
އިންޑިއާއަކީ މުޅިދުނިޔޭގައިވެސް ފާހަގަ ކޮށްލެވޭ ގައުމެކެވެ. އަސްކަރީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި، ޓެކުނޮލަޖީ ގޮތުންނާއި، އިންސާނީ ވަސީލަތާއި، ހަޟާރަތުގެ ގޮތުންން ވެސް އިންޑިޔާއަކީ، ދުނިޔޭގެ އެންމެ ބޮޑެތި ގައުމުތަކާއި އަދި ކުރިއަރާފައިވާ ގައުމުތަކާއި، އެއްސަފެއްގައި ފައި ހަމަކުރަމުންދާ ގައުމެކެވެ. ދުނިޔޭގައި، ނިޔުކުލިއަރ އަދި ބައިލޮޖިކަލު ހަތިޔާރު ގެންގުޅުމުގެ ޤާބިލުކަން ލިބިފައިވާ މަދު ގައުމުތަކުގެ ތެރެއިން ގައުމެކެވެ. ދުނިޔޭގައި، ޖައްވީ ސުޓޭޝަން ތަކުގައި، ދައުރުވުމުގައިވެސް އިންޑިޔާގެ ‘އެސްޓްރޯ’ ސްޓޭޝަނަކީ، އެމެރިކާގެ ޖައްވީ ސުޓޭޝަން ‘ނާސާ’ އާއި، ވާދަކުރަމުންދާ ސުޓޭޝަަނެކެވެ. [...]
July 26, 2010 | ޕޯސްޓްކުރެވިފައި ވަނީ
ހުސެއިން ހަބީބު |
އިތުރު ތަފްސީލް »

މިއަދު މުޅި ދުނިޔޭގައި އެއްއަޑަކުން ގޮވަމުންދަނީ ޙައްޤުތަކުގެ ވާހަކަޔާއި ހަމަހަމަކަމުގެ ވާހަކައެވެ. އަންހެނުންގެ ޙައްޤުތަކާއި، ކުޑަކުދިންގެ ޙައްޤުތަކުގެ ތަކާއި، ކުށްވެރިންނާއި ޤައިދީންގެ ޙައްޤުތަކުގެ ވާހަކަޔާއި ސިޔާސީ ކުއްވެރިންނާއި ހަނގުރާމައިގައި ހިފެވޭ އަސީރުންގެ ޙައްޤުތަކުގެ ވާހަކަވެސް ވަރަށް ބާރަށް ދެކެވެމުންދެއެވެ. އަދި ނުވިތާކަށް ޖަނަވާރުންގެ ޙައްޤުތަކުގެ ވާހަކަވެސް ދެކެވެއެވެ. މިއެންމެންގެ ޙައްޤުތައް ހިމާޔަތްކުރުމަށްޓަކައި ތަފާތު ކޮމިޝަންތަކާއި ޖަމްޢިއްޔާ ޖަމާއަތްތައް ވަނީ އުފައްދާފައެވެ. އަދި މިއެންމެންގެ ޙައްޤުތަކުގައި ކޮންމެ އަހަރަކު ޚާއްޞަދުވަސްތަކެއް ދަނީ ފާހަގަކުރެވެމުންނެވެ. ވޯރލްޑް ވިމެންސްޑޭގެ ނަމުގަޔާއި، ވޯރލްޑް [...]
June 8, 2010 | ޕޯސްޓްކުރެވިފައި ވަނީ
ހުސެއިން ހަބީބު |
އިތުރު ތަފްސީލް »