“ފަޖްރު-އަޕް” ފަތިސް ނަމާދަށް ހޭލައްވާ އެލާމް އެޕްލިކޭޝަން

ﷲގެ ރަސޫލާ (ސަލަވާތާއި ސަލާމް ލައްވާށި) ހަދީޘް ކުރައްވާފައި ވެއެވެ. “އަލްބަރްދަޔިން (ފަތިސް އަދި އަސުރު ނަމާދު) ފުރިހަމަ ކުރާ މީހަކު ސުވަރުގެ ވަންނަ ހުއްޓެވެ.” ބުޚާރީ އާއި މުސްލިމް

“ފަޖްރު-އަޕް” އަކީ ޖީ.ޕީ.އެސް ބޭނުންކޮށްގެން އޮޓޮމެޓިކުން ފަތިސް ނަމާދު ގަޑި ހަނދާންކޮށްދޭ އިޖްތިމާއީ ފޯނު އެލާމް އެޕްލިކޭޝަން އެކެވެ. ދުނިޔޭގެ ކޮންމެވެސް ދިމާލަކުން 15 ސިކުންތުގެ ފޯން ކޯލެއް އާދެއެވެ. ފޯނު ނަންބަރެއް ނުފެންނާނެ އަދި ބޭނުންކުރާ އެހެންމީހަކަށް ނޭނގޭނެއެވެ. މި އެޕްލިކޭޝަންގެ މައިގަނޑު މަގުސަދަކީ މުޅި އުންމަތް އިޖްތިމާއީ ފޯނު އެލާމް އަކުން ޒަމާނީގޮތުން ގުޅުވާލުމެވެ. ހަމަ މިއާއެކު އުންމަތުގެ އެކަކު އަނެކަކު ފަތިސް ނަމާދަށް ހޭލެއްވުމަށް ބާރުއެޅުމެވެ.

މި އެޕްލިކޭޝަން ބޭނުންކުރުމުގައި ‘Fajr UP ME’ އިހުތިޔާރު ކުރުމުން FajrUppie (އެޕްލިކޭޝަން ބޭނުންކުރާ މީހެއް) އެއްގެ ފަރާތުން ފޯނު ކޯލެއް ލިބޭނެއެވެ. ‘Fajr UP SOMEONE’ އިހުތިޔާރު ކުރުމުން FajrUppie (އެޕްލިކޭޝަން ބޭނުންކުރާ މީހެއް) އަކަށް ފޯނު ކޯލެއް ކުރުމަށް ދައުވަތު ލިބޭނެއެވެ. މި އެޕްލިކޭޝަން ގައި ފޯނު ކޯލު ކުރެވޭނީ އެއް އަޚް އަނެއް އަޚަށެވެ. އަދި އެއް އުޚްތު އަނެއް އުޚްތަށެވެ. ފޯނު ކޯލެއް ނުލިބޭ ނަމަ އޮޓޮމެޓިކުން ބަންގީގެ އަޑުން އެލާމް ވާނެއެވެ.

0302

ޖީ.ޕީ.އެސް ގެ އެހީގައި އެހެން ނަމާދު ގަޑިތައް އެ ސަރަހައްދެއްގެ ވަގުތާއި އެއްގޮތަށް ހަމަ ކުރެވޭނެއެވެ. އެކަކު އަނެކަކަށް ސަލާމް ގޮވާލައި، ޤުރުއާނުގެ އާޔަތެއް ނުވަތަ ރަސޫލާގެ (ސަލަވާތާއި ސަލާމް ލައްވާށި) ހަދީޘެއް ފޮނުވާލެވޭނެއެވެ. ހިޖްރީ ކަލަންޑަރާއި، އިސްލާމީ ގޮތުން ފާހަގަކުރާ ދުވަސްތަކާއި އަދި ޤިބްލަ އެނގޭ މި އެޕްލިކޭޝަން އަކީ ހިލޭ ބޭނުން ކުރެވޭ އެއްޗެކެވެ.

މި އެޕްލިކޭޝަން ފޯނަށް ޑައުންލޯޑު ކުރުމަށް މި ލިންކަށް ފިތާލާށެވެ.

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. Alhamdulillah
    Maasha ALLAH
    jazakALLAH khayr

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!