މުސްތާގްއަށް އެހީވެދެއްވާ! އިތުރު މައުޟޫމާތު
dhiislam.com

ރައްކާކުރެވިފައިވާ ބައިތަށް ‘ސައިންސާއި ޓެކް’

އިންޓަނެޓް މެދުވެރިކޮށް ޒަކާތް ދައްކާނީ ކިހިނެއް؟

އިންޓަނެޓް މެދުވެރިކޮށް ޒަކާތް ދައްކާނީ ކިހިނެއް؟

ޒަމާން ބަދަލުވެގެން އައިސް މިހާރު މިއޮތީ ޓެކްނޮލޮޖީގެ ޒަމާން އައިސްފައެވެ. ދީނުގެ މުހިންމު އަޅުކަންތައް ޓެކްނޮލޮޖީގެ ފަސޭހައި ކުރެވޭނެއެކޭ މީގެ ކުރިން އެކަކުވެސް ހިޔެއްނުކުރާނެކަން ޔަގީނެވެ. ކޮންމެއަކަސް މިއަހަރުގެ ފިތުރު ޒަކާތް މިވަނީ ބެންކުގެ ވެބްސައިޓް މެދުވެރިކޮށް ދެއްކޭނެ އިންތިޒާމް ހަމަޖެހިފައެވެ. މިފަދަ ފަސޭހަތަކުގެ ސަބަބުން ގިނަ ބަޔަކު ދަނީ ޒަކާތް ދެއްކުމަށް ހޭލުންތެރިވެ މިމުހިންމު އަޅުކަން އަދާކުރަމުންނެވެ. މީގެ ކުރިން ޒަކާތް ދައްކާފައިނުވާހާ ގިނައިން މިހާރަކަށް އައިސް ވަނީ ޒަކާތް ދައްކާފައެވެ. “އިންޓަނެޓް މެދުވެރިކޮށް ޒަކާތް [...]

ދިމުދިމުގެ ދެވަނަ ވާޝަން ނެރެމަށް ތައްޔާރުވަނީ

ދިމުދިމުގެ ދެވަނަ ވާޝަން ނެރެމަށް ތައްޔާރުވަނީ

ދިމުދިމުގެ ދެވަނަ ވާޝަން ނެރެމަށް ތައްޔާރުވަމުން އަންނަ ކަމަށް އެސޮފްޓްވެއާރ ނެރުމުގައި ހަރަކާތްތެރިވާ ފަރާތުން ދިއިސްލާމްއަށް ހާމަކޮށްފިއެވެ. އިތުރު ފީޗާ ތަކެއް ހިމަނައިގެން މިފަހަރުގެ ވާޝަން ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ރިލީޒް ކުރެވޭތޯ މަސައްކަތް ކުރަމުންދާކަމަށް އެފަރާތުން ހާމަކުރައްވައެވެ. ދިމުދިމުގެ 2 ވަނަ ވާޝަންގައި ފާހަގަކޮށްލެވޭ ބަދަލުތަކުގައި ނޫރުލްއިސްލާމް ވެބްސައިޓުގެ އަޕްޑޭޓްތައް ބެލޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށާއި މީގެ އިތުރުން ނަމާދު ވަގުތު ތަކުގައި މައްސަލަ ޖެހިފައިވާ ގަޑިތައް ފާހަގަކޮށް އިޞްލާޙު ކުރެވިފައިވެސް ވާނެކަމަށެވެ. ނޫރުލްއިސްލާމް [...]

މުސްލިމްބުކް، މުސްލިމުންނަށް ހާއްސަ ސޯޝަލް ވެބްސައިޓެއް

މުސްލިމްބުކް، މުސްލިމުންނަށް ހާއްސަ ސޯޝަލް ވެބްސައިޓެއް

‘މުސްލިމްބުކް‘ގެ ނަމުގައި ހުޅުވި މި ވެބްސައިޓަކީ ހަމަ ފޭސްބުކް އެކޭ އެއްފަދައިން ބޭނުންކޮށްލުމަށް ފަސޭހަވާގޮތަށް ތައްޔާރުކޮށްފައިވާ ވެބްސައިޓެކެވެ. ނަމަވެސް މި ވެބްސައިޓާއި ފޭސްބުކާއި ހުރި އެންމެބޮޑުތަފާތަކީ، މި ވެބްސައިޓުން ކުރެވޭ އެންމެހާ ކަންތައްތައް ކުރެވޭނީ އިސްލާމީ އަސްލު އުސޫލުތަކާއި ފުށުނާރާ ގޮތަށެވެ. މި ވެބްސައިޓްގެ ފުރަތަމަ ޕޭޗްގައި ރަހުމަތްތެރިންނާއި ހިއްސާކޮށްލުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. އަދި މި ވެބްސައިޓް ފަރުމާކުރުމުގައި ބޭނުން ކޮށްފައިވާ އައިކަންތައްވަނީ ބުރުގާ އަޅައި ނިވާވެގެން ތިބޭ އަންހެނުންގެ ފޮޓޯއެވެ. މި ވެބްސައިޓްގެ މަސްއޫލްވެރިއެއް ކަމުގައި [...]

“ޒިކްރު” ބޭނުންތެރި ސޮފްޓްވެއަރ އެއް

“ޒިކްރު”  ބޭނުންތެރި ސޮފްޓްވެއަރ އެއް

އަޅުގަނޑުމެންގެ ކުރިމަތީގައިވަނީ މާތް ވެގެންވާ ރަމަޟާން މަހެއެވެ. އެއީ ޤުރުއާންގެ މަހެވެ. އެމަހެއްގައި 1000 ރެއަށްވުރެން ހެޔޮކަން ބޮޑުވެގެންވާ ރެއެއްވެއެވެ. މިގޮތުން ބަލާއިރު ‘ޒިކްރު’ އަކީ ރަމަޟާން މަހު އަޅުގަނޑުމެންގެބައިވެރިޔާއެވެ. ޒިކްރު އަކީ ޤުރުއަން ސޮފްޓްވެއަރ އެކެވެ. މުޅިން ހިލޭލިބޭ އޯޕަންސޯސް ސޮޕްވެއަރ އެކެވެ. ޒިކްރުގައި އެކުލެވިގެންވަނީ ދެބައެވެ. އެއީ ސޫރަތުގެ ބަޔާއި ގުރުއާންގެ ބަޔެއެވެ. ތިރީގައިވާ ފޮޓޯގަނޑު ބައްލަވާ ލައްވާށެވެ. ކަނާތްފަރާތުގައި އެވަނީ ގުރުއާންގެ ސުރަތްތަކާއި އޭގެ ތަރުޖަމާއެވެ. އަދި ވާތް ފަރާތުން ބޭނުންވާ ސޫރަތެއް [...]

އިރަށްވުރެއް އެތައްގުނަ ބޮޑު ތަރިއެއް ސައިންސްވެރިން ހޯދައިފި

އިރަށްވުރެއް އެތައްގުނަ ބޮޑު ތަރިއެއް ސައިންސްވެރިން ހޯދައިފި

އިނގިރޭސް ވިލާތުގެ ޕްރޮފެސާ ޕޯލް ކުރޯތާ ލީޑު ކުރަމުންދާ ޓީމަކުން ދުނިޔޭގެ އިރަށްވުރެއް 320 ގުނަ ބޮޑު ތަރިއެއް ހޯދައިފިއެވެ. މި ޓީމުން ހާމަކުރިގޮތުގައި R136a1 ނަމަކަށް ކިޔާ މި ތަރީގެ އަލި އިރުގެ އައްޔަށްވުރެން 10 މިލިއަން ގުނަ ގަދަވާނެއެވެ. މި އާދަޔަ ޚީލާފު ބޮޑު ތަރި ފެނިފައިވަނީ، ޔޫރަޕިއަން ސަދާން އޮބްޒަވޭޓަރީގައި އިންނަ އެޕްޓުލް ނަމަކަށްކިޔާ ބޮޑު ޓެލެސްކޯޕަކާއި، ނާސާގެ ހަބުލް ޓެލެސްކޯޕް ބޭނުންކޮށްގެން، ލާޖް މެގްލަނިކް ކުލައުޑް ނަމަކަށްކިޔާ ގެލެކްސީއަކާ ބެހޭގޮތުން ދިރާސާތަކެއް [...]

ސަޅި ވެބްސައިޓް: ޤުރުއާންފްލެޝް.ކޮމް

ސަޅި ވެބްސައިޓް: ޤުރުއާންފްލެޝް.ކޮމް

ޤުރުއާންފްލެޝް.ކޮމް އަކީ 2007 ވަނަ އަހަރުގެ ފެބްރުއަރީ މަހު ވުޖޫދަށް އައިސްފައިވާ ވަރަށް ފުރިހަމަ ވެބްސައިޓްއެކެވެ. ވަރަށް އާދައިގެ ގޮތަކަށް ފެށި މިވެބްސައިޓްގައި ފުރަތަމަ ހިމަނާފައިވަނީ ހަމައެކަނި ޤުރުއާންއެވެ. ނަމަވެސް މިހާރު ޤުރުއާން އިނގިރޭސި ތަރުޖަމާގެ އިތުރު ޤުރުއާން އާއި ގުޅޭ މުހިންމު ފޮތްތައް ވަނީ ހިމަނާފައެވެ. ގިނަ ބަޔެއްގެ މަޤްބޫލުކަން ހޯދާފައިވާ މިވެބްސައިޓްއަކީ ޤުރުއާން އެކީގައި ފަސޭހައިން ކިޔާލެވޭ ‘އޮންލައިން’ ޤުރުއާން ފޮތެކެވެ. ކިޔާ މީހުންނަށް ފަސޭހަ، ބޭނުންކުރަން ފަސޭހަ މިވެބްސައިޓަށް ދުވާލެއްގެ މައްޗަށް 10 [...]

80 ދުވަސް ތެރޭގައި 3 މިލިއަން އައިޕެޑް ވިކިއްޖެ

80 ދުވަސް ތެރޭގައި 3 މިލިއަން އައިޕެޑް ވިކިއްޖެ

80 ދުވަސް ތެރޭގައި 3 މިލިއަން އައިޕެޑް ވިކިއްޖެކަމަށް އެޕަލް އިން ހާމަކޮށްފިއެވެ. އެޕަލް އިން ހާމަކުރާ ގޮތުގައި 20 ދުވަހުގެ ތެރޭގައި 1 މިލިއަން އައިޕެޑް ވިކިފައިވާއިރު އައިޕެޑް ގަންނަން ބޭނުންވާ މީހުންނަށް ފުދޭވަރަށް އައިޕެޑް ސަޕްލައި ނުކުރެވޭ ކަމަށެވެ. އެޕަލްގެ ސީއީއޯ ހާމަކުރާގޮތުގައި އައިޕެޑް ކައިރި މުސްތަޤުބަލެއްގައި އިތުރު 9 ޤައުމަކުން ގަންނަން ލިބޭނެއެވެ. އެޕަލް އިން ބާޒާރަށް ނެރެ ވިއްކަމުންދާ އައިޕެޑް އަކީ ބޮޑުމިނުގައި 9.7 އިންޗި ހުންނަ ވީޑިއޯ ބެލުމާއި ބްރޯޒް [...]

ބަންގްލަދޭޝްގައި ވެސް ފޭސްބުކް ‘ބްލޮކް’ ކޮށްފި

ބަންގްލަދޭޝްގައި ވެސް ފޭސްބުކް ‘ބްލޮކް’ ކޮށްފި

ބަންގްލަދޭޝްގައި ވެސް ފޭސްބުކް ‘ބްލޮކް’ ކޮށްފިއެވެ. ހަބަރުތައް ލިބޭގޮތުގައި ބަންގާޅީގައި ފޭސްބުކް ‘ބްލޮކް’ ކޮށްފައިވަނީ ރަސޫލާއަށް ކާޓޫނު ކުރެހުމުގެ ފޯރި ފޭސްބުކްގައި ގަދަވެގެން ދިއުމުގެ ސަބަބުން ކަމަށް ބަނގްލަދޭޝްގެ ސަރުކާރުގެ އޮފިޝަލުން ހާމަކުރެއެވެ. ހޮނިހިރު ދުވަހުގެ ފަހުގެ ވަގުތެއްގައި ކަމާއިބެހޭ ފަރާތްތަކުން ފޭސްބުކްއަށް ނުވަދެވޭގޮތައް ހަދާފައިވާއިރު ބަނގްލަދޭޝްގެ މަގުތަކުގައި ‘ފޭސްބުކް މަނާކުރުމަށް’ އެދި އެތައް ބަޔަކު ވަނީ މުޒާހަރާތައް ކުރިއަށް ގެންގޮސްފައެވެ. އެމީހުން ގޮވަމުންދިޔައީ މިއީ ‘އިސްލާމްދީނާއި ދެކޮޅަށް ކުރިއަށްދާ ޕްރޮޕެގެންޑާ’އެއްކަމަށާއި ރަސޫލާއަށް ކާޓޫނު ކުރަހަނީ ފުރައްސާރަކުރުމުގެ [...]

ޕާކިސްތާނުގެ ކޯޓަކުން އެގައުމުގައި ފޭސްބުކް ބްލޮކް ކުރުމަށް އަމުރުނެރެފި.

ޕާކިސްތާނުގެ ކޯޓަކުން އެގައުމުގައި ފޭސްބުކް ބްލޮކް ކުރުމަށް އަމުރުނެރެފި.

ޕާކިސްތާނުގެ ކޯޓަކުން މަޝްހޫރު ސޯޝަލް ނެޓްވޯކިން ސައިޓެއްކަމުގައިވާ ފޭސްބުކް އެގައުމުގައި ވަގުތީގޮތުން ނުފެންނަގޮތަށް ބްލޮކް ކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް އަމުރުކޮށްފިއެވެ. މިއަމުރު ނެރެފައިވަނީ ފޭސްބުކްގައި، ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމަގެ ކާޓޫނު ކުރެހުމުގެ މުބާރާތެއް ބޭއްވުމާއި ގުޅިގެން އެޤައުމުގެ ބަޔަކު ތައްޔާރުކުރި ޕެޓިޝަނަކާއި ގުޅިގެންނެވެ. މި ޕެޓިޝަން ހުށަހަޅާފައިވަނީ ‘އިސްލާމިކް ލޯޔާސް މޫވްމެންޓް’ ކިޔާ ލޯޔަރުންގެ ޖަމާއަތަކުންނެވެ. އެޖަމާއަތުން ހާމަކޮށްފައިވާ ގޮތުގައި މިއީ އިސްލާމު ދީނާ ދެކޮޅަށް އަދި ދުނިޔޭގެ އެތައް މިލިޔަން މުސްލިމުންނާއި ދެކޮޅަށް ހިންގާފައިވާ [...]

‘ގޫގަލް’އަށް އެންމެން އެދޭ ބަދަލެއް

‘ގޫގަލް’އަށް އެންމެން އެދޭ ބަދަލެއް

އިންޓަނެޓުގައި ފީނާ ހެދުމުގައި ގިނަ ބަޔަކު ބޭނުންކުރާ ‘ގޫގަލް’ އަށް އާ ބަދަލެއް ގެނެސްފިއެވެ. ގޫގަލްގެ ‘ހޯދާ’ ސަފްހާއަށް މިގެނެވުނު ބަދަލަކީ ސަފްހާގެ އަރިމަތިން ބައިތަކެއް އިތުރު ކުރެވިގެން ދިއުމެވެ. ބަލާލަން ފަސޭހަގޮތެއްގައި ބޭނުންކުރަން ފަސޭހަ މިބަދަލުގެ ސަބަބުން ގޫގަލް ބޭނުންކުރާ ގިނަ ބަޔެއްގެ ފަރާތުން އެދެވޭ ހިޔާލުތަކެއް ދަނީ ފާޅުކުރަމުންނެވެ. އެގޮތުން ‘ހޯދަން’ ބޭނުންވާ އެއްޗެއް ފަސޭހައިން ފެނިގެންދާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަރިމަތީގައި އިތުރު ކުރެވިފައިވާ ބައިތަކުގެ ސަބަބުން އެމީހަކު ހޯދަން ބޭނުންވާ [...]

webDesign by: atollsolutions.biz