކީ ޢިރާޤުގެ ރައްޔިތެކެވެ. ސަބްރީނާ ހައްޔަރު ކުރެވިފައިވަނީ ބަޣްދާދުގެ ’ހައި އަލްއާމިލް‘ ކިޔާ ސަރަހައްދެއްގައި ހުންނަ އޭނާގެ ގޭގައި ހުއްޓައެވެ. ސަބްރީނާ ހައްޔަރު ކުރެވިފައިވަނީ ކޮން ބަހާނާއެއްގެ ދަށުން ކަމެއް ނޭނގެއެވެ. ސީ.އެން.އެން ނުވަތަ ބީ.ބީ.ސީ ގެ ޚަބަރުތަކުގައި އަންނަ ”ޢިރާޤުގެ ސަލާމަތީ ބާރުތަކުން ޓެރަރިސްޓު ހަނގުރާމަވެރިންގެ 13 މީހުން ހައްޔަރު ކޮށްފި“ ފަދަ ފަލަ ސުރުޚީތަކުގައި އެބުނާ 13 ޓެރަރިސްޓު ހަނގުރާމަވެރިންގެ ތަރެއިން އެކަކު ކަމުގައި ވެދާނެ އެވެ. ސަބްރީނާގެ ހައްޔަރު [...]
August 18, 2010 | ޕޯސްޓްކުރެވިފައި ވަނީ
ވާހަކަ |
އިތުރު ތަފްސީލް »

ބުޚާރާ ކިޔާ ހިސާބެއްގައި އެއްޒަމާނެއްގައި ވަރަށް ނުބައިނުލަފާ ވެރިޔަކު ވެރިކަން ކުރިއެވެ. އެއްދުވަހެއްގައި މީނާ އަހެއްގައި ދަތުރު ކުރަމުން ދަނިކޮށް ބަލާލަން ހުތުރު އަޅާލާނެ މީހަކު ނެތް ކުއްތާއެއް ފެނުނެވެ. އެ ކުއްތާ ފިނިވުމުގެ ސަބަބުން ތުރުތުރު އަޅަމުން ދިޔައެވެ. މި މަންޒަރު ފެނި އޭނާގެ ހިތަށް ރަޙުމް ވަނެވެ. އަދި ފެންކަޅިވެގެންދިޔައެވެ. މިހިސާބުން މިވެރިޔާ އޭނާގެ އަޅުންނަށް، މި ކުއްތާ އޭނާގެ ގެ ގެއަށް ގެންގޮސް އޭނާ އެނބުރިއަންނަށް ދެން ރައްކާތެރިކޮށް ބެލެހެއްޓުމަށް އެނގިއެވެ. އަޅުމީހުން [...]
August 16, 2010 | ޕޯސްޓްކުރެވިފައި ވަނީ
ވާހަކަ |
އިތުރު ތަފްސީލް »

އެމީހުންގެ ތެރެއިން އެކަކު ބުންޏެވެ: ކުއްލިއަކަށް ރަމަޟާން މަސް އައުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަދި އަހަރެންގެ އުފާވެރިކަން އިތުރުވެގެން ދިޔައެވެ. އެހެން ނަމަވެސް އަހަރެން ހުރީ ގެއަށް ބޭނުންވާ ތަކެތި ނުހޯދައެވެ. ރޯދަމަހުގެ ކާބޯތަކެތި އެއްނުކޮށް އަހަރެން ހުއްޓާ އަހަރެންނާ ރަމަޟާން މަސް ބައްދަލު ކުރީއެވެ. އެހެން ކަމުން ރަމަޟާން މަހުގެ ކުރީކޮޅު ވެގެން ދިޔައީ، ބާޒާރު މަތީގައި ވިޔަފާރީގައި އުޅެން ޖެހުނު ދުވަސްކޮޅަކަށެވެ. ސުބްޙާނަﷲ އެވެ. މުޅި ބާޒާރުމަތި އެ އޮތީ ފުރި ބާރުވެފައެވެ. [...]
August 11, 2010 | ޕޯސްޓްކުރެވިފައި ވަނީ
ވާހަކަ |
އިތުރު ތަފްސީލް »

ރަސޫލު ﷲ (صلى الله عليه وسلم) ގެ ޒަމާނުގައި އުޅުނު ޒުވާނެކެވެ. ތާއަބަދު މިސްކިތުގައި ވަގުތުތައް ހޭދަކުރާ މީހެކެވެ. ކޮންމެ ރެޔަކުވެސް ޢިޝާ ނަމާދަށްފަހު އޭނާގެ މުސްކުޅި ބައްޕަޔަށް ޒިޔާރަތްކުރުމަކީ އޭނާގެ އާދައެކެވެ. އެއްރެޔަކު މި ޒުވަނާ އާދާއިގެ މަތިން އޭނަގެ ބައްޕައަށް ޒިޔާރަތް ކުރުމަށްޓަކައި ދިޔައެވެ. އަދި ހަމަ މިމަގުން އާންމުކޮށް ދަތުރުކޮށް އުޅޭ ޒުވާން ރީތި އަންހެން ކުއްޖެއް ވިއެވެ. ޒުވާނާ ހިނގަމުން ހިނގަމުން ދަނިކޮށް މަގުމަތިން މި އަންހެން ކުއްޖާއާ ބައްދަލު [...]
August 8, 2010 | ޕޯސްޓްކުރެވިފައި ވަނީ
ވާހަކަ |
އިތުރު ތަފްސީލް »

ޅަ ޒުވާނެއްގެ ވާހަކައެކެވެ. އެމެރިކާގައި އުޅޭ މުސްލިމު ދަރިއެއްގެ ވާހަކައެވެ. މިޒުވާނާ އަކީ މޮރޮކޯގެ ވަރަށް ފަޤީރު ޒުވާން ފިރިހެނެކެވެ. މޮރޮކޯއިން އަހަންނަށް މިޒުވާނާ އެނގުނެވެ. އަދި ދެވަނަ ފަހަރަށް އެރަށަށް ޒިޔާރަތްކޮށްފައި އަހަރެން މިޒުވާނާ އާ ބެހޭގޮތުން މީހުނާ ސުވާލު ކުރީމެވެ. އެމީހުން އަހަންނަށް ޖަވާބު ދިނެވެ. (ماشاء الله) އޭނާ މިހާރު ދިރިއުޅެނީ ވަރަށް އުފަލުގައެވެ. އެހެންކަމުން އަހަރެން ސުވާލު ކުރީމެވެ.” އެކަން އެގޮތަށް ވީ ކިހިނަކުން ހެއްޔެވެ“ އެމީހުން ބުންޏެވެ. ”އޭނާ އަކީ [...]
August 1, 2010 | ޕޯސްޓްކުރެވިފައި ވަނީ
ވާހަކަ |
އިތުރު ތަފްސީލް »

ޖާހިލުންނަށް ދޭހަވާ ގޮތް ބުނެދޭ ވާހަކައެއްގައިވެ އެވެ. ރަމަޟާންމަހު ދުވާލު، އަޢުރާބީއަކު މޭބިސްކަދުރު ކޯންޏެއް ކާން ހުއްޓާ ފެނުނު މީހަކު އެ އަޢުރާބީއަށް ބުންޏެވެ. “މިއީ ރަމަޟާންމަސް ކަން ތިބާއަށް ނޭނގެނީ ހެއްޔެވެ؟” އަޢުރާބީ ބުންޏެވެ. “ނޫނެކެވެ. ރޭ ހާރުކައިގެން މަވެސް ރޯދަހިފީ ތިކަން އެނގޭތީތާ އެވެ!” އެމީހާ ބުންޏެވެ. “ރޯދައަށް ހުރެ ތިކުރަނީ ކީއްހެއްޔެވެ؟” އަޢުރާބީ ބުންޏެވެ. “މާތް ﷲ ގެ އަމުރުފުޅާ ޚިލާފުވެ ފާފައެއް ކުރެވިދާނެތީ ބިރުން ކަނީ އެވެ.” އެމީހާ ބުންޏެވެ. “ރަމަޟާންމަހު [...]
July 27, 2010 | ޕޯސްޓްކުރެވިފައި ވަނީ
ވާހަކަ |
އިތުރު ތަފްސީލް »